29 Oct 2018 | 10:16
އަނެއްކާވެސް ޖޭޕީގެ ލީޑަރ ކަމަށް ގާސިމް އިބްރާހިމް

ޖުމްހޫރީ ޕާޓީގެ ފައުންޑާ ގާސިމް އިބްރާހީމް އަނެއްކަވެސް އެ ޕާޓީގެ ލީޑަރުކަމުގެ މަގާމަށް ހޮވިއްޖެއެވެ.

ގާސިމް ރޭ އެޕާޓީގެ ލީޑަރުކަމަށް އައްޔަނު ކޮށްފައިވަނީ އެ ޕާޓީގެ 61 މެންބަރުން ހާޒިރުވެ ވަޑައިގެންނެވި 124 ވަނަ ކައުންސިލް ބައްދަލުވުމުގައި ނެގި ސިއްރު ވޯޓަކުން ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.

ގާސިމް ވަނީ މީގެ ކުރިންވެސް ޖޭޕީގެ ލީޑަރު ކަން ކުރައްވާފައެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ހުށަހެޅުއްވި ކަމުގެ ތުހުމަތުގައި، ދައުލަތުން ގާސިމްގެ މައްޗަށް އުފުލި ރިޝްވަތު ހުށަހެޅުމުގެ ދައުވާ ސާބިތުވެގެން 3 އަހަރާއި 2 މަހާއި 12 ދުވަހުގެ ޖަލުހުކުމެއް އައުމުން ގާސިމް އަށް ވަނީ ޖޭޕީގެ ލީޑަރުކަން ގެއްލިފައެވެ.

ޖޭޕީގެ ލީޑަރ ކަމަށް މީހަކު އައްޔަނު ނުކުރަން އޭރު އެ ޕާޓީގެ ކޮންގްރެސުން ނިންމި ނަމަވެސް ނިމިދިޔަ ހަފްތާތެރޭގައި ގާސިމްގެ ޖަލުހުކުމް ހައިކޯޓުންވަނީ ބާތިލްކުރުމާއެކު ޖޭޕީން ވަނީ އެ ޕާޓީގެ ލީޑަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފައެވެ.

އަދި އެޕާޓީއިން މައުލޫމާތުދެއްވާގޮތުގައި މި މަގާމަށް ކުރިމަތި ލުމުގެ މުއްދަތު ހަމަވިއިރު ކުރިމަތި ލެއްވީ ހަމައެކަނި ގާސިމް އިބްރާހީމެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Jul 2026
"ރައްޔިތުންގެ އަޑު" ސިލްސިލާ ފަށަނީ، ނަން ނޯޓުކުރަން ހުޅުވާލައިފި
ފުރަތަމަ ބައްދަލުވުމުގައި ފުރުޞަތު ހުޅުވާލަނީ، ރާއްޖޭގެ އިންތިޚާބީ 93 ދާއިރާގެ ތެރެއިން، ހުޅުމާލެ އުތުރު ދާއިރާ، ހުޅުދޫ ދާއިރާ، ހޯރަފުށި ދާއިރާ، އަދި ހުޅުމާލެ މެދު ދާއިރާއަށް ނިސްބަތްވާ ރައްޔިތުންނަށެވެ.
13 Jul 2026
ޕެރޯލަށް އެދި ހުށަހަޅާފައިވާ ގައިދީންގެ ތެރެއިން ޝަރުޠު ހަމަވާ މީހުންނާ އިންޓަވިއުކޮށްފި
ޕެރޯލަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ޤައިދީންނާ އިންޓަވިއުކޮށްފަވާ އިރު މިދިޔަ އަހަރު ޕެރޯލްގެ ދަށުން 27 މީހަކު މުޖުތަމަޢުއަށް ވަނީ ދޫކޮށްފަ އެވެ.
13 Jul 2026
ކުޅުދުއްފުއްޓަށް ކަރަންޓްދޭން، ފެނަކައިން ކައުންސިލާއެކު އެއްބަސްވުމެއް ހަދާކަށް ނުޖެހޭނެ
ދެފަރާތުން ހުށަހެޅި ކަންތައްތަކަށް ރިޔާއަތް ކުރައްވައި ފަނޑިޔާރުން ވަނީ ފެނަކައިން ހިދުމަތް ދެމުންގެންދަނީ ދިވެހި ސަރުކާރުން އެ ހިދުމަތް ދިނުން އެފަރާތައް ލާޒިމްކޮށްގެން ކަމަށްވާތީ، މައްސަލާގައި އިތުރަށް ގޮތް ކަނޑައަޅަންޖެހޭ ނުކުތާއެއް ނެތްކަން ފާހަގަކުރައްވާފައެވެ.
13 Jul 2026
މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތްދޭތީ މަރަދޫ ބޯޅަދަނޑުގެ ބަންދުކުރަން ކޯޓުން އަމުރެއް
މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން ނެރުނު މި އަމުރަކީ، މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތްދޭ ތަނެއް ބަންދުކުރުމަށް މަރަދޫ މެޖިސްޓްރޭޓް ކޯޓުން ނެރުނު ފުރަތަމަ އަމުރެވެ.
13 Jul 2026
އިސްރާއީލާ ދެކޮޅު ހެދުން ކުށަކަށް
ޖަރުމަނުގެ ބުންޑެސްރާޓުން ފާސްކުރި ބިލެއްގެ ދަށުން އިސްތިއުމާރީ އިސްރާއީލުގެ ވުޖޫދު ދެކޮޅު ހަދާ މީހުންނަށް ފަސް އަހަރު ދުވަހުގެ ޖަލު ހުކުމް އަންނަ ގޮތަށް ހަމަޖައްސަން މަސައްކަތް ކުރަނީ.
13 Jul 2026
އެފް.އެސް.އެމްގެ ބާޖުތަކުގައި ތެޔޮ ބަލާ ޒަމާނީ ސިސްޓަމެއް ހަރުކުރަން ފަށައިފި
އެފް.އެސް.އެމުން ބުނީ މިއީ އެ ކުންފުނީގެ ތެޔޮ އުފުލާ އުޅަނދުފަހަރުގައި މިފަދަ ސިސްޓަމެއް ހަރުކުރާ ފުރަތަމަ ފަހަރު ކަމަށެވެ. މި ޕައިލެޓް ޕްރޮޖެކްޓުގެ ދަށުން މިހާރު ކުރިއަށްދަނީ އެ ކުންފުނީގެ ފްލީޓުގައި ހިމެނޭ ހުނިކެ ބާޖުގައި މި ސިސްޓަމް ހަރުކުރުމުގެ މަސައްކަތް ކަމަށް އެފް.އެސް.އެމުން ބުނެފައިވެއެވެ.
13 Jul 2026
ޤަތަރުގެ ކުރީގެ އަމީރު އަވަހާރަވުމާއި ގުޅިގެން ދިވެހި ދިދަ ބައިދަނޑިއަށް
އެގޮތުން ރައީސް އޮފީހުން ބުނީ، މާދަމާ މެންދުރު 12:00އިން ފެށިގެން އަންގާރަ ދުވަހުގެ މެންދުރު 12:00ގެ ނިޔަލަށް، (އެއް ދުވަސް ވަންދެން) ދިވެހި ޤައުމީ ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވާފައިވާ ކަމަށެވެ.
13 Jul 2026
ޕީއެންސީ އިންތިޚާބުގެ ހަމަނުޖެހުން: އިތުރު ޒުވާނަކު ހައްޔަރު
މި މަސައްލައާ ގުޅިގެން މިހާތަނަށް ޖުމުލަ 3 މީހުން ހައްޔަރުކޮށްފައިވެއެވެ.