13 Nov 2019 | 22:52
އިންސާފުވެރި ޝަރީއަތެއްކޮށްގެން ގައިގައި އަތެއް ނުލެވޭނެ: ރައީސް ޔާމީން

އިންސާފުވެރި ޝަރީއަތެއްކޮށްގެން ގައިގައި އަތްލެވޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އެމްއެމްޕީއާރުސީގެ ހިޔާނާތާއި ގުޅިގެން ދައުލަތުން އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ މަނީލޯންޑާގެ ޝަރީއަތުގެ ހުކުމް އިއްވުމަށް ކުޑަތަންވެފައިވަނިކޮށް، އެ މައްސަލަ ބައްލަވާ ގާޒީ އަހުމަދު ހައިލަމް ސަސްޕެންޑްކުރިކަން ފާހަގަކުރައްވައި މިރޭ ޕީޕީއެމުން ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

ޕީޕީއެމަށް ގިނަ ފަރާތްތަކުން ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ފަނޑިޔާރުން ނެރޭ އަމުރުތައް ނުވަތަ ހުކުމަކީ އެއީ ސުލޫކީ މައްސަލައެއް ނޫން ކަމަށެވެ. ޔާމީން ވިދާޅުވީ ޖުޑީޝަރީގެ ތެރޭގައިވެސް ތިބެނީ އިންސާނުން ކަމަށާއި އެ ބޭފުޅުންގެ މައްސަލަ ބައްލަވަން އެންމެ އިސްކޮށް ހުންނަވަނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކަމަށެވެ.

''ރައީސް ނަޝީދުގެ އެފުށް މިފުށް އަޅުގަނޑުމެންނަށް ފެންނަމުން މިދަނީ. އެތާނގައި ނުހުންނާނެ ސަހަލު އެއް ބޭފުޅެއްވެސް." ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވި ގޮތުގައި އެމަނިކުފާނުގެ މައްޗަށް ހިންގާ ޝަރީއަތަކީ އޮޅުވާލުމެއްގެ ތރެއިން ހިންގި ތަހުގީގެއްގެ މައްޗަށް ހިންގާ ޝަރީއަތެކެވެ.

ޝަރީއަތަށް ނުފޫޒު ފޯރުވުމަށް މިހާރުގެ ސަރުކާރަށް ނިސްބަތްވާ ބޭފުޅުން މަސައްކަތް ކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވައި ރައީސް ޔާމީން ވިދާޅުވީ އެމަސައްކަތް ފެށިގެން އަންނަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމު މުހައްމަދު ސޯލިހާ ހަމައިން ކަމަށެވެ.

''ހުކުމަށް ތިން ހަތަރު ގަޑިއިރަށް ވެފައި އޮއްވާ ފަނޑިޔާރު ސަސްޕެންޑް އެކުރަނީ. އިބްރާހީމް މުހައްމަދު ސޯލިހުގެ ޗީފް އޮފް ސްޓާފް މިގުޅަނީ. ޗީފްއޮފް ސްޓާފު ރައީސުލްޖުމްހޫރިއްޔާއަށް ނޭނގި ގުޅާނެ ކަމަކަށް ގަބޫލެއް ނުކުރަން. މިކަމެއް މިކުރައްވަނީ ދީނީ ޕާޓީގެ ކުދިން. މިކަމަށް ހާއްސަކޮށް ތަމްރީން ލިބިފައިވަނީ ދީނީ ޕާޓީގެ ކުދިން. އެހެންވީމަ، އަޅުގަނޑަށް ގަބޫލުކުރެވޭ ﷲ ގެ ރަހުމަތް ތަނަވަސް. އިންސާފުވެރި، އަދުލުވެރި ޝަރީއަތެއް ކޮށްފިނަމަ، ރައީސް ޔާމީންގެ ގައިގައި އަތްލެވޭނެ ގޮތެއް ނޯންނާނެ. އެއީ ވާނެ ކަމެއް ނޫން." ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ކުރީގެ ރައީސް ނަޝީދުގެ ވެރިކަންވެސް ނިމުނީ ކުރިމިނަލް ކޯޓުގެ ފަނޑިޔާރަކު ހައްޔަރުކޮށްގެން ކަމަށާއި މިސަރުކާރުންވެސް އިއްތިފާގަކުން ވިޔަސް، ކުރިމިނަލް  ކޯޓުގެ އިސް ފަނޑިޔާރާ ކުޅެފި ކަމަށެވެ. 


ކޮމެންޓް
ގުޅޭ ލިޔުންތައް
07 Jul 2026
ގާނޫނާ ފުށުއަރާތީ ހދ. އަތޮޅުގައި ބޯޑެއް ހަދަންކުރާ މަސައްކަތް ހުއްޓާލަން އަންގައިފި
ކުޅުދުއްފުށީ ކައުންސިލުން އިސްވެ ހދ. އަތޮޅުގެ ރަށްތައް ހިމެނޭހެން ކައުންސިލުތައް އެކުވެގެން ވަކި ބޯޑެއް އެކުލަވާލައި މަސައްކަތް ކުރުމަކީ ކުރެވިދާނެ ކަމެއް ކަމަށް ނުދެކޭ ކަމަށް ވެސް އެލްޖީއޭގެ ސިޓީގައިވެ އެވެ.
07 Jul 2026
ރައީސް މައުމޫންގެ ތާއީދާއި ހެޔޮ ދުއާ އޮތީ މިސްރު ޓީމާއެކު
މިސްރަށް އޮތީ ބޮޑު ލޯތްބެއްކަން ހާމަކުރައްވާ އެ ޓީމަށް ކާމިޔާބު ދެއްވުން އެދިވަޑައިގެން ދުއާ ކުރައްވާފައިވެ އެވެ.
07 Jul 2026
ހިމަންދޫގައި ދެ ކުއްޖަކު ގެނބުނު ހާދިސާ: ދެ ކުދީން ސަލާމަތްކުރި ހީރޯއިންނަކީ މިއީ
މި ހާދިސާގައި ސަލާމަތްކޮށްފައިވަނީ 11 އަހަރުގެ ކުއްޖަކާއި 12 އަހަރުގެ ކުއްޖެކެވެ.
07 Jul 2026
މާލޭ ނޯތު ހާބަރުގެ "އޭ ޒޯން" އިން ފެނާއި ކަރަންޓް ލިބޭނެ ގޮތް ހަދައިފި
މިހާރު "އޭ ޒޯން" އިން އެއް ފަހަރާ 48 އުޅަނދަށް ކަރަންޓު ފޯރުކޮށްދެވޭނެއެވެ. އަދި ފެން ފޯރުކޮށްދޭ 16 ޕޮއިންޓް ވަނީ މިހާރު އެ ސަރަހައްދުގައި ޤާއިމްކޮށްފަ އެެވެ.
07 Jul 2026
ރަނގަޅު ޞިއްޙަތަކީ، ތަޢުލީމާއި މުޖުތަމަޢުގެ ކުރިއެރުން: މެޑަމް ސާޖިދާ
ދުޅަހެޔޮ ރައްޔިތަކާ ނުލައި ޤައުމުތަކަށް އެ ޤައުމުތަކުގެ ފުރިހަމަ ޤާބިލުކަން ޙާޞިލުނުކުރެވޭނެކަން އެކަމަނާ ފާހަގަކުރެއްވި އެވެ.
07 Jul 2026
އީޔޫއާއި ބެލްޖިއަމަށް ރާއްޖެއިން ކަނޑައަޅާ ސަފީރަކަށް ދިޔާނާ
އެ ސިޓީފުޅު އިއްވެވުމަށް ފަހު ދިޔާނާގެ ނަން ދިރާސާކޮށް މަޖިލީހުން ރުހުންދިނުމާމެދު ގޮތެއް ނިންމުމަށް މަޖިލީހުގެ ހާރިޖީ ގުޅުންތަކާބެހޭ ކޮމިޓީއަށް ވަނީ ފޮނުވައިފަ އެވެ.
07 Jul 2026
އާޖެންޓީނާ މެޗްގެ ޕްރެސްގައި މިސްރު ކޯޗުގެ މައިގަނޑު ވާހަކައަކީ ފަލަސްތީން
ކޯޗް ބުނީ، ގާޒާ އާއި ފަލަސްތީނުގައި ހިނގަމުންދާ އިންސާނިއްޔަތާ ހިލާފު ކަންކަމަކީ "މުޅި ދުނިޔެއަށް ހުރި ލަދެއް" ކަމަށެވެ.
07 Jul 2026
ފުޓްޕާތުން އުޅަނދު ޓޯވކުރަނީ
ހިނގާބިނގާވާ މީހުންގެ ދުވާރުތަކުގައި އުޅަނދު ޕާކުކުރުން މަނާކަމަށްބުނެ ފުލުހުން ހުޅުމާލޭގައި ޓޯވކުރުމުގެ މަސައްކަތް ފަށައިފިއެވެ. އެސަރަހައްދުތަކުގައި ކުޑަކުދިންގެ ޕްރޭމާއި ފުރޮޅުލީގޮނޑި ފިޔަވައި އެހެން އުޅަނދު ޕާކުކުރުމަކީ ޤާނޫނީގޮތުން މަނާކަމެކެވެ.