03 Dec 2019 | 06:17
29 މިލިއަން ރުފިޔާ ހޯދަން ޖާބިރު، މައުމޫން ގޮވައިގެން ކޯޓަށް

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް، 29 މިލިއަން ރުފިޔާ ނެންގެވި ކަމަށް ވިދާޅުވެ، އެފައިސާ ހޯދުމަށް ޑީއާރުޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ސިވިލް ކޯޓުގައި ދައުވާކޮށްފިއެވެ.

ޕީޕީއެމުން ރައީސް މައުމޫން އެކަހެރިވެވަޑައިގެން ހުންނެވިއިރު ނެންގެވިކަމަށް ބުނާ، 29 މިލިއަން ރުފިޔާގެ މައްސަލައިގައި ޖާބިރު ވަނީ ރައީސް މައުމޫން އަތުން އެފައިސާ ހޯދުމަށް ފުލުސް އޮފީހަށް މައްސަލަ ހުށަހަޅުއްވައިފައެވެ. ނަމަވެސް ތަހުގީގަށް މައުލޫމާތު ދެއްވަމުން ޖާބިރުވަނީ ރައީސް މައުމޫން އިންނަވާ މަޖިލީހެއްގައި ނޫނީ ބަޔާން ނުދޭނެ ކަމަށް ވިދާޅުވެފައެވެ.

އޭގެ ފަހުން ޖާބިރުވަނީ އޭނާގެ މަންމާފުޅު މަރިޔަމް މަނިކެ އެދުމުގެ މަތިން ރައީސް މައުމޫނަށް މައާފުކުރެއްވިކަން މީޑިއާގައި ހާމަކުރެއްވިއެވެ.

ޖާބިރު ވިދާޅުވި ގޮތުގައި ރައީސް މައުމޫނާއި އޭނާގެ މަންމާފުޅަކީ އެއް އާއިލާއެއްގެ ބޭފުޅުންނެވެ.

ނަމަވެސް ''ވޮއިސް'' އަށް މައުލޫމާތު ދެއްވަމުން ޖާބިރު މިއަދު ވިދާޅުވީ، އޭނާގެ މަންމާފުޅު އެދިވަޑައިގެންފައިވަނީ ރައީސް މައުމޫންގެ މައްޗަށް ޖިނާއީ ދައުވާއެއް ނުކުރަން ކަމަށެވެ. އެހެންވެ ސިވިލް ކޯޓަށް ހުށަހަޅުއްވައި މައްސަލައަކީ ޖިނާއީ މައްސަލައަކަށް ނުވާނެ ކަމަށް ވިދާޅުވިއެވެ.

''މަންމާފުޅު ވިދާޅުވީ މައުމޫންގެ މައްޗަށް ޖިނާއީ މައްސަލައެއްގައި ދައުވާ ނުކުރަން. މައުމޫންގެ ދަރިފުޅު އަޅުގަނޑުގެ ކޮއްކޮ ޝިހާމު ކައިރީ ރޮއި އާދޭސްކުރީ މައުމޫންގެ މައްޗަށް މަންމާފުޅުވެސް ބުނި ޖިނާއީ މައްސަލައެއްގައި ދައުވާ ނުކުރާށޭ. ދަރަންޏާ މިއީ ދެއެއްޗެއް. މާފުކޮށްފައި ދެންވެސް ގުޅާގުޅާމައުމޫންވެސް ދަރިން ވެސް ފޯނު ނުނެގި. އެންމެ ކުޑަމިނުން ޝުކުރުވެރިވެސް އަދާނުކުރި.'' ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ އެމައްސަލައިގައި ދައުވާކޮށްފައިވާނެ ކަމަށެވެ.

ޖާބިރުގެ އެވާހަކަތައް ރައީސް މައުމޫންގެ ފަރާތުން ތަކުރާރުކޮށް ދޮގުކުރައްވާފައި ވެއެވެ.

ޖާބިރު ވިދާޅުވި ގޮތުގައި 29 މިލިއަން ރުފިޔާގެ އެއްބަސްވުމުގައި ސޮއިކުރެއްވުމުގެ ކުރިން އެކަމާ ބެހޭ ހުރިހާ މުއާމަލާތެއް ކޮށްފައިވަނީ މެލޭޝިޔާގެ ކުއާލަލަމްޕޫރުގައި ހުރި ''ޑަބަލްޓްރީ ހިލްޓަން'' ހޮޓަލުގައި ކަމަށެވެ.

އަދި އެބައްދަލުވުން އިންތިޒާމު ކުރީ ރައީސް މައުމޫން ކަމަށާއި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ ޖާބިރުގެ އިތުރުން އަނބިކަނބަލުން ދިޔާނާ ސައީދާއި ރައީސް މައުމޫނާއި ދަރިކަލުން ފާރިސް މައުމޫން ކަމަށް ޖާބިރު ވިދާޅުވިއެވެ.

ދެ ފަރާތުން ވެފައިވާ އެއްބަސްވުމުގައި މއ. ކިނބިގަސްދޮށުގެ މޯގޭޖް ކޮށްފައިވާނެކަން ފާހަގަކުރައްވައި ޖާބިރު ވިދާޅުވީ މިހާތަނަށް އެފައިސާ ދީފައި ނުވާއިރު، މައުމޫނާއި އެމަނިކުފާނުގެ ބޭފުޅުންނަށް ފޯނު ކުރެއްވުމުން ފޯނުވެސް ނުނަންގަވާ ކަމަށެވެ.

ޖާބިރު ވިދާޅުވި ގޮތުގައި ފައިސާގެ މުއާމަލާތްތައް ހިންގާފައިވަނީ ރައީސް މައުމޫން ޕީޕީއެމުން އެކަހެރިކޮށްފައި ހުންނެވި ދުވަސްވަރުއެވެ. އެދުވަސްވަރު ކޮއްކޯފުޅު ކުރީގެ ރައީސް އަބްދުﷲ ޔާމީން އެމަނިކުފާނާ މެދު ކަންކަން ކުރެއްވި ގޮތުން ކަމަށް ވިދާޅުވެ، ޖާބިރާއި ބައްދަލުކުރައްވައި އެވާހަކަތައް މައުމޫން ހިއްސާކުރެއްވި ކަމަށްވެސް ޖާބިރު ކުރިން ވިދާޅުެފައިވެއެވެ

ކޮމެންޓް
ގުޅޭ ލިޔުންތައް
19 Sep 2026
ޣައްޒާގެ ކުދިންނަށް ދަތުރުކުރާ ސިނަމާގެ ޚިދުމަތް ފަށައިފި
ހަނގުރާމައިގައި ގެދޮރު ގެއްލިފައިވާ ކުދިންނަށް ނަފްސާނީ ލުޔެއް ހޯދައިދިނުމަށް "ލިޓްލް ވިންގްސް" ގެ ނަމުގައި މޯބައިލް ސިނަމާ މަޝްރޫޢެއް ފަށައި، 2026 ނިމުމުގެ ކުރިން ބައި މިލިއަނަށް ވުރެ ގިނަ ކުދިންނަށް ވާސިލުކުރުމަށް އަމާޒުހިފާފައެވެ
19 Sep 2026
ޤައުމީ ޤުރުއާން މުބާރާތުގެ ފައިނަލް ކިޔެވުންތައް ނިންމާލައިފި
ބޮޑެތި ބަދަލުތަކާ އެކު ކުރިއަށް ގެންދިޔަ 38 ވަނަ ޤައުމީ ޤުރުއާން މުބާރާތުގެ ފައިނަލް ބުރުގައި 138 ދަރިވަރުން ކިޔެވި އިރު، ތިން ބައިގެ އެއް ވަނައަށް ރައީސްގެ ޚާއްޞަ އިނާމާއި ސްކޮލާޝިޕް ދެއްވާ ގޮތަށް ވަނީ ހަމަޖައްސައިފައެވެ.
19 Sep 2026
ޓީ-ބިލް ދެއްކީ ބެންކުގައި ހުރި އާންމުންގެ ފައިސާއިން ކަމަށް ބުނެ ދައްކަނީ ދޮގު ވާހަކަތަކެއް: ފިނޭންސް
ފިނޭން މިނިސްޓްރީން ބުނީ ޓީ-ބިލް އަނބުރާ ދައްކާފައިވަނީ ބޭންކް އޮފް މޯލްޑިވްސްގައި ހުރި އާންމުންގެ ޑިޕޮސިޓް ފައިސާ ބޭނުންކޮށްގެން ކަމަށް ދެކެވޭ ވާހަކައަކީ އެއްވެސް އަސްލެއް އޮތް ވާހަކައެއް ނޫން ކަމަށެވެ.
18 Sep 2026
ޕީއެންސީ ނޫނީ ދެން ހުރީ ފަނާކުރާ ފިކުރުގެ ޕާޓީތައް: ރައީސް
"އެންމެ ފުރަތަމަ ގައުމު ނޫން ގޮތެއް ނެތް. އެހެންވީމަ އޮތީ ޕީއެންސީއާއެކު ކުރިއަށް ދިއުމޭ. އެއީ ޤައުމަށް އެންމެ ފައިދާހުރި ގޮތް،" ރައީސް ވިދާޅުވި އެވެ.
18 Sep 2026
ޕީއެންސީީގެ 2028 ގެ ރިޔާސީ ޓިކެޓް ރައީސް މުޢިއްޒަށް އަރުވައިފި
ޕީއެންސީގެ ރިޔާސީ ޓިކެޓް ރައީސް މުޢިއްޒަށް އެރުވީ, ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.
18 Sep 2026
ހިޔާގެ ބެލްކަނީގައި ބަދުއަހްލާގީ އަމަލު ހިންގި މީހުން ދެނެގަނެ ހައްޔަރުކޮށްފި
ބަދުއަހުލާގީ އަމަލު ހިންގިކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން، 36 އަހަރުގެ ދިވެހި ފިރިހެނަކާއި 25 އަހަރުގެ ދިވެހި އަންހެނަކު ހައްޔަރުކޮށްފައިވެ އެވެ.
18 Sep 2026
މާލޭގެ ތޮށިގަނޑުމަތީ މަސް ބާނަން ހުރި މީހަކު ވެއްޓި ގާތަކުގެ ތެރޭގައި ތާށިވެއްޖެ
ފުލުހުންނާއި ސިފައިން މިހާރު ގެންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަަމުންނެވެ. އަދި އެ މީހާ ތަނުން ނެގޭތޯ ދަނީ މަސައްކަތް ކުރަމުންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް ރައީސް މުޢިއްޒު 10 ބޭފުޅަކު އައްޔަނުކުރައްވައިފި
އެއީ ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ވަޒީރުންގެ ފެންވަރުގެ ބައެއް ބޭފުޅުންނާއި ސަފީރަކާއި ކުންފުނިތަކުގެ ތިން އެމްޑީންނެވެ.