21 Nov 2019 | 13:21
ސްރީލަންކާގެ ބޮޑުވަޒީރުކަމުގެ ހުވާ މަހިންދަ ރާޖަޕަކްސަ ކުރައްވައިފި

ސްރީލަންކާގެ ބޮޑުވަޒީރުކަމުގެ ހުވާ އެގައުމުގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ ކުރައްވައިފިއެވެ.

މި ހުވާ އެމަނިކުފާނު ކުރައްވާފައިވަނީ އެގައުމުގެ ރައީސް އަދި ކޮއްކޯފުޅު ގޯޓާބަޔަ ރާޖަޕަކްސައިގެ ކުރިފުޅުމަތީގައެވެ. ލަންކާގެ ބޮޑުވަޒީރުކަމުގެ މަގާމާއި ގޯޓާބަޔަ ހަވާލުވެ ވަޑައިގެންފައިވަނީ އެމަގާމުގައި ހުންނެވި ޔޫއެންޕީގެ ލީޑަރ ރަނިލް ވިކްރަމަސިންހަ އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.

މިއާއި އެކު ރަނިލް އަކީ ގާނޫނު ހަދާ މަޖިލީހުގެ އިިދިކޮޅުގެ ލީޑަރގޮތުގައި ހަމަޖައްސައިދިނުމަށް އެދި ޔޫއެންޕީގެ ސެކްރެޓަރީ ޖެނެރަލް އަކިލަ ވިރާޖް ވަނީ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ކަރޫ ޖަޔަސޫރިޔާއަށް ސިޓީއެއް ފޮނުއްވާފައެވެ.

މަހިންދަ ރާޖަޕަކްސައަށް ލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ މެޖޯރިޓީ ލިބިފައި ނެތުމުން، އެމަނިކުފާނު ހުންނަވާނީ އަންނަ އަހަރުގައި އާންމު އިންތިޚާބު ބޭއްވެންދެން ވަގުތީ ބޮޑުވަޒީރުކަމުގެ މަގާމުގައެވެ. އަދި އެމަނިކުފާނާއި އެކު ހަރަކާތްެތެރިވެލައްވާނީ ވަގުތީ ކެބިނެޓެއްކަންވެސް ފާހަގަކޮށްލެވެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މިއީ ސްރީލަންކާާގެ ބޮޑުވަޒީރުކަމުގެ މަގާމާއި މަހިންދަ ރާާޖަޕަކްސަ ހަވާލުވެ ވަޑައިގަންނަވާ ދެވަނަ ފަހަރެވެ. މީގެ ކުރިން އެގައުމުގެ ކުރީގެ ރައީސް ޗަންދްރިކަ ބަންޑާރަނައިކެ ކުމާރަތުންގައިގެ ވެރިކަމުގައާއި، އެންެމެ ފަހުގެ ރައީސް މައިތިރިޕާލާ ސިރިސޭނާގެ ވެރިކަމުގައިވެސް އެބޭފުޅާ ވަނީ ބޮޑުވަޒީރުކަން ކުރައްވާފައެވެ.

ސްރީލަންކާގެ ވެރިކަމުގެ ނިޒާމު އޮންނަގޮތުން، ބޮޑުވަޒީރާއި ރައީސަށްވެސް ބޮޑެތި ބާރުތަކެއް ލިބިފައިވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
20 Sep 2026
ގަވާއިދާ ހިލާފަށް ބިންތަކެއް ދިން މައްސަލާގައި ތިނަދޫ މޭޔަރާއި ކުރީގެ މެންބަރުންނަށް ދައުވާ
ގަވާއިދާ ހިލާފަށް ބިންތަކެއް ދިން މައްސަލާގައި ތިނަދޫ މޭޔަރާއި ކުރީގެ މެންބަރުންނަށް ދައުވާ ކޮށްދޭން އެދި ފޮނުވައިފި އެވެ.
20 Sep 2026
މިލިއަނެއްހާ ރުފިޔާއަށް 18 އޭސީ ޔުނިޓް ގަތް މައްސަލާގައި އެމްޕީއެލްގެ ކުރީގެ ސީއީއޯ ޖުނައިދުގެ މައްޗަށް ހިޔާނާތުގެ ދައުވާ
ވިޔަފާރިވެރިޔާ ޖުނައިދުގެ މައްޗަށް ދައުވާކޮށްދޭން އެދި ފުލުހަށް މައްސަލަ ފޮނުވާފައިވާކަން އޭސީސީން ވަނީ ޔަގީންކޮށްދީފަ އެވެ.
20 Sep 2026
ދެވަނަ ކުއާޓާގައި ރާއްޖޭގެ އިޤުތިޞާދީ ކުރިއެރުން 12 އިންސައްތަ ދަށަށް ގޮސްފި
އެ ތަފާސްހިސާބުތައް ދައްކާ ގޮތުން ދެވަނަ ކުއާޓާގައި ޤައުމީ އުފެއްދުންތެރިކަން ހުރީ 25 ބިލިއަން ރުފިޔާގައެވެ. ފުރަތަމަ ކުއާޓާއާ އަޅައިބަލާއިރު އެއީ 3.5 ބިލިއަން ރުފިޔާގެ ދަށްވުމެކެވެ. ނަމަވެސް މިދިޔަ އަހަރުގެ ހަމަ އެ މުއްދަތާ އަޅައިބަލާއިރު 1.3 އިންސައްތައިގެ ކުރިއެރުމެއް ފެންނަން އެބައޮތެވެ. މި ކުރިއެރުން ލިބުނީ މައިގަނޑު ގޮތެއްގައި މާލީ ދާއިރާއާއި ޢިމާރާތް ކުރުމުގެ ދާއިރާ ކުރިއެރުމުންނެވެ.
20 Sep 2026
އެމްއެންޔޫއިން ދަރިވަރުންނަށް ކެރިއާ އިޚުތިޔާރުކުރުމަށް އެހީވާ ސިލްސިލާއެއް ފަށަނީ
މި ސިލްސިލާގެ ފުރަތަމަ ސެޝަން ބާއްވަން ހަމަޖެހިފައިވަނީ 24 ސެޕްޓެމްބަރު 2026 ވަނަ ދުވަހު މެންދުރުފަހު 14:00 ގައި އެމްއެންޔޫ ސެންޓްރަލް އެޑްމިނިސްޓްރޭޝަން އޮޑިޓޯރިއަމްގައެވެ. މި ސެޝަނަށް ދީފައިވާ ނަމަކީ "އެމްއެންޔޫ ފިއުޗާ ރެޑީ: ޑިސްކަވާ ޔޯ ޕާތް. ޝޭޕް ޔޯ ފިއުޗާ" އެވެ.
20 Sep 2026
މިއަހަރު 2231 މައްސަލައެއްގައި ދަޢުވާ އުފުލައިފި
މިއަހަރުގެ ފުރަތަމަ އަށް މަހު ޕީޖީ އޮފީހުން 2231 މައްސަލައެއްގައި ދަޢުވާކޮށްފައިވާއިރު، އެންމެ ގިނައީ މަސްތުވާތަކެއްޗާ ގުޅޭ މައްސަލަތަކެވެ.
20 Sep 2026
އެފްއައިބީގެ ޚާއްސަ ތަމްރީނެއް ދިވެހި ފުލުހުންގެ އިސް އޮފިސަރަކު ފުރިހަމަކޮށްފި
"އެފްބީއައި ނޭޝަނަލް އެކަޑަމީ" ގެ ނަމުގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގެ 299 ވަނަ ސެޝަން ހިނގީ މިދިޔަ ޖުލައި މަހުގެ 10 ވަނަ ދުވަހުން ފެށިގެން ސެޕްޓެމްބަރު 17 ވަނަ ދުވަހުގެ ނިޔަލަށެވެ. ދުނިޔޭގެ އެކި ޤައުމުތަކުގެ ޤާނޫނު ތަންފީޒު ކުރާ އިދާރާތަކުގެ އިސް އޮފިސަރުންގެ ޢިލްމީ ޤާބިލުކަމާއި ލީޑާޝިޕް ހުނަރު ތަރައްޤީކޮށް ފުލުހުންގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ ބޭނުމުގައި ރޭވި މި ސެޝަނުގައި ޖުމްލަ 265 އޮފިސަރަކު ދަސްވެނިވެފައިވެއެވެ.
20 Sep 2026
ޒުވާނުންގެ ނަފްސާނީ ދުޅަހެޔޮކަމަށް ޚާއްޞަ ހިލޭ ގުޅޭ ހޮޓްލައިން "1456"
ދިވެހި ޒުވާނުންގެ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކޮށް، އެ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަމާއި އިރުޝާދު ފޯރުކޮށްދިނުމުގެ ގޮތުން ޚާއްޞަ ހިލޭ ގުޅޭ ހޮޓްލައިން "1456" ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން ރަސްމީކޮށް ތަޢާރަފުކޮށްފިއެވެ.
20 Sep 2026
ދަރިފުޅަށް އެހީވުމަށް ބެލެނިވެރިންނަށް ކުރެވޭނެ ކަންކަން
ދިވެހިރާއްޖޭގައި މިއަހަރުގެ އެސްއެސްސީ އަދި އޯލެވެލް އިމްތިހާނު މިއަދު މިވަނީ ރަސްމީކޮށް ފެށިފައެވެ. މިއީ ހަމައެކަނި ދަރިވަރުންގެ އިމްތިހާނެއް ނޫނެވެ؛ މިއީ ބެލެނިވެރިންގެ ވެސް އިމްތިހާނެކެވެ. އިމްތިހާނުގެ މި ދުވަސްވަރަކީ ކިޔަވާ ކުދިންނަށް ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ބޮޑެތި ޕްރެޝަރުތަކަކާ ކުރިމަތިލާންޖެހޭ ދުވަސްވަރަކަށް ވާއިރު، މި ދަނޑިވަޅުގައި ބެލެނިވެރިންގެ ފަރާތުން ލިބޭ ލޯތްބާއި އެއްބާރުލުމަކީ ދަރިފުޅަށް ލިބޭނެ އެންމެ ބޮޑު ހިތްވަރެވެ.