16 Nov 2019 | 12:31
އެންމެ ގިނައިން ގޮތް ނޭނގޭ މަރުތައް ހިނގީ މިސަރުކާރުގައި: ރައީސް ޔާމީން

ރާއްޖޭގައި ގޮތް ނޭނގޭ މަރުތައް އެންމެ ގިނައިން ހިނގީ މިސަރުކާރުގައި ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

''ދަރުވާލައިފި''ނަމުގައި އިދިކޮޅު ކޯލިޝަނުން މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމިން ވިދާޅުވީ، ރާއްޖޭގައި އެންމެ ގިނައިން ގޮތް ނޭނގޭ މަރުތައް ހިނގާފައިވަނީ ފާއިތުވި އަހަރު ދުވަހުގެ ތެރޭގައި ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ މިހާރު މަގުމަތީގައި މީހުން މަރާތަން ނުފެންނަ ކަމަށާއި އެންމެ ފަހުން މަރުކޮމިޝަނުން ނެރުނު ރިޕޯޓު ނެރުނު އިރު ރިޕޯޓުގައި ހިމެނޭ މީހުން ތިބީ މިސަރުކާރުގެ މަގާމުތަކުގައި ކަމަށެވެ. 

''ދިވެހި ރާއްޖޭގައި އެންމެ ގިނައިން ގޮތް ނޭނގޭ މަރުތައް ހިނގާފައި ވަނީ މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި. ތެދެންމެ މިހާރު ނުފެނޭ މަގުމަތީގައި މީހުން މަރާތަނެއް. ނުފެންނާނެ ދެއްތޯ. އެންމެ ފަހުން ނެރުނު ރިޕޯޓް ނެރުނުއިރުވެސް އޭގެ ތެރޭގައި ހިމެނޭ މީހުން ތިބީ މިސަރުކާރުގެ މަގާމުތަކުގައި ތިބީ. އެހެންވީމަ އެކަހަލަ މީހުންނެއް މިހާރަކު ނުނުކުންނާނެ ދެއްތޯ މަގުމަތި ހަލަބޮލި ކުރާކަށް ނުނިކުންނާނެ.'' ރައީސް ޔާމީން ވިދާޅުވިއެވެ.

މީގެއިތުރުން އެމަނިކުފަނު ވިދާޅުވީ،އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވީ ބަދަލު ހިފަން ނޫންކަމަށާއި އެމަނިކުފާނު ވެރިކަމަށް ވަޑައިގެންއިރު ވެސް ކުރީ ސަރުކާރުގެ ވަޒީރުންގެ ކޮރަޕްޝަންގެ އެތައް މައްސަލައެއް ބޮޑެތި އަދަދުތަކުން އޮޑިޓް ރިޕޯޓްތަކުގައި ފާހަގަކޮށްފައި ހުރި ކަމަށެވެ. ނަމަވެސް އެކަންކަން ބެއްލެވުމުގެ ބަދަލުގައި މަސައްކަތް ކުރެއްވީ ގައުމަށް ދިމާވެފައި ހުރި މައްސަލަތައް ހައްލު ކުރެވޭތޯ ކަމަށް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ޑިމޮކްރަސީގެ ރަނގަބީލު ޖަހަމުން ވެރިކަމަށް އައި ބަޔަކަށް މިހާތަނަށް ރައްޔިތުންނަށް ކޮށްދިން ކަމެއް ނެތް ކަމަށެވެ. ސަރުކާރަށް އަހަރެއް ފުރޭ އިރު ކޮށްދިން ކަމަކީ ޕާކުތަކުގެ ނަން ބަދަލު ކުރުމާއި ކަނދޮޅު އިންދުން ކަމަށް ޔާމީނު ވިދާޅުވި އެވެ.

"ޑިމޮކްރަސީގެ ނަމުން ރަނގަބީލު ޖަހަމުން އައި ބައެއް ނޫންތޯ މިތާ މިތިބީ. މިއަދު ކީއްތޯ މިވަނީ. ކަންކަން ކޮށްދޭނެ ކަމަށް ބުނެ ވެރިކަމަށް އައިސް "ބަރަކާތްތެރި" ވެރިކަމުގެ އަމަލުތައް ފެންނަނީ ޖައްބާރު ވެރިކަމެއް ކުރާތަން.'' ރައިސް ޔާމީން ވިދާޅުވިއެވެ.



ކޮމެންޓް
ގުޅޭ ލިޔުންތައް
17 Jun 2026
ޒިދާންގެ ދަރިފުޅު އަލްޖީރިއާގެ ގޯލް ބަލަހައްޓަން އެރިއިރު މާސްކު އެޅީ ކީއްވެ
މިފަހަރުގެ ވޯލްޑްކަޕްގައި މިއަދު އަލްޖީރިއާއާއި އާޖެންޓީނާ ބައްދަލުކުރި މެޗުގައި، ދުނިޔޭގެ ފުޓްބޯޅައިގެ ލެޖެންޑް ޒައިނުއްދީން ޒިދާންގެ ދަރިފުޅު، ލޫކާ ޒިދާން، ފެނުނީ އަލްޖީރިއާގެ ގައުމީ ޓީމުގެ އެއްވަނަ ކީޕަރުގެ ގޮތުގައެވެ.
17 Jun 2026
އިރާނުން ޑިމާންޑް ކުރަނީ 300 ބިލިއަން ޑޮލަރުގެ ފަންޑެއް: ރިޕޯޓް
އެމެރިކާ އާއި އީރާނާ ދެމެދު ވެވުނު ސުލްހައިގެ އެއްބަސްވުމުގެ ދަށުން، އީރާނުގައި އިންވެސްޓްމަންޓްތައް އިތުރުކުރުމަށް މަގުފަހިކުރުމުގެ ގޮތުން 300 ބިލިއަން ޑޮލަރުގެ ޕްރައިވެޓް ފަންޑެއް ގާއިމުކުރުމަށް ހިމަނާފައިވާ ކަމަށް ރޮއިޓާސް އިން ބުނެފިއެވެ.
17 Jun 2026
ފެން ހޫނުކުރާ ޕޮޓެއްގައި ރޯވެ ހުޅުމާލޭ ފުލެޓެއްގައި އަލިފާނުގެ ހާދިސާއެއް؛
އެމްއެންޑީއެފުން މައުލޫމާތު ދީފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ ހުޅުމާލެ 141 ވަނަ ފްލެޓްގެ ގްރައުންޑް ފްލޯގެ ބަދިގޭގައި ބޭނުންކުރި ފެންހޫނުކުރާ ޕޮޓެއްގައި ރޯވެގެންނެވެ.
17 Jun 2026
މެސީގެ ހެޓްރިކާއެކު އާޖެންޓީނާއިން އަލްޖީރިއާ ބަލިކޮށްފި
ހެޓްރިކް ހެދުމުގެ އިތުރުން މުޅި މެޗްގައިވެސް މޮޅު ކުޅުމެއް ދައްކާފައެވެ
17 Jun 2026
ހާލަންޑްގެ މޮޅު ކުޅުމާއެކު ނޯވޭއިން ފަސޭހަކަމާއެކު އިރާގް ބަލިކޮށްފި
މެޗްގައި ތަރިއަކަށްވީ މެންޗެސްޓަރ ސިޓީގެ ފޯވަޑް ހާލަންޑެވެ. އޭނާ ވަނީ މިމެޗްގައި ދެ ލަނޑު ނޯވޭއަށް ކާމިޔާބުކޮށްދީފައެވެ
17 Jun 2026
ސެނެގާލް ބަލިކޮށް ފްރާންސުން ވަރލްޑްކަޕްގެ ފެށުން ރަނގަޅުކޮށްފި
މިމެޗްގެ ފުރަތަމަ ހާފުގައި ފްރާންސްގެ ފަރާތުން ފެނުނީ ދަށް ކުޅުމެކެވެ. އެ ހާފުގައި އެ ޓީމަށް ފޮނުވާލެވުނީ އެންމެ ހަމަލާއެކެވެ. ނަމަވެސް ދެވަނަ ހާފުގައި އެ ޓީމުން ވަނީ ކުޅުން ރަނގަޅުކޮށް ތަފާތު ދައްކާފައެވެ.
16 Jun 2026
ގޯއްޗާއި ފްލެޓަށް އެދި 58،505 ފޯމް ހުށައެޅި
އެއީ ފްލެޓަށް އެދި 35،930 ފޯމާއި ގޯއްޗަށް އެދި 22،575 ފޯމެވެ.
16 Jun 2026
ވިޔަފާރިވެރިޔާ މުޙައްމަދު ޞާލިޙްގެ އަމިއްލަފުޅު ގޭގައި ރީތި މިސްކިތެއް ބިނާކޮށްދެއްވައިފި
މިއަދު ހަވީރު އައްޑޫ ހުޅުދޫގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތުގައި މުޙައްމަދު ޞާލިޙުއާއި އެމަނިކުފާނުގެ ޢާއިލާގެ ބޭފުޅުން ބައިވެރިވަޑައިގެންފައިވެ އެވެ.