ކާނަލް ނަޝީދު ޑީއާރްޕީ ދޫކުރައްވައި ޕީޕީއެމްއަށް ސޮއިކުރައްވައިފި

14 Nov 2019 | 05:09

ޑީއާރްޕީގެ ނައިބު ލީޑަރ ކަމުގެ މަގާމުގައި ހުންނެވި މުހައްމަދު ނަޝީދު (ކާނަލް) އެޕާޓީ ދޫކުރައްވައި، ޕީޕީއެމްއަށް ސޮއިކުރައްވައިފިއެވެ.

ކާނަލް ނަޝީދު ޕީޕީއެމްއަށް ސޮއިކުރައްވާފައިވަނީ މިރޭ އެޕާޓީގެ އޮފީހުގައި އޮތް ރަސްމިއްޔާާތެއްގައެވެ. މި ރަސްމިއްޔާތުގައި ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

 ކާނަލް ނަޝީދުގެ އިތުރުން ޑީއާރްޕީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ހުންނެވި ނަހުލާ އަލީވެސް ވަނީ ޕީޕީއެމްއަށް ސޮއިކުރައްވާފައެވެ. އަދި ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަޝްރަފް ލުތުފީ (ސަމްޕަތު)ވެސް ވަނީ ޕީޕީއެމްއާއި ގުޅިފައެވެ.

މިރޭގެ ރަސްމިއްޔާތުގައި ވާހަކަފުުޅު ދައްކަވަމުން ކާނަލް ނަޝީދު ވިދާޅުވީ އެބޭފުޅާގެ ހިތާއި ރޫހު ވަނީ ޕީޕީއެމްއާއި އެކުގައި ކަމަށާއި، މިހާތަަނަށް މަސައްކަތް ކުރައްވާފައި ވަނީ ޕީޕީއެމްއާއި އެކުގައި ކަމަށެވެ. އެބޭފުޅާ އިތުރަށް ވިދާޅުވީ ޕީޕީއެމްއިން އަންނަ ރިޔާސީ އިންތިޚާބުގެ ކެމްޕޭން ފަށަން ޖެހޭކަމަށާއި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންކަމަށެވެ.

" ރައީސް ޔާމީނަށް ޙުކުމެއް ކުރިޔަކަ އަޅުގަނޑުމެން ނުދޭނަން"، ކާނަލް ވިދާޅުވިއެވެ.

ފޮޓޯ: ވަގުތު

Advertisement

ކޮމެންޓް