އަަސްލަމަށް އަލީ ޝިޔާމްގެ ފަރާތުން ހޫނު ރައްދެއް ދީފި

12 Nov 2019 | 22:57

އެމްޑީޕީގެ ލީޑަރޝިޕްގެ އިންތިޚާބުގައި ނައިބު ރައީސްކަމުގެ މަގާމަށް ވާދަކުރައްވާ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމަށް އެޕާޓީގެ ކުރީގެ ޑެޕިއުޓީ ޗެއަރޕާސަން އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އަލީ ޝިޔާމް ހޫނު ރައްދެއް ދެއްވައިފިއެވެ.

އަލީ ޝިޔާމް މިފަދަ މޭރުމަކުން ވާހަކަފުޅު ދެއްކެވީ ޓްވިޓަރ މެދުވެރިކުރައްވައެވެ.

އެންމެ ބޮޑު ޝަކުވާއަކީ މެންބަރުން ޕާޓީއާއި ދުރުވެފައިވުންކަމަށް އަސްލަމް ވިދާޅުވި ޚަބަރެއް ހިމަނައި ކުރެއްވި ޓްވީޓެއްގައި ޝިޔާމް ވަނީ އަސްލަމް އެވިދާޅުވީ އެޕާޓީގެ ރައީސް މުހައްމަދު ނަޝީދާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ލީޑަރޝިޕް ފެއިލްވެފައިވާ ކަމަށްތޯ ސުވާލު އުފައްދަވާފައެވެ.

އަދި އެމްޑީޕީން އެންމެފަހުން ބައިވެރިިވި ތިން ގައުމީ އިންތިޚާބު އެޕާޓީގެ މިހާރުގެ ލީޑަރޝިޕުން ކާމިޔާބުކޮށްފައިވާނެކަމަށްވެސް އެބޭފުޅާ ވަނީ ފާހަގަކުރައްވާފަައެވެ.

ޝިޔާމް ވަނީ މިފަހަރުގެ ލީޑަރޝިޕް އިންތިޚާބުގައި އެޕާޓީގެ ނައިބު ރައީސްކަމުގެ މަގާމަށް މިހާރުވެސް އެ މަގާމުގައި ހުންނެވި މުހައްމަދު ޝިފާޒަށް ތާއިދުކުރެއްވުމަށް ނިންމަވާފައެވެ.

Advertisement

ކޮމެންޓް