10 Nov 2019 | 14:55
ރާއްޖޭގެ ދާޚިލީ ކަންކަމަށް "ބޭރުގެ ނުފޫޒު" ހުއްދަވީބާ؟

މިދިޔަ އަހަރުގެ އެޕްރީލްމަހުގެ 23ވަނަ ދުވަހު އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީން ޕީއެޗްޑީ ހާސިލްކުރެއްވި ދެފަރާތާއި ބައްދަލުކުރެއްވިއެވެ. މި ބައްދަލުވުމުގައި ރައީސް ޔާާމީން އެފަރާތްތަކުގެ ކިބައިން ވަރަށް މުހިންމުކަމަކަށް އެދިލެއްވިއެވެ. އެއީ ކޮންމެ ހާލެއްގައިވިޔަސް ދިވެހިރާއްޖޭގެ ދާހިލީ ކަންކަމަށް ބޭރުގެ ފަރާތްތަކުން ބަސްބުނުމުގެ ޖާގަ ނުދިނުމަށެވެ.

މިއީ ރައީސް ޔާމީންގެ ސަރުކާރުގެ ފަރާތުން އޭރުގެ އިދިކޮޅު ފަރާތްތަކާއި މެދު އޮތް ވަރަށް ބޮޑު ޝަކުވާއެކެވެ. ދިވެހިރާއްޖޭގެ ދާޚިލީ ސިޔާސީ ހަމަނުޖެހުންތަކުގެ ތެރެއަށް، ދިވެހި ގައުމުގެ އިސްތިގްލާލު ގެއްލޭނެފަަދަ މޭރުމަކުން ބޭރުގެ ޖަމާއަތްތަކާއި ގައުމުތައް ވަނުމަށް ޖާގަދެމުންދިޔަކަމަށެވެ. އިދިކޮޅު ސިޔާސީ ހަރަކާތްތަކަށް ވާގިލިބިދޭފަދަ ގޮތަކަށް ބޭރުގެ ފަރާތްތަކުން ބުނި ކޮންމެ ބަހަކާއި ކުރި ކޮންމެ ހަރަކާތެއް ވެގެންގޮސްފައިވަނީ ދިވެހިރާއްޖޭގެ ސިޔާސަތު ވެއްޔާއި މޮޑެލުމަށް އިދިކޮޅު އިއްތިހާދާއި ގުޅިގެން ބޭރުގެ ފަރާތްތަކުން ކުރި ހަޑިމުޑުދާރު މަސައްކަތަކަށެވެ.

މިގޮތުން އެއް މިސާލަކީ މިިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ އެއްވަނަ ސުޕްރީމް ކޯޓުން ނެރުނު އާދަޔާ ޚިލާފު އަމުރެވެ. މި އަމުރު ނެރުމަށްފަހު ގިނަ ދުވަސްތަކެއްނުވެ، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރެވި ސިޔާސީ ގޮތުން ނާާޒުކު ފައްތަރަކަށް ގައުމު ވެއްޓިގެންދިޔައެވެ. ފާހަގަކޮށްލެވޭ ގޮތުގައި މި ދުވަސްވަރުގެ ހާލަތާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ހައްޔަރުކުރުމާާއި މެދު ކަންބޮޑުވުން ފާާޅުކޮށް ބޭރުގެ ބައެއް ގައުމުތަކުން ބަޔާންތައް ނެރުނެވެ. މިފަދަ ބަޔާންތައް ނެރުމާއި އެކު އޭރު ވެރިކަން ކުރަމުންދިޔަ ޕީޕީއެމްގެ ފަރާތްތަކުން ވަނީ އެގައުމުތަކުން ދިވެހިރާއްޖޭގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަންނަމުންދާާކަމަށް ބުނެ، ސުޕްރީމް ކޯޓުގެ އަމުރުގެ ފަހަތުގައި އިދިކޮޅާއި ބޭރު ދުނިޔޭގެ ބައެއް ގައުމުތައް އޮތްކަމަށްވެސް ބުނެ ވާހަކަދައްކާފައެވެ.

ސިޔާސީ އިލްމާއި ޚާރިޖީ އިލްމު ދަންނަ ކޮންމެ ފަރާތަކުންވެސް އެއްބަސްވާނެކަމަކީ ކޮންމެ ގައުމަކީވެސް ކަރުދާހުގައި މިނިވަން މުސްތަގިއްލު ނުވަތަ ސޮވެރިން ގައުމެއްކަމުގައިިވިޔަސް، ބަވަނަވެފައިވާ މި ދުނިޔޭގައި އެހެން ގައުމުތަކުން ކޮންމެ ގައުމެއްގެ ކަންކަމާއި މެދުވެސް ބަސްބުނެ ހެދުމުގެ ޖާާގަ އޮންނާނެކަމަށެވެ. މި ބަސްބުނުމުގެ ތެރޭގައި ގައުމުތަކުގެ ސިޔާސީ މައިދާނަށްވެސް ނުފޫޒު ފޯރުވާކަމީ ދެބަސްވެވެން ނެތް ކަމެކެވެ. 

ނަަމަވެސް އެއްވެސް ހާލަތެއްގައި މި ދަންނަވަނީ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުގެ އަމުރު ނެރުނީ ބޭރުގެ ގައުމުތަކެއްގެ ނުފޫޒު އޮވެގެންކަމަށް ނޫނެވެ. އެކަމަކީ މިހާތަަނަށް ޝައްކެއް ނެތް މިންވަރަށް ސާބިތުވެފައިވާކަމެއް ނޫނެވެ. ކޮންމެވެސް ދުވަހަކުން ދިވެހިރާާއްޖޭގެ އެންމެހާ ރައްޔިތުންނަށް އެ ހުކުމްގެ ހަގީގަތް އިނގޭނެކަމަށް އުންމީދުކުރަމާތޯއެވެ؟ އެފަދަ ކުއްލި ހުކުމެއް އައިގޮތަކީ ތާރީޚުގެ ތެރެއިން ނޭނގި އޮތް ހާދިސާއަކަށްވެެގެންދިޔުން ވާނީ ހިތާމައަކަށެވެ.

ދިވެހިބަހުގައި އޮންނަ މަޝްހޫރު ހަރުބަހެއްގައި އޮންނަނީ "ނުރޯ ދަރިއަކަށް ކިރެއް ނުލިބޭނެއެވެ"، މިފަދައިންނެވެ. މިހެން ބުނެއުޅޭނީ، ކަންކަމާ ނޫޅޭ މީހުންނަށް އެ ކަންކަމެއް ކާމިޔާބެއް ނުވާނޭ ބުނުމުގެ މާނައިގައެވެ. ދިވެހިރާއްޖޭގެ ސިޔާސީ މައިދާާނުގެ ކަންކަންވެސް ފެންނަނީ މިފަދައިންނެވެ. ތިމާ ހާސިލްކުރަން ބޭނުންވާާ ސިޔާސީ މަގުސަދެއް ހާސިލްކުރުމަށް ކޮންމެ ކަމެއްވެސް ކުރުމަށް ތިބޭނީ ހޭވައްލާ ތައްޔާރަށެވެ. މިއީ ހަމަ ހުރިހާ ސިޔާސީ ޕާޓީތަކެއްގެވެސް އުސޫލެވެ.

މި ބީދައިން މިއަދުގެ އިދިކޮޅު މައި ސިޔާސީ ޕާޓީކަމުގައިވާ ޕީޕީއެމްއިންވެސް ވަނީ އެޕާޓީން ވަކާލާތުކުރަމުންދިޔަ އުސޫލުތައް މުގުރާލާފައެވެ. ކީހައި ޅެން ފަރިއްސެއް ހަނދާން ނައްތާލާފައެވެ. އެޕާޓީން ވެރިކަން ކުރަމުންދިޔަ އިރު ދިވެހިންގެ ދާޚިލީ ކަންކަމަށް ބޭރުގެ ފަރާތްތައް ނުވެއްދުމަށް ގޮވާލިޔަސް، މިއަދު ފެންނަމުންދާ މަންޒަރަކީ ޕީޕީއެމްއިންވެސް މަޑުމަޑުން އެކަން ކުރަމުން އަންނަ ތަނެވެ.

އެގޮތުން ދާާދިފަހުން އެޕާޓީން ވަނީ ރައީސް ޔާމީންގެ ޝަރީއަތާާއި ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް އަވައްޓެރި ސްރީ ލަންކާގައި ބޭރުގެ މީޑިޔާތަކާއި ހިއްސާކޮށް، އިންސާފުވެެރި ޝަރީއަތެއް ހިންގުމަށް ހުރި ދަތިތަކާާއި ރާާއްޖޭގެ ޖުޑީޝަރީ އޮތް ހާލަތު ބައިނަލްއަގްވާމީ ސްޓޭކްހޯލްޑަރުންނާާއި ހިއްސާކޮށްފައެވެ. ޕީީޕީއެމްގެ މި ވަފުދުގައި ހިމެނެނީ ކުރީގެ ނައިބު ރައީސް، އަދި ރައީސް ޔާމީންގެ ލީގަލްޓީމްގެ އިސް ލޯޔަރ ޑރ.މުޙައްމަދު ޖަމީލް ޢަހްމަދު، މާވަށު ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބު ރައީސް މުޙައްމަދު ސަޢީދު، ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހްމަދު ޝިޔާމް އާއި ޕީއެންސީގެ ނައިބު ރައީސް މުޙައްމަދު ޙުސެއިން ޝަރީފެވެ.

މިހާތަނަށް އާންމުކޮށްފައިވާ ފޮޓޯތަކަށްބަލާއިރު، އެ ވަފްދުން ބައްދަލުކޮށްފައިވާ އެއް ފަރާތަކީ ކޮަލަމްބޯގައި ހުރި ރަޝިޔާގެ ސަފީރާއިއެވެ. ރަޝިޔާއަކީ ދިވެހިރާއްޖެއާއި ވިޔަފާރީގެ ދާއިރާއިން ގާތް ގައުމަކަށްވިޔަސް، ފަހަކަށް އައިސް ޚާރިޖީ ގުުޅުން އެހާ ވަރުގަަދަ ގައުމެއް ނޫނެވެ. ނަމަވެސް މި ވަފްދުގައި ހިމެނޭ މުންދުއަކީ ކުރިން ދިވެހިރާއްޖޭގެ ފަރާތުން ރަޝިޔާގައި ހުންނެވި ނޮން ރެޒިޑެންޓް އެމްބެސެޑަރަށްވުމުން އެ ފުރުސަތު ލިބުނީކަމަށްވެސް ވެދާނެއެވެ.

ނިމިދިޔަ ސަރުކާރުގައި އިދިކޮޅު ފަރާތްތަކުންވެސް ގިނައިން ކޮށްފައިވަނީ މިކަމެވެ. ބައްދަލުކުރީ ކޮލަމްބޯގައި ތިބި ބޭރުގެ މީޑިޔާތަކާއި ޑިޕްލޮމެޓުންނާއިއެވެ. ދެއްކީ އިންސާފުވެރި ޝަރީއަތެއް ނުލިބޭކަމާއި ފަނޑިޔާާރުގޭގެ ހާލަތުގެ ވާހަކައެވެ. އޭރު އެފަރާތްތަކުން އެކަން ކުރީމައި އެއީ ގައުމުގެ ސިޔާދަތަށް ދިން ހަމަލާއެކެެވެ. މިއަދު ޕީޕީއެމްއިންވެސް ހަަމަ އެކުރަނީ އެކަން ނޫންތޯއެވެ. "ބޭރުގެ ނުފޫޒު" އެންމެފަހުން ޖާއިޒުވީތޯއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Jul 2026
ބިންހެލުން އަންނާނޭ ތަނެއް ކުރިއަލާ ނޭނގޭނެ: މެޓް
ދިގު މުއްދަތަކަށް ބަލާއިރު، ބިންހެލުންތައް އައުން ގާތް ސަރަހައްދުތައް ސައިންސްވެރިންނަށް ކަނޑައަޅަން އެނގުނު ނަމަވެސް، ބިންހެލުން އަންނާނޭ ސީދާ ވަގުތެއް ތާރީހެއް ނުވަތަ އަންނާނޭ ސީދާ ތަނެއް ދެނެގަނެވޭނެ ހޯދުމެއް އަދި ނެތް
05 Jul 2026
ތިނަދޫ ކައުންސިލް ރައީސް ވަކިކުރީ ޤާނޫނާ ޚިލާފަށް ކަމަށް ބުނެ އެމްޑީޕީން ކޯޓަށް
ވ. ތިނަދޫ ކައުންސިލުގެ ރައީސް ޝުޖާޢުގެ ގޮނޑި ގެއްލުވައިލީ ޤާނޫނާ ޚިލާފަށް ކަމަށް ބުނެ އެ މައްސަލަ ކޯޓަށް ހުށަހެޅުމަށް އެމްޑީޕީން ނިންމައިފިއެވެ.
05 Jul 2026
އިލެކްޝަންސްގެ 2024 ހަރަދުތައް ކޮށްފައިހުރީ ރަނގަޅަށް: އޮޑިޓް
އިލެކްޝަންސް ކޮމިޝަން (އީސީ) އިން 2024 ވަނަ އަހަރު ކޮށްފައިވާ ޚަރަދުތަކަކީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާއި އުސޫލުތަކާ އެއްގޮތަށް ކޮށްފައިވާ ޚަރަދުތަކެއް ކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ހާމަކޮށްފިއެވެ.
05 Jul 2026
އެލައިޑް މެރިން ހަލް އިންޝުއަރެންސް
އެލައިޑް އިންޝުއަރެންސްގެ "މެރިން ހަލް" އިންޝުއަރެންސް އަކީ ކަނޑު ދަތުރުފަތުރުގެ މަސައްކަތްތަކުގައި ދިމާވާ އެކި ހާދިސާތަކުގެ ސަބަބުން އޮނނިގަނޑަށާއި (ހަލްއަށާއި)، އިންޖީނަށާއި، މެޝިނަރީ އަދި އުޅަނދުގައި ހުންނަ އެހެނިހެން ސާމާނުތަކަށް ލިބޭ ގެއްލުންތަކުން މާލީ ރައްކާތެރިކަން ފޯރުކޮށްދޭ ޚިދުމަތެކެވެ. މި ޚިދުމަތުގެ ދަށުން "ސްމާޓް ކޯޓް" މެދުވެރިކޮށް އަގުތައް ބަލާލުމުގެ ފުރުސަތު ލިބިގެންދެއެވެ.
05 Jul 2026
މޯލްޑިވްސް އިންފްލައިޓް ކޭޓަރިންނަށް މިދިޔަ އަހަރު ލިބުނު އާމްދަނީ ބިލިއަނަކާ ގާތަށް
މޯލްޑިވްސް އިންފްލައިޓް ކޭޓަރިންގެ ބެލެންޝީޓްގެ އުސްއަލިތަކަށް ބަލާއިރު، ވިޔަފާރިން އެކުންފުންޏަށް ލިބެންޖެގޭ ފައިސާގެ އަދަދު 10.5 މިލިއަން ޑޮލަރަށް އަރައެވެ
05 Jul 2026
ހިމަބިހިޖެހުނު މީހުންގެ އަދަދު 72އަށް
ޑރ. ފައިސަލް ހާމަކުރެއްވި ގޮތުގައި، މިއަހަރު ހިމަބިހީގެ 72 އަށްވުރެ ގިނަ ކޭސް ފެނިފައިވެއެވެ. މީގެ ތެރެއިން ހަތަރު ކުޑަކުދިން ފިޔަވައި ދެން ތިބި އެންމެންނަކީ ޒުވާން އުމުރުގެ މީހުންނެވެ. ޚާއްސަކޮށް 15 އަހަރާއި 35 އަހަރާ ދެމެދުގެ އުމުރުފުރާގެ މީހުން ވެކްސިންގެ ދެ ޑޯޒް ހަމަކުރުމަށް ޑޮކްޓަރު ވަނީ އިލްތިމާސް ކުރައްވާފައެވެ.
05 Jul 2026
މަސްތުވާތަކެތި ހުރި ރަބަރު ޕެކެޓްތަކާއެކު ހުޅުމާލެއިން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ގާވިޔާ / ގއ. ދެއްވަދޫ، މަމްނޫހު ޒާހިރު (28އ) އެވެ.
05 Jul 2026
ޚާމަނާއިގެ ޖަނާޒާގައި ކޮންމެ ޤައުމަކަށް ޤުރުއާނުގެ އާޔަތެއް
އީރާނުގެ އެންމެ މަތީ ރޫޙާނީ ލީޑަރު އާޔަތުالله ޢަލީ ޚާމަނާއީގެ ޖަނާޒާގެ ރަސްމިއްޔާތު ފަށާފައިވާއިރު، މި ރަސްމިއްޔާތުގައި ބޭރު ގިނަ ޤައުމުތަކުގެ ވަފުދުތަކުން ވަނީ ބައިވެރިވެފައެވެ.