12 Nov 2019 | 11:58
ރައީސް ޔާމީންގެ މައްސަލަ ފަނޑިޔާރުންގެ ބެންޗަކުން ބަލަނީ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑްރިންގެ މައްސަލައިގެ ޝަރީއަތް ފަސް ފަނޑިޔާރުންގެ ބެންޗަކުން ކުރިއަށް ގެންދަން ނިންމައިފިއެވެ.

މި މައްސަލަ ބެލުމަށް ހަމަޖެހިފައިވަނީ ކްރިމިނަލް ކޯޓުގެ ފަސް ފަނޑިޔާރުންގެ ބެންޗަކުންނެވެ. އެ ބެންޗްގައި ހިމެނި ވަޑައިގަންނަވަނީ އެ ކޯޓު ހިންގެވުމާ ހަވާލުވެ ހުންނެވި ގާޒީ އަލީ ރަޝީދާއި، ގާޒީ އަހުމަދު ޝަކީލާއި މުހައްމަދު ސަމީރާއި އަލީ އާދަމް އަދި ހުސެއިން ފާއިޒް ރަޝާދެވެ.

މި މައްސަލައިގެ އަޑުއެހުމެއް މިމަހުގެ 17ވަނަ ދުވަހަށް ވަނީ ތާވަލްކުރެވިފައެވެ.

މަނީ ލޯންޑްރިންގގެ ދައުވާ އުފުލުނު ދުވަހުން ފެށިގެން ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުންނާއި ޕީޕީއެމްއިން ދަނީ އެ މައްސަލަ ފަނޑިޔާރުންގެ ބެންޗަކުން ކުރިއަށް ގެންދިއުމަށް އެދެމުންނެވެ.

ރައީސް ޔާމީނާއި ދެކޮޅަށް ދައުލަތުން މަނީ ލޯންޑްރިންގެ ދައުވާ އުފުލާފައިވަނީ ގއ.ވޮޑަމުއްލާގެ އެކުއިޒިޝަން ކޯސްޓްގެ ގޮތުގައި ދައުލަތަށް ލިބުނު އެއް މިލިޔަން ޑޮލަރު، އެސްއޯއެފް މެދުވެރިކޮށް އެމަނިކުފާނުގެ އެކައުންޓަށް ޖަމާކުރެއްވިކަމަށް ތުހުމަތުކޮށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Aug 2026
ދައުލަތުން ގެއްލުނު މުދަލާއި ފައިސާ ހޯދަން މީގެ ކުރިން މަސައްކަތްކުރި ނިޔަތް ރަނގަޅެއްނޫން: ރައީސް
ރައީސް މުޢިއްޒު ވިދާޅުވީ، މި ސަރުކާރުން މަސައްކަތް ކުރަމުންދަނީ ނިޒާމީ ގޮތެއްގައި މިކަން ހަރުދަނާކުރުމަށް ކަމަށެވެ
26 Aug 2026
އިގްތިސާދު ފުޅާކުރަން މިހާތަނަށް އެންމެ ކާމިޔާބު މަސައްކަތްތަކެއް ކުރީ މި ސަރުކާރުން
ރައީސް ތަކުރާރު ކުރައްވާ ވިދާޅުވީ މި ސަރުކާރަކީ އިގްތިސާދު ކުރިއެރުވުމަށް ވަރަށް އިސްކަންދޭ އެކަމުގައި “ޕްރޯ” ސަރުކާރެއް ކަމަށެވެ
26 Aug 2026
ބޭރުފައިސާގެ މައްސަލާގައި އަޅަމުންދާ ފިޔަވަޅުތަކުގެ ނަތީޖާ ރަނގަޅުވާނެ: ރައީސް
ރައީސް ވިދާޅުވީ ސަރުކާރުގެ އިޤްތިޞާދީ އިޞްލާޙީ މަސައްކަތްތަކާ ގުޅޭގޮތުން ސިޔާސީ ގޮތުން އެކި ފަރާތްތަކުން އެކި ވާހަކަތައް ދެއްކި ނަމަވެސް، މި ފިޔަވަޅުތަކަކީ ޤައުމުގެ ޙާލަތު ރަނގަޅުކުރުމަށް ކޮންމެހެން އަޅަންޖެހޭ ފިޔަވަޅުތަކެއްކަން ޢާންމު ރައްޔިތުން ޤަބޫލުކުރާ ކަމަށެވެ
26 Aug 2026
ލަންކާގެ ހައިކޮމިޝަނަރު އެމް. ރިޒްވީ، ފުވައްމުލަކު އަޙްމަދު ޢަލީ ދީދީ ކްރިކެޓް ދަނޑަށް
ދަނޑަށް ކުރެއްވި ޒިޔާރަތުގައި ވާހަކަފުޅު ދައްކަވަމުން ހައިކޮމިޝަނަރު އެމް. ރިޒްވީ ވަނީ ފުވައްމުލަކުގައި ކްރިކެޓް ކުޅިވަރަށް އޮތް ބޮޑު ޝައުޤުވެރިކަން ފާހަގަކުރައްވާފައެވެ.
26 Aug 2026
ނޭޕާލަށް ކުރިމަތިވި ފެންބޮޑުވުމާ ގުޅިގެން ރައީސް ތަޢުޒިޔާ ފޮނުއްވައިފި
ރައީސް ވަނީ ހާދިސާގެ އަސަރުކޮށްފައިވާ މީހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެމެޖެންސީ ޓީމުތަކުން ކެނޑިނޭޅި ކުރަމުންދާ މަސައްކަތަށް ތަޢުރީފު ކުރައްވާފައެވެ
26 Aug 2026
އެއްގަމު އުޅަނދުފަހަރު ދެން އެންމެ ގިނަވެގެން ދުއްވޭނީ 20 އަހަރުވަންދެން
ބިލުގައިވާ ގޮތުން އުޅަނދެއް އުފެއްދި ތާރީޚުން ފެށިގެން 20 އަހަރު ފުރުމުން އެ އުޅަނދެއްގެ ރަޖިސްޓްރީ ބާޠިލުކުރެވޭނެއެވެ
26 Aug 2026
މިސްކިތް ތަރައްޤީކުރުމަށް ސްރީލަންކާ ސަރުކާރުން 10 މިލިއަން ރުޕީސް ދެނީ
މިސްކިތްތައް ތަރައްޤީކުރުމަށް ސަރުކާރުން ފައިސާ ދިނުމަށް ނިންމާފައިވަނީ، ހާއްސަ މުނާސަބާއަކާ ގުޅިވައިގެންނެވެ. މި މަސައްކަތް ކުރިއަށް ގެންދަނީ ލަންކާގެ ކަމާބެހޭ ވުޒާރާ އާއި މުސްލިމް ދީނީ އަދި ސަގާފީ ކަންތައްތަކާ ބެހޭ ޑިޕާޓްމަންޓް ގުޅިގެންނެވެ.
26 Aug 2026
ފޯމްތައް އިސްލާހްކުރަން ދޭ މުއްދަތު 21 ދުވަހަށް އިތުރުކޮށްފި
ފޯމުތަކުގެ ވެރިފިކޭޝަން މަރުހަލާ ކުރިއަށްދާއިރު އެއްވެސް މައުލޫމާތެއްގެ ފުށުއެރުމެއް ނުވަތަ ސައްހަނޫން ކަމެއް ފާހަގަކުރެވިއްޖެނަމަ، އެކަން އިސްލާހުކުރަން ޖެހޭނީ "ހިޔާވަހިކަން ޕޯޓަލް" މެދުވެރިކޮށެވެ.