15 Nov 2019 | 15:52
''އިންޑިއާއިން 300 މިލިއަން ޑޮލަރު ދިނުމުގެ ފަހަތުގައި ވަނީ ކޮންކަމެއްތޯ''

އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ހިލޭ އހީގެ ގޮތުގައި އިންޑިއާއިން 300 މިލިއަން ޑޮލަރު ލިބޭނެ ކަމަށް ޖަހާފައިވާއިރު، އެފައިސާ ދިނުމުގެ ފަހަތުގައި ފޮރުވިފައިވަނީ ކޮންކަމެއްތޯ، ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމު ސުވާލު އުފައްދަވައިފިއެވެ.

''ވޮއިސް'' އަށް މައުލޫމާތު ދެއްވަމުން ޝިޔާމު މިއަދު ވިދާޅުވީ، އިންޑިއާއަށްވެސް އިގުތިސޯދީ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައި ރާއްޖެއަށް 300 މިލިއަން ޑޮލަރު ދޭން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. ޝިޔާމު ވަނީ އެފައިސާ ރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި ދެނީ ބަދަލުގައި ރާއްޖެއިން ކޮންކަމެއް ކޮށްދޭން އެއްބަސްވެގެންތޯ ސުވާލު އުފައްދަވައިފައެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ރާއްޖޭގެ މައި އެއާޕޯޓް އިންޑިއއާގެ ޖީއެމްއާރަށް ވިއްކާލިކަން ފާހަގަކުރައްވައި ޝިޔާމު ވަނީ މިސަރުކާރުންވެސް އިންޑިއާ އާއެކު ޑީލލުތަކެއް ހެދީތޯ ސުވާލު އުފައްދަވައިފައެވެ.

''އިންޑިއާއިން 300 މިލިއަން ޑޮލަރު ދެނީ ކޮންކަމެއް ކޮށްދެން އެއްބަސްވެގެންތޯ. ކޮންއެއްޗެއް ދޭން އެއްބަސްވެގެންތޯ. އެކަމުގެ ފަހަތުގައި ސިއްރުކޮށްފައި ވަނީ ކޮންކަމެއްތޯ. އަނެއްކާ ވެސް ރާއްޖެ ވިއްކާލަނީތޯ. މީގެ ފަހަތުގައި ފޮރުވިފައިވާ ކަންކަން ރައްޔިތުންނަށް ސާފުކޮށްދެންޖެހޭ.'' ޝިޔާމު ވިދާޅުވިއެވެ.

ޝިޔާމު ވިދާޅުވީ އިންޑިއާއިން އެހާ ބޮޑު އަދަދެއް ދިނުމަށް ނިންމި ސަބަބު ރައްޔިތުންނަށް ސަރުކާރުން ހާމަކޮށްދެންޖެހޭނެ ކަމަށެވެ.

ރައީސް ޔާމީނުގެ ސަރުކާރުން ބޭރުގެ ލޯނުތައް ނަގާ މިންވަރު ގިނަވެގެން ޝަކުވާކުރި މީހުން މިއަދު ވެރިކަމާއި ހަވާލުވުމަށްފަހު ފެނިގެންދަނީ ބޭރުގެ ފަރާތްތަކަށް ބަރޯސާވެ، ބޭރުން ބޮޑެތި އަދަދުތަކުން ލޯނުތަކާއި ހިލޭއެހީތައް ހޯދާ މަންޒަރުކަމަށް ވެސް ޝިޔާމު ވިދާޅުވިއެވެ.

މީގެއިތުރުން ޝިޔާމު ވިދާޅުވީ، ސަރުކާރުގެ ދަރަނި އިންތިހާއަށް ބޮޑުވަމުންދާއިރު، ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިބެ މީހުންގެ މުސާރައަށް ދައުލަތުން ބޮޑު އަދަދެއް ކޮންމެ މަހަކު ހޭދަކުރާ ކަމަށެވެ. އެގޮތުން ސިޔާސީ މަގާމުތަކުގައި 875 މަގާމު އުފައްދާފައިވާއިރު، އެމީހުންގެ މުސާރައަށް އަހަރަކު 300 މިލިއަން ރުފިޔާ ހަރަދުވާ ކަމަށެވެ.

ޝިޔާމު ވިދާޅުވި ގޮތުގައި 2020 ވަނަ އަހަރު ނިމޭއިރު އުފެއްދުންތެރި ކަމުގެ ނިސްބަތުން ދައުލަތުގެ ދަރަނި 80 ޕަސެންޓަށް ބޮޑުވާނެ އެވެ. އަދި މި އަހަރު ނިމޭ އިރު ދައުލަތުގެ ދަރަނި 71 ބިލިއަން ރުފިޔާއަށް ވުރެ ބޮޑުވާނެ ކަމަށް ޝިޔާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އަންނަ އަހަރުގެ ބަޖެޓަކީ ދިވެހިރާއްޖެ ކަފުންކުރުމަށް ޓަކައި ތައްޔާރުކުރެވިފައި އޮތް ބަޖެޓެއް ކަމަށާއި މިއީ އެޖެންޑާ 19 ރަނގަޅަށް ތަންފީޒުކުރަން ކަނޑައެޅި ބަޖެޓެއް ކަމަށެވެ.

'' މިއީ ބިރުވެރި ކަމެއް، ބިރުހުރި ކަމެއް. އެހެންވެ އަޅުގަނޑު މި ދަންނަވަނީ މި ބަޖެޓަކީ މި ދިވެހިރާއްޖެ ކަފުންކުރާނެ ބަޖެޓެކޭ. މިއީ ދިވެހި ތާރީޚު ނުދެކޭވަރުގެ ބޮޑު އަދަދެއްގައި މި ބަޖެޓު އައިއްސަ މި އޮތީ. 5.37 ބިލިއަން ރުފިޔާގެ މި ބޮޑު ބަޖެޓުން ދިވެހި ރައްޔިތުން އެބަ ބޭނުންވޭ ކޮންކޮން ކަންތަކެއްތޯ ދިވެހި ރައްޔިތުންނަށް ހުރީ ބަލައިލަން'' ޝިޔާމު ވިދާޅުވިއެވެ.

ބަޖެޓާ މެދު ޝިޔާމު ކަންބޮޑުވުން ފާޅުކުރެއްވި އިރު، އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ގްރާންޓުގެ ގޮތުގައި ހަތަރު ބިލިއަން ރުފިޔާ އިންޑިއާއިން ހޯދުމަކީ ކަންބޮޑުވާ ކަމެއް ކަމަށް އޮޑިޓަރު ޖެނެރަލް ހަސަން ޒިޔަތު ވެސް ވަނީ ވިދާޅުވެފައެވެ.

ބަޖެޓު ކޮމެޓީގައި ވާހަކަދައްކަވަމުން ޒިޔަތު ވިދާޅުވި ގޮތުގައި ދައުލަތުގެ ދަރަނި 79 ޕަސަންޓަށް އަރާނެއެވެ. އެގޮތުން ބަޖެޓަށް ގްރާންޓުގެ ގޮތުގައި ހޯދާ ފައިސާގެ ބޮޑުބައެއް އިންޑިއާއިން ހޯދަން ބަޖެޓުގައި ހިމަނާފައިވާއިރު އެ ފައިސާ އިންޑިއާއިން ނުލިބިއްޖެނަމަ ދައުލަތުގެ ދަރަނި އަނެއްކާވެސް ބޮޑުވެގެންދާނެކަމަށް ޒިޔަތު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މީގެ ކުރިން ވެސް ސަރުކާރަށް ގްރާންޓުގެ ގޮތުގަ ޖަހާފަހުރި ފައިސާ ރިއަލައިޒް ނުވާ ކަމަށެވެ. މީގެ ސަބަބުން ދައުލަތުގެ ދަރަނި އިތުރުވެގެން ދާ މަންޒަރު ފެންނަ ކަމަށް ވެސް ޒިޔަތު ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް