ޕީއެންސީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ފުލުސް އޮފީހަށް ހާަޒިރުވާން ޗިޓް ފޮނުވައިފިއެވެ.
އަބްދުއްރަހީމް ''ވޮއިސް'' އަށް ވިދާޅުވީ، މާދަމާ ރޭ 8:00 އަށް ފުލުސް އޮފީހަށް ހާޒިރުވާން ޗިޓް ލިބިފައިވާކަމަށެވެ.
އަބްދުއްރަހީމް، ފުލުހަށް ހާޒިރުވާން ޗިޓު ފޮނުވާފައި ވަނީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމާ ގުޅިގެން، އެމައްސަލަ ބެއްލެވި ގާޒީންނަށް ނިސްބަތް ކުރައްވައި، ހުތުރު ބަހެއް ބޭނުންކޮށް، އިންޒާރު ދިން ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައެވެ.
ފަނޑިޔާރުންނަށް ނިސްބަތްކުރައްވައި އަބްދުއްރަހީމް، ހުތުރު ބަހެއް ވިދާޅުވި މައްސަލަ، ޑީޖޭއޭއިން ވަނީ ކޯޓުގެ ހުރުމަތް ކެނޑުމުގެ އަމަލެއްގެ ގޮތުގައި އެ މައްސަލަ ބަލައިދޭން އެދި އިއްޔެ ފުލުހުންނަށް ހުށަހަޅައިފަ އެވެ.