24 Nov 2019 | 13:53
ފާރިސްގެ އިލްތިމާސް: އޮއްޓަރުހުރި އަދި ގައުމަށް ފައިދާހުރި ހިޔާލުތައް ފާޅުކުރޭ!

ހިޔާލު ފާޅުކުރާއިރު، އޮއްޓަރުހުރި އަދި ގައުމަށް ފައިދާހުރި ހިޔާލުތައް ފާޅުކުރުމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން ގުރައިދޫ ދާއިރާގެ ކުރީގެ މެންބަރު ފާރިސް މައުމޫން، ސިޔާސީ ފަރާތްތަކަށް އިލްތިމާސްކުރައްވައިފިއެވެ.

މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އުފެއްދުމުގެ ޖަލްސާގެ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފާރިސް ވިދާޅުވީ ދިވެހިންނަކީ ހިޔާލުފާޅުކުރުމާއި މަޝްވަރާކުރުމުގައި ވަރަށް ބޮޑަށް ޝާމިލްވާ ބައެއް ކަަމަށެވެ. އެހެންކަމުން ހިޔަލުފާޅުކުރާއިރު އޮއްޓަރުހުރި ގައުމަށް ފައިދާހުރި ހިޔާލުތައް ފާޅުކުރަންޖެހޭކަމަށް ފާރިސް ވިދާޅުވިއެވެ.

ފާރިޝް ވިދާޅުވީ މިއަދު ދުނިޔޭގެ، އަދި ގައުމީ ފެންވަރުގައި ކުރިމަތިވަމުންދާ ގިނަ މައްސަލަތައް ހައްލުކުރުމުގައި އިލްމީ އަދި އޮއްޓަރުހުރި ވިސްނުންހުރި ހޯދުންތަކެއް ހޯދަން ޖެހޭ ކަމަަށެވެ. އަދި ވަކި ނުފޫޒެއްގައި ނުޖެހި މަޝްވަރާކޮށް ދިވެހިންނަށާއި ގައުމުގެ ފައިދާއަށްޓަކައި މަޝްވަރާކޮށް ހައްލުތަކެއް ހޯދައިދޭންޖެހޭކަންވެސް އޭނާ ފާހަގަކުރެއްވި އެވެ.

ފާއިތުވި ދިހަ އަހަރުގެ ތެރޭގައި ގިނަ ދާއިރާތަކުން މިގައުމު ކުރިއަށް ފިޔަވަޅުތަކެއް އަޅާފައި ވީ ނަމަވެސް ހައްލު ހޯދަންޖެހިފައިވާ މައްސަލަތައް މަދުނޫންކަން ފާރިޝް ފާހަގަކުރެއްވިއެވެ.

ފާރިޝް ވިދާޅުވީ ދުނިޔޭގެ ކަންކޮޅުތަކުން ފެންނަމުންދާ މަދަނީ ހަމަނުޖެހުމާއި ތަޅާފޮޅުމާއި ނިޒާމް ފުނޑުފުނޑުކޮށްލުމުގެ އަމަލުތައް ރާއްޖެއަށް ބީރައްޓެހި ކުުރުވަން ހުރިހާ ފަރާތްތަކުންވެސް ގަދައަޅައި މަސައްކަތްކުރަން ޖެހޭ ކަމަށެވެ.


ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ނަތަންޔާހޫ ތަޤުރީރު ފެށުމުން ޔޫއޭއީގެ ވަފުދު މަޑުކުރި
އދ. ގެ ޢާންމު މަޖިލީހުގައި އިސްރާއީލުގެ ނިރުބަވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ތަޤުރީރު ކުރަން ފެށުމާއެކު، ދުނިޔޭގެ 70 އަށްވުރެ ގިނަ ޤައުމެއްގެ ވަފުދުތަކުން ހޯލު ދޫކޮށް ނުކުމެ އިހުތިޖާޖުކުރި ނަމަވެސް، މި ދަނޑިވަޅުގައި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ވަފުދު ހޯލުން ނުނިކުމެ މަޑުކުރިކަން ހާމަވެއްޖެއެވެ.
25 Sep 2026
އައިޖީއެމްއެޗްގެ ޚާއްޞަ ޑޮކްޓަރުންގެ ޓީމަކުން ގދ. ތިނަދޫގައި އަންހެނުންގެ ޞިއްޙަތާ ގުޅޭ ކޭމްޕެއް ބާއްވަނީ
އަންހެނުންގެ ޞިއްޙަތާއި ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށާއި، ޚާއްޞަ ފަރުވާ ފޯރުކޮށްދިނުމުގެ ގޮތުން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގެ ޚާއްޞަ ޑޮކްޓަރުންގެ ޓީމަކުން ގދ. ތިނަދޫގައި ހުންނަ ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ޚާއްޞަ ކޭމްޕެއް ބޭއްވުމަށް ނިންމައިފިއެވެ.
25 Sep 2026
ނަތަންޔާހޫ އދ. ގައި ވާހަކަދައްކަން ފެށުމުން ގިނަ ގައުމުތަކުން ހޯލުން ނުކުމެއްޖެ
އެމެރިކާގެ ނިއުޔޯކުގައި ހުންނަ އދ. ގެ މައި މަރުކަޒުގައި ކުރިއަށްދިޔަ އާންމު މަޖިލީހުގެ ޖަލްސާގައި ނަތަންޔާހޫ ވާހަކަދައްކަން ޕޯޑިއަމަށް އެރުމާ އެކު، ގިނަ އަދަދެއްގެ ގައުމުތަކުގެ ވަފުދުތަކުން ވަނީ ހޯލުން ނުކުމެ، އިޒްރޭލުން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ގަތުލުއާންމާއި ހަނގުރާމައިގެ ޖަރީމާތަކާ ދެކޮޅަށް ވަރުގަދަ މެސެޖެއް ދީފައެވެ.
25 Sep 2026
ޒުވާނުންނަށް ސްޓްރޯކް ޖެހުމުގެ ނުރައްކާ ބޮޑުތަނުން އިތުރުވެއްޖެ
ސިކުނޑިއަށް ލޭ ފޮނުވައިދޭ ހޮޅިއެއް ބެދުން ނުވަތަ ފަޅައިގެން ދިއުމުގެ ސަބަބުން ކުރިމަތިވާ ސްޓްރޯކް 1990ގެ އަހަރުތަކުގެ މެދުތެރޭގައި ޖެހެމުން އައީ ކޮންމެ 100,000 ޒުވާނުންގެ ތެރެއިން 33.9 މީހަކަށެވެ. ނަމަވެސް 2020 ވަނަ އަހަރާ ހަމައަށް އައިއިރު އެ ޢަދަދު ވަނީ 62.2 އަށް އުފުލިފައެވެ.
25 Sep 2026
ޙޫޘީންގެ ހަމަލާތަކާ ދެކޮޅަށް ސަޢޫދީ ދިފާޢުކުރުމަށް ކުއްލި ބައްދަލުވުމެއް
ޙޫޘީންގެ ހަމަލާތަކާ ގުޅިގެން ސަޢޫދީ އާއި ތުރުކީ އާއި ޕާކިސްތާނުން ގުޅިފައިވާ ދިފާޢީ އެއްބަސްވުމުގެ ދަށުން ސަޢޫދީއަށް އެހީތެރިވެވޭނެ ގޮތްތައް މަޝްވަރާކުރުމަށް ކުއްލި ބައްދަލުވުމެއް ބާއްވަން ނިންމައިފިއެވެ.
25 Sep 2026
ޤުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ ރަންވަނަތައް އިޒުޢާން، އާޔަން އަދި ޒީކަށް
ޙާފިޡުގެ ގޮފިން، މުޅި މުބާރާތުން އެއް ވަނަ ޚާޞިލްކޮށްފައިވަނީ އިސްމާޢީލް އިޒުޢާން އިބްރާހީމްއެވެ. މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އެެއް ވަނަ ޚާޞިލްކޮށްފައިވަނީ ޢާއިޝަތު ޒީކް ރިޔާޟްއެވެ.
25 Sep 2026
މަސްޖިދުލްޙަރާމްގެ އިމާމު ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީ
މިއީ 43 އަހަރު ފަހުން މަސްޖިދުލް ޙަރަމްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
24 Sep 2026
ފަހު ހާފްގައި ޖެހި ލަނޑުތަކާއެކު ޗައިނާއިން ދިވެހިރާއްޖެ ބަލިކޮށްފި
އީތަން އަދި އިލާން ނުލައި ރާއްޖެ ނުކުތް މި މެޗުގެ ފުރަތަމަ ހާފްގައި، ޗައިނާ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތައް ރާއްޖޭގެ ކީޕަރު ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.