15 Nov 2019 | 23:43
އިންޑިއާ އިން 300 މިލިއަން ޑޮލަރު ދޭން ނިންމި އެގްރިމެންޓް ހާމަކޮށްދެންޖެހޭ: ޔާމީން

އަންނަ އަހަރުގެ ބަޖެޓަށް ހިލެ އެހީގެ ގޮތުގައި އިންޑިއާއިން 300 މިލިއަން ޑޮލަރު ދިވެހި ސަރުކާރަށް ދިނުމަށް އެއްބަސްވެފައިވާ އެގްރިމެންޓްތައް ރައްޔިތުންނަށް ސަރުކާރުން ހާމަކޮށްދެންޖެހޭ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ. 

އިދިކޮޅު ކޯލިޝަނުން ފުނޑާލައިފި ނަމުގައި މިރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީނު ވިދާޅުވީ އިންޑިއާ އިން އެހީގެ ގޮތުގައި 300 މިލިއަން ޑޮލަރު ދޭން އެއްބަސްވި އިރު އެމީހުންނާއެކު ހެދި އެގްރިމެންޓްތައް ރައްޔިތުންނަށް ސަރުކާރުން ހާމަކޮށްދެން ޖެހޭނެ ކަމަށެވެ.

ބަޖެޓްގެ ދަރަނި މިހާރުވެސް އެހާ ބޮޑުވެފައިވާއިރު އިންޑިއާއިން 300 މިލިއަން ޑޮލަރު ދޭވާހަކައެއް އަޑުއިވިވަޑައިގެންފި ކަމަށާއި އެކަމުގެ ފަހަތުގައިވަނީ ކޮންކަމެއްކަން ސަރުކާރުން ހާމަކޮށްދެންޖެހޭނެ ކަމަށް ވިދާޅުވިއެވެ.

ރާއްޖެ މިހާރު މިއޮތީ ވަރަށް ނާޒުކު ހިސާބެއްގައިކަން ފާހަގަކުރައްވައި ރައީސް ޔަމީން ވިދާޅުވީ ރާއްޖެ ސަލާމަތް ކުރަން ހުރިހާ އެންމެންވެސް މަސައްކަތް ކުރަންޖެހޭނެ ކަމަށެވެ. ދިވެހިން ދިވެހި ރާއްޖޭގައި ދެވަނަ ދަރަޖައިގެ ބައެއްގެ ގޮތުގައި ތިބެގެން ނުވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

''300 މިލިއަން ޑޮލަރު ދޭ ވާހަކައެއް އަޑުވޭ. ސަރުކާރުން އެބަޖެހޭ އެކަން ކުރުމަށް ވެފައިވާ އެގްރިމެންޓްތައް ސަރުކާރުން ހާމަކޮށްދެން. އެކަން ކުރުމަށްޓަކާ ކޮށްފައި ހުރި އެގްރިމެންޓްތައް އަޅުގަނޑުމެންނަށް ދައްކަވާ. ކޮންޗެއްތޯ ސަރުކާރުން ދޫކޮށްލައިގެން މިއުޅެނީ ބަލަން ބޭނުންވޭ.'' ރައީސް ޔާމީން ވިދާޅުވިއެވެ.

މީގެއިތުރުން އެމަނިކުފާނު މިރެގެ ވާހަކަފުޅުގައިވެސް ވަނީ ރިޔާސީ އިންތިހާބުގެ ނަތީޖާއާ މެދު ސުވާލު އުފައްދަވައިފައެވެ. އެގޮތުން ރިޔާސީ އިންތިހާބާއި ގުޅިގެން ސުވާލު އުފައްދައި އެމައްސަލަ ބަލަން އެދުނު ހިސާބުން ފުލުހުންނަށް ވެސް ނޭނގި ކުއްލިއަކަށް ވޯޓް ކަރުދާސްތައް އިލެކްޝަންސް ކޮމިޝަނުން ނައްތައިލި ކަމަށް ވިދާޅުވިއެވެ. 

އޭރުގެ އިދިކޮޅު ފަރާތްތަކަށް ރައްޔިތުންގެ ތާއީދު ނެތުމުން އިންތިހާބު ވަގަށް ނެގީ ކަމަށާއި ރައްޔިތުން ރައީސް ޔާމީނަށް ނޫނެކޭ ބުނެފައި ނުވާކަމަށް ޔާމީން ވިދާޅުވިއެވެ. ނިމިދިޔަ ރިޔާސީ އިންތިހާބަކީ ފެރިގެންފައިވާ އިންތިހާބެއް ކަމަށް ވެސް ވިދާޅުވިއެވެ.

''އިންތިހާބަކީ ފޭރިގަނެގެން ގެންގޮސް އޮތް އިންތިހާބެއް. ރާއްޖޭގައި ރިޔާސީ އިންތިހާބެއް ވަގަށް ނަގައިގެން ގެންދާއިރު އެއީ ކަމަކަށް ނުވާކަމަށްވަންޏާ ގައުމީ ސަލާމަތަށް ނުރައްކަލަކަށް ވަނީ ކިހާ ހިސާބަކުން ކަމެއްވީމަބާ. ގައުމީ ސަލާމަތަށް ނުރައްކާވަނީ ސިފައިންގެ ޔުނީފޯމުގައި ހުންނަ ބެލްޓްގަނޑު ހިފައިގެން ދިޔައިމަބާ. އެއީބާ ގައުމީ ސަލާމަތަށް ނުރައްކާވާ ހިސާބަކީ.'' ރައީސް ޔާމީން ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ސުޕްރީމް ކޯޓުން މައްސަލަ ނިމި ފުލުހުންނަށް ކޮންމެ އިރަކުވެސް މައްސަލަ ބެލޭނެ ކަމަށް ބުނުމުން އެހިސާބުން ބޮޑު ހުކުމެއް ނިންމާލި ކަމަށެވެ. 

ރައީސް ޔާމީނު ވިދާޅުވީ ފުލުހުންނަށް ކަމެއް ކުރެވިދާނެ ކަމަށް އޭރު ހުންނެވި ޕްރޮސިކިއުޓާ ޖެނެރަލަށް ގަބޫލު ނުކުރެވުމުން އެހިސާބުން އެމައްސަލަ ދިގުލައިގެން ދިޔަކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
23 Sep 2026
ކުރިއަށް އޮތް ތަނުގައި ރާއްޖެއާ ސައުދީގެ ގުޅުން އިތުރަށް ބަދަހިވާނެ
ދިވެހިރާއްޖެއާއި ސައުދީ ޢަރަބިއްޔާއާ ދެމެދު އޮތް އެކުވެރިކަމާއި އެއްބާރުލުމުގެ ގުޅުން ކުރިއަށް އޮތް އަހަރުތަކުގައި އިތުރަށް ބަދަހިވެގެންދާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
23 Sep 2026
ތިނަދޫގައި މަސްތުވާތަކެތީގެ ނެޓްވޯކެއްގައި އިސްކޮށް އުޅުނު ދެ މީހަކު ހައްޔަރުކޮށްފި
މި އޮޕަރޭޝަންގައި، މަސްތުވާތަކެތި ގިނަ އަދަދަކަށް އެތެރެކޮށް ޓްރެފިކް ކުރާކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ތިނަދޫ ސިޓީ ގެއެއް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަަމަށް ބެލެވޭ 16.25 ގުރާމުގެ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
23 Sep 2026
އީރާން އެއްކޮށް ސުންނާފަތިކޮށްލާނެ ކަމުގެ އިންޒާރު ޓްރަމްޕް ދީފި
ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް ނާދެވިއްޖެނަމަ އީރާން މުޅިން ސުންނާފަތިކޮށްލާނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދީފިއެވެ. ނަމަވެސް، އދ. ގެ އާންމު މަޖިލީހުގެ ހަވާސާގައި ކުރިއަށްދާ ޑިޕްލޮމެޓިކް މަޝްވަރާތަކާއެކު އަވަސް މުއްދަތެއްގައި އެއްބަސްވުމަކަށް އާދެވިދާނެ ކަމުގެ އިޝާރާތެއްވެސް އޭނާ ވަނީ ދީފައެވެ.
23 Sep 2026
ފުޓްބޯޅަ ލެޖެންޑް ރޮނާލްޑީނިއޯވެސް އިންޑިއާއަށް
ރޮނާލްޑީނިއޯ އާއި އޭނާގެ ޓީމް އިންޑިއާއަށް މި ކުރާ ދަތުރުގައި، އިންޑިއަން އޯލް-ސްޓާސްއާ ދެކޮޅަށް ކުޅޭ "ރިޓާން އޮފް ދަ ޓައިޓަންސް" ކެރެލާ އެޑިޝަން 2026' އެގްޒިބިޝަން ފުރަތަމަ މެޗް އޮންނާނީ މިއަދު ޖަވާހަރްލާލް ނެހުރޫ އިންޓަނޭޝަނަލް ސްޓޭޑިއަމްގައެވެ.
23 Sep 2026
ޣައްޒާއަކީ މި ޒަމާނުގެ އެންމެ ލާއިންސާނީ ޖަލު ކަމަށް އެރުދޮޣާން ސިފަކޮށްފި
ބައްޕައެއް އަދި ކާފައެއްގެ ހައިސިއްޔަތުން ވާހަކަދައްކަވަމުން އެރުދޮޣާން ވިދާޅުވީ ޣައްޒާއަކީ ދުނިޔޭގައި ކުޑަކުދީންގެ އެންމެ ބޮޑު ޤަބުރުސްތާނު ކަމަށާއި ގުނަވަން ބުރިވެފައިވާ ކުޑަކުދީން ދުނިޔޭގެ ނިސްބަތުން އެންމެ ގިނައީ ވެސް ޣައްޒާގައި ކަމަށެވެ. ފާއިތުވި ތިން އަހަރު ދުވަހުގެ ތެރޭގައި އިސްރާއީލުގެ ޢަސްކަރިއްޔާއިން 74,000 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާ ކަމަށް އެރުދޮޣާން ވިދާޅުވިއެވެ.
22 Sep 2026
އިމާމުންނާއި ހަތީބުންނަށް ހާއްސަ ހެދުމުގެ ނަކަލެެއް; ހިޔާލަށް ހުޅުވާލައިފި
މިނިސްޓަރު ވިދާޅުވީ މިއީ އަދި ފުރަތަމަ ސްޓޭޖުގައިވާ ކަމެއް ކަމަށާ މިކަން ނިމިގެންދާން ބޭނުންވަނީ ވީހާވެސް ގިނަ ހިޔާލުތަކާއިއެކު އުފެދޭ ނަތީޖާއެއްގެ މައްޗަށް ކަމަށެވެ.
22 Sep 2026
ފީނަންގޮސް އުޅުނު ޒުވާނަކު ނިޔާވެއްޖެ
22 Sep 2026
ޓްރަމްޕް ތަޤުރީރު ކުރަން ފެށުމުން އީރާނުގެ ވަފުދު ޖެނެރަލް އެސެމްބްލީ ދޫކޮށް ނިކުމެއްޖެ
އދ. ގެ ޢާންމު މަޖިލީހުގެ އަހަރީ ބައްދަލުވުމަށް ދުނިޔޭގެ ޤައުމުތަކުގެ ވެރީން ނިއު ޔޯކަށް ޖަމާވާއިރު ފަލަސްތީނާއި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ފާއިތުވެދިޔަ އަހަރުތަކުގައި ވެސް އީރާނުގެ ވަފުދުން ވަނީ ޖެނެރަލް އެސެމްބްލީ ދޫކޮށް ހޯލުން ނިކުމިފައެވެ. އަދި މިފަހަރުވެސް އެކަން ވަނީ ތަކުރާރުކޮށްފައެވެ.