20 Nov 2019 | 15:53
ސްރީލަންކާގެ ބޮޑުވަޒީރުކަމުގެ މަގާމުން ރަނިލް އިސްތިއުފާދެއްވައިފި

ސްރީލަންކާގެ ބޮޑުވަޒީރުކަމުގެ މަގާމުން ޔުނައިޓެޑް ނޭޝަނަލް ޕާޓީގެ ލީޑަރ ރަނިލް ވިކްެރަމަސިންހަ އިސްތިއުފާދެއްވައިފިއެވެ.

ރަނިލް މި މަގާމުން އިސްތިއުފާ ދެއްވިކަން ހާމަކުރައްވާފައިވަނީ މިއަދު ނެރުއްވި ބަޔާނެއްގައެވެ.

ނިމިދިޔަ ހޮނިހިރު ދުވަހު އޮތް ސްރީލަންކާާގެ ރިޔާސީ އިންތިޚާބުގައި އިދިކޮޅު އެސްއެލްޕީޕީގެ ކެނޑިޑޭޓް ގޯޓާބަޔަ ރާޖަޕަކްސަ އިންތިޚާބުވުމާއި އެކު، ބޮޑުވަޒީރުކަމުގެ މަގާމުން ރަނިލް ވަކިވެވަޑައިގަންނަވާނެކަމުގެ އަޑުވަނީ ގަދަވެފައެވެ. މި މަގާމުން ރަނިލް ވަކިވެ ވަޑައިގަތުމާއި އެކު އަންނަ އަހަރުގެ މާޗް މަހުގައި އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ އިންތިޚާބު ބޭއްވެންދެން އޮންނާނީ ވަގުތީ ބޮޑުވަޒީރަކާއި އޭނާގެ ކެބިނެޓެކެވެ.

ބެލެވޭ ގޮތުގައި މި މަގާމަށް ވަޑައިގަންނަވާނީ ލަންކާާގެ ރައީސް ގޯޓާބަޔަގެ ބޭބޭފުޅު އަދި ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސައެވެ.

އެސްއެލްޕީޕީގެ ފަރާތުން ބޮޑުވަޒީރުކަމުގެ ކެނޑިޑޭޓަކަށް މަހިންދަ ލާާނެކަަމަށް މީގެ ކުރިންވެސް ގޯޓާބަޔަ ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
16 Sep 2026
ޕީއެންސީގެ ޒުވާނުންގެ ހަތް ގޮނޑިއަށް މެންބަރުން ހޮވައިފި
ޕީއެންސީގެ މެންބަރުންގެ މަޖިލީހުގެ ޒުވާނުންގެ ހަތް ގޮނޑިއަށް 12 ކެންޑިޑޭޓުންގެ ތެރެއިން ހަތް ބޭފުޅަކު މިއަދު އިންތިޚާބުކޮށްފައިވާ އިރު، އެންމެ ގިނަ ވޯޓު ހޯއްދެވީ ސިމާން ހާދީއެވެ.
16 Sep 2026
ޕީއެންސީ އަންހެނުންގެ މަޖިލީހަށް 10 މެމްބަރުން އިންތިޚާބުކޮށްފި،
ވެރިކަންކުރާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މެންބަރުންގެ މަޖިލީހުގައި (ސެނެޓް) އަންހެނުންނަށް ޚާއްޞަކޮށްފައިވާ 10 ގޮނޑިއަށް ބޭފުޅުން އިންތިޚާބުކޮށްފިއެވެ.
16 Sep 2026
އިސްރާއީލުގެ އަސްކަރިއްޔާއަށް ފޮނުވާ މުދާ މެލޭޝިޔާ މަގުން ގެންދިޔުން ހުއްޓުވާނަން
އިސްރާއީލުގެ އަސްކަރިއްޔާއަށް ފޮނުވާ އެއްވެސް މުދަލެއް މެލޭޝިޔާ މަގުން ގެންދިޔުމުގެ ފުރުސަތު ނުދެއްވާނެ ކަމަށް އެ ގައުމުގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ވިދާޅުވެއްޖެއެވެ. ބޮޑުވަޒީރު މިހެން ވިދާޅުވީ އިސްރާއީލަށް ގެންދަން އުޅުނު ކާގޯ ކޮންޓޭނަރުތަކެއް މެލޭޝިޔާގެ ކަމާބެހޭ ފަރާތްތަކުން ހިފެހެއްޓުމާ ގުޅިގެންނެވެ.
16 Sep 2026
ހޫތީން މައްކާއަށް ޑްރޯން ހަމަލާއެއް އަމާޒު ކުރި ކަމަށް ބުނާ ވާހަކަ ދޮގުކޮށްފި
ހޫތީންގެ ސިޔާސީ ބިއުރޯގެ މެންބަރު ޙިޒާމް އަލް އަސަދު ވަނީ ރިޔާޛުން ކުރާ ތުހުމަތު ސިފަކޮށްފައިވަނީ ބޮޑު ދޮގެއް ކަމުގައެވެ. މައްކާގެ ވައިގެ ސަރަޙައްދާ ދިމާއަށް ހޫތީންގެ ޑްރޯންއެއް ދަތުރުކުރި ކަމަށް ސަޢޫދީން ބުނެފައިވެއެވެ.
16 Sep 2026
ގެއަށް ރަނގަޅީ ހުދު ލައިޓުތޯ ރީނދޫ ލައިޓުތޯ؟
ލައިޓުގެ ކުލަ ކަނޑައެޅެނީ ކެލްވިން (ކޭ) އިން މިންކުރާ ކަލާ ޓެމްޕެރެޗާ އިންނެވެ. ރީނދޫ ލައިޓް ނުވަތަ ވޯމް ލައިޓްގެ ކެލްވިން 2700 އާއި 3000 އާ ދެމެދުގައި ހުންނައިރު އެ ލައިޓުން ފެންނާނީ އިރުއޮއްސޭ ވަގުތު ނުވަތަ އުއްބައްތިއެއްގެ ހޫނު ރީނދޫ ކުލައެވެ. ހުދު ލައިޓް ނުވަތަ ކޫލް ލައިޓުގެ ކެލްވިން 4000 އާއި 6500 އާ ދެމެދުގައި ހުންނައިރު އެއިން ދޭ އައްޔަކީ ސާފު ހުދު ނޫ ކުލައެއްގެ ތޫނު އައްޔެކެވެ. އެހެންކަމުން ކެލްވިން ދަށްވާ ވަރަކަށް އަލި ހޫނު ރީނދޫކުލައަކަށް ބަދަލުވެ މައްޗަށް ދާ ވަރަކަށް ހުދު ނީލާ ކުލައަކަށް ބަދަލުވެއެވެ.
16 Sep 2026
ހިއްސާދާރުންގެ ޓެކްސް ރެސިޑެންސީ މަޢުލޫމާތު ޔަޤީންކުރުމަށް އިލްތިމާސްކޮށްފި
ޑިވިޑެންޑް ޓެކުހާ ގުޅޭ ޤާނޫނީ ލާޒިމުކުރުންތަކާ އެއްގޮތަށް ފައިދާ ދޫކުރުމަށްޓަކައި ހިއްސާދާރުން ޓެކްސް ދައްކަންޖެހޭ ޤައުމުގެ މަޢުލޫމާތު ބެލުމަށްފަހު އެ މަޢުލޫމާތު އަޕްޑޭޓުކުރުމަށް ދިރާގުން މިއަދު އިލްތިމާސްކޮށްފިއެވެ.
16 Sep 2026
ރާއްޖޭގެ ބޮޑު ބަޔަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފި
އެ ސަމާލު ނެރެފައިވަނީ ފަތިހު 5:30 އިން ހެނދުނު 11:30 އާ ހަމައަށެވެ. މެޓުން ބުނީ އެ ވަގުތުތަކުގައި ބޯކޮށް ވާރެވެހުމާ އެކު ގުގުރުން އެކަށީގެންވާ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 40 މޭލާ ހަމައަށް ވައިގަދަވެދާނެ ކަމަށެވެ.
16 Sep 2026
ސަޕްލައި ދޯންޏެއް އަރިއަޅާލައި ކާށިދޫ ކަނޑަށް ދިޔަވަނީ
ފުލުހުން ބުނީ "ސީލައިން 3" ނަމަކަށް ކިޔާ ސަޕްލައި ދޯނީގައި ބަރުކޮށްފައި ހުރި ލަކުޑިތައް ހިފެހެއްޓުމަށް އަޅާފައިވާ ބެލްޓު ކަނޑައިގެން ދިޔުމުގެ ސަބަބުން އެ ދޯނި އަރިއަޅާލައި ދިޔަވަމުންދާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު ހެނދުނު 09:57 އެހައިކަންހާއިރު ކަމަށެވެ.