ޕްރޮގްރެސިވް ކޯލިޝަންގެ އާ ރެލީ- "ފުނޑާލައިިިފި"

14 Nov 2019 | 12:23

ޕީޕީއެމްއާއި ޕީއެންސީ ހިމެނޭ ޕްރޮގްރެސިވް ކޯލިޝަންގެ ފަރާތުން "ފުނޑާލައިފި" ނަމުގައި އެއްވުމެއް ބޭއްވުމަށް ނިންމައިފިއެވެ.

ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފުނޑާލައިިފި ނަމުގައި ޕްރޮގްރެސިވް ކޯލިޝަންގެ ޚާއްސަ ރެލީއެއް މާދަމާ އޮންނާނެކަމަށާއި މި ރެލީގައި ބައިވެރިވުމަށް ދީނާއި ގައުމު ދެކެ ލޯބިވާ އެންމެހާ ފަރާތްތަކުން ބައިވެރިވުމަށް އެދިލައްވާ ކަމަށެވެ.

"ފުނޑާލައިފި" ނަމުގައި ބާއްވާ މި ރެލީގެ މަގްސަދަކީ މި ސަރުކާރުން ދީނާ، ޤައުމާއި، އިޤްތިޞާދާއި، ޤައުމިއްޔަތު އަދި މިނިވަން ފަދަ އެތައްކަމެއް ފުނޑާލާފައިވާތީ އެކަމާއި މެދު ޝުއޫރު ފާޅުކުރުންކަމަށް ޕީޕީއެމްއިން މައުލޫމާތުދެއެވެ.

މި ރެލީގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ބައިވެރިވެ ވަޑައިގަންނަވާނެއެވެ. މި ރެލީ ބޭއްވުމަށް ހަމަޖެހިފައިވަނީ ކާނިވާ ސަރަހައްދުގައެވެ.

Advertisement

ކޮމެންޓް