27 Nov 2019 | 13:10
ޑރ. އިޔާޒު ނަޝީދަށް: މަނިކުފާނަށް އެންމެ ގުޅެނީ މުޒާހަރާކުރުން

ވެރިކަމަށް އައުމަށް ދެކެވަޑައިގަންނަވައި ހުވަފެން ހަނދާން ނައްތާލައިލެއްވުމަށް ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު އަބްދުއްލަތީފު، ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދަށް ގޮވައިލައްވައިފިއެވެ.

ޑރ. އިޔާޒު މިރޭ މިފަދައިން ގޮވައިލެއްވިއިރު ލ. ގަމުގައި މިއަދު ހަވީރު ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވަނީ ހެންވޭރު ކަޅުބޭ އަބްދުއްލަތީފްގެ ދަރިއެއް އައިސް އެމަނިކުފާނަށް އިސްލާމްދީނަށް ދައުވަތުދޭން ޖެހޭ ސަބަބެއް އޭނާއަށް ނުވިސްނޭ ކަަމަށެވެ.

ނަޝީދުގެ އެވާހަކަތަކަށް ރައްދު ދެއްވައި ޑރ. އިޔާޒު މިރޭ ވަނީ ގިނަ ޓުވީޓެއްގައި ކުރައްވައިފައެވެ. ރައީސް ނަޝީދު ޓެގް ކުރައްވައި ޑރ. އިޔާޒު ކުރެއްވި ޓުވީޓުގައި ވިދާޅުވީ، ވެރިކަން ކުރުމަކީ ރައީސް ނަޝީދަށް ކުރެވޭ ވަރުގެ ކަމެއް ނޫންކަމަށާއި އެކަން 2012 ވަނަ އަހަރު ސާބިތުކޮށްދެއްވައިފި ކަމަށެވެ.

''މަނިކުފާނާ އެންމެ ގުޅެނީ މަގުމަތީގައި ސަކަރާތްޖެހުމާއި މުޒާހަރާ ކުރުން. ވީމާ ވެރިކަމަށް އައުމަށް ތިޔަ ދެކިލައްވާ ހުވަފެން ހަނދާން ނައްތައިލައްވާ. ވަރަށް ވެދުން.'' ޑރ އިޔާޒު ވިދާޅުވިއެވެ.

މީގެއިތުރުން މިރޭ ކުރެއްވި އިތުރު ޓުވީޓެއްގައި އިޔާޒު ވިދާޅުވީ ނަޝީދަށް އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވޯޓް ދިނީ 23000 މީހުން ކަމަށާއި ގިޔާމަތް ދުވަހުން ނަޝީދު ސަލާމަތްކުރަން ނާނާނެ ކަމަށެވެ. އަދި ތައުބާވުން އަވަސްކުރެއްވުމަށް ނަޝީދަށް ގޮވައިލައްވައި ޑރ. އިޔާޒު ވިދާޅުވީ، އާދޭހާއެކު އެހެން ދެންނެވީ ނަޝީދަށް ހެޔޮއެދޭލެއް ބޮޑުކަމުން ކަމަށެވެ.

އިޔާޒު ވިދާޅުވި ގޮތުގައި ކޮންމެ މީހަކު ވެސް ކުރިމަތިލާންވާނީ އެމީހަކަށް ކުރެވޭވަރުގެ ކަމަކާ އެވެ.

''ތިމަންނަ މިގައުމަށް އެހެން ދީންތައް ގެނެސް ގައުމު ފަސާދަކުރިޔަސް ތިޔަބައި މީހުން އަނގައިން ނުބުނެ ތިބޭށޭ ބުނާކަހަލަ. މުހައްމަދު ނަޝީދެވެ. މާތް ﷲ މަނިކުފާނުގެ މުޑުދާރު އަމަލުތައް އިތުރަށް ބޭޒާރު ނުކުރައްވަނީސް ތައުބާވެލައްވާ.'' ޑރ. އިޔާޒު ވިދާޅުވިއެވެ.

މީގެއިތުރުން ރާއްޖޭގައި އޮތް އިސްލާމީ އެއްބައިވަންތަކަން ނައްތައިލައި ތަފާތު ދީންތަކަށް ޖާގަ ހޯދައިދޭން އެންމެ ބޮޑަށް މަސައްކަތްކުރާ ފަރާތުން މިގައުމަކީ އިސްލާމީ ގައުމަކަށްވާތީ، ދައުވަތު ދޭން ނޫޅުމަށް ވެސް ޑރ. އިޔާޒު ގޮވައިލެއްވިއެވެ.

އިޔާޒު ވިދާޅުވީ ކިތަންމެ ކޯފާވިޔަސް ﷲގެ ދީން މީސްތަކުންނަށް ބަޔަންކޮށްދިނުމަށް ފަހު ނޭވާއާއި ހަމަޔަށް ﷲގެ ރަހުމަތާއެކު އޭނާ ދެމިހުންނަވާނެ ކަމަށެވެ.

''މަނިކުފާނުގެ ސުންޕާކަމުން މިގައުމާއި ރައްޔިތުން ހިމާޔަތްކޮށްދެއްވުމަށް އެދި ދުއާކޮށް މަސައްކަތްވެސް ކުރާނަން.'' ޑރ އިޔާޒު ވިދާޅުވިއެވެ.

މީގެއިތުރުން މިއުންމަތުގެ މީހުންނަކީ އެންމެ ހެޔޮ އުންމަތުގެ މީހުންކަމުގައި ލައްވާފައިވަނީ ހެޔޮކަންތަކަށް އަމުރުކޮށް، ނުބައިކަންތައް ނަހީކުރާތީ ކަމަށް އިޔާޒު ވިދާޅުވިއެވެ.

''ޔަހޫދީންގެ މައްޗަށް ލައުނަތްލެއްވީ އެބައިމީހުންގެ ތެރޭގައި ކުރެވޭ ނުބައި ކަންތައްތައް ނަހީ ނުކުރާތީއެވެ. ވީމާ މަނިކުފާނަށް ދަންނަވަން. ގ. ކެނެރީގެ އަބްދުއްސައްތާރުގެ މުހައްމަދު ނަޝީދެވެ. ރަސޫލާ (ޞޢވ) ސުވަރުގެ ވަޑައިގެންނެވުމުގެ ކުރިން އުންމަތަށް އަންގަވާފައިވާ ބަސްފުޅު ކިޔާބަލާށެވެ. ތިމަންކަލޭގެފާނުގެ ފަރާތުން އެންމެ އާޔަތެއްގެ މިންވަރު ނަމަވެސް އަނެކުންނަށް ފޯރުކޮށްދޭށެވެ.'' އިޔާޒުގެ ޓުވީޓުގައި ވިދާޅުވިއެވެ.

ރައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ޑރ. އިޔާޒު ވާހަކަދައްކަވާފައި މިވަނީ ސައްތައިން ސައްތަ މުސްލިމުގައުމެއްގައި، އަދި ނަޝީދުވެސް މުސްލިމެއްގެ ގޮތުގައި ހުންނަވަނިކޮށް، އިޔާޒު އިސްލާމްދީނަށް ގޮވައިލަމުން ގެންދާކަމަށް ވިދާޅުވުމާއި ގުޅިގެންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް
09 Sep 2026
މުރައިދޫ އާއި ކެލާ ބައްދަލުކުރިމެޗް މުރައިދޫއަށް
މުބާރާތުގައި ދެން މުރައިދޫ ނިކުންނާނީ އަންނަ ހޮނިހިރުދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ކެލާ ނިކުންނާނީ ވަށަފަރާ ދެކޮޅަށެވެ
09 Sep 2026
ބިމެއް ވިއްކިކަމަށް ދައުރުކުރަނީ އިންސާފް ނުލިބި 23 އަހަރުވެފައިވާ މީހެއްގެ ލިޔުމެއް
މިކަމުގެ ހަގީގަތް ހާމަކޮށް މިއަދުގެ ވަގުތެއްގައި ހައުސިން މިނިސްޓްރީން ބަޔާނެއް ނެރޭނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި
09 Sep 2026
ސެލޫން އަދި ސްޕާތަކެއް ބަލައި ފާސްކޮށް ބިދޭސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް
މި އިންސްޕެކްޝަންގެ ތެރޭގައި ޖުމްލަ 8 ތަނެއް ބަލައި ފާސްކޮށްފައިވާއިރު، އެ ތަންތަނުގައި މަސައްކަތްކުރަން ތިބި 26 ބިދޭސީއެއްގެ ލިޔެކިޔުންތައް ވަނީ ޗެކްކޮށްފައެވެ.