އައިޖީއެމްއެޗްގައި ވިހޭ ކުދިންތަކެއް މަރުވި މައްސަލަ މަޖިލީހުން ބަލަންފަށައިފި

18 Nov 2019 | 12:39

އިއްޔެ ރޭ އައިޖީއެމްއެޗްގައި ވިހޭ ދެ ކުއްޖަކު މަރުވި މައްސަލަ، ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ބަލަން ފަށައިފިއެވެ.

އިއްޔެރޭ އައިޖީއެމްއެޗްގައި ވިހޭ ކުދިންތަކުގެ ތެރެއިން ދެ ކުއްޖަކު މަރުވި އިރު، މިއަދުވެސް ވަނީ އެހޮސްޕިޓަލުގައި ވިހޭ ދެ ކުއްޖަކު މަރުވެފައެވެ. އެމައްސަލައިގައި ރައްޔިތުންގެ ތެރޭގައި ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން އިތުރުވެފައެވެ.

އައިޖީއެމްއެޗުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މަރުވެފައި ވަނީ ދެކުދިން ކަމަށާއި ދެކުދިން ވެސް މަރުވެފައި ވަނީ ވިހެއުމުގެ ކުރިން ކަމަށެވެ. އައިޖީއެމްއެޗް އިން ބުނީ ކޮންމެ މަރެއްގެ ތަފްސީލު ވެސް އާއިލާއިން ބޭނުން ވެއްޖެ ނަމަ އާއިލާ އާއި ހިއްސާކުރަމުން ގެންދާ ކަމަށެވެ. 

އަދި މިއަދުވެސް ދެކުދިން މަރުވެފައިވާކަން އެނގިފައި ވެއެވެ. 

މިއަދު ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަ ކޮމިޓީން ވަނީ އެމައްސަލަ ބަލަން ފަށާފަ އެވެ. އެމައްސަލަ ބަލަނީ އާންމު ފަރާތަކުން ހުށަހަޅައިގެން ކަމެއް ނުވަ ކޮމިޓީގެ އަމިއްލަ އިސްނެގުމުގެ މަތިންކަމެއް ހާމައެއް ނުކުރެއެވެ. 

Advertisement

ކޮމެންޓް

Advertisement