މިހާރު މިފެންނަނީ ހިންގަން ނޭނގޭ ބަޔަކަށް ވެރިކަން ލިބުނީމަ ވާގޮތް: ޒަލީފު

03 Dec 2019 | 15:23

ގައުމު ހިންގަން ނޭނގޭ ބަޔަކަށް ވެރިކަން ލިބުމުން ކަންކަން ވަމުންދާގޮތް މިހާރު ފެންނަމުންދާ ކަމަށް މޯލްޑިވިއަން އައިޑޮލްގައި ވާދަކުރި މުހައްމަދު ޒަލީފު ބުނެފިއެވެ.

ޒަލީފު މިހެން ބުނެފައިވަނީ އޭނާ މިރޭ ޕީޕީއެމްއަށް ސޮއިކުރުމަށްފަހު ދެއްކި ވާހަކައިގައެވެ.

އޭނާ ބުނީ ސިޔާސީ ދާއިރާއާއި ގުޅުމަށް 2016 ގައި ވިސްނުމަށްފަހު އެންމެ ރަގަޅު ލީޑަރަކީ ކޮބައިތޯ ވިސްނި ކަމަށެވެ. އެގޮތުން އެންމެ ރަގަޅު ލީޑަރަކަށް ފެނުނީ ރައީސް ޔާމީން ކަމަށްވާތީ ޕީޕީއެމްއާ ގުޅުނީ ކަމަށް ޒަލީފު ބުންޏެވެ.

ރައީސް ޔާމިން ގައުމަށް ގެނެސްދިން ތަރައްގީ އާއި ގުޅޭ ގޮތުން ވާހަކަ ދައްކަމުން ޒަލީފު ބުނީ، ރައީސް ޔާމީންގެ ސަރުކާރުގައި ރާއްޖޭގައި އެންމެ ބޮޑަށް ތަރައްގީކުރި އެއް ރަށަކީ އޭނާގެ އުފަން ރަށް ގދ. ތިނަދޫ ކަމަށެވެ. ނަމަވެސް ތިނަދޫއަށް ގެނައި ތަރައްގީ މިހާރު ނައްތައިލަން ސަރުކާރުން މަސައްކަތް ކުރާ ކަމަށް އޭނާ ބުންޏެވެ.

ޒަލީފު ބުނިގޮތުގައި ތިނަދޫގައި ތިބި އެމްއާރުޑީސީގެ މުވައްޒަފުންނަށް މިދިޔަ މަހުގެ މުސާރައަށް ލިބުނީ މީހަކަށް 10 ރުފިޔާ އެވެ.

ޕީޕީއެމްއަށް ޒަލީފު ސޮއިކުރި ފޯމާއި ހަވާލުވީ މިރޭ އިދިކޮޅުން ބޭއްވި ބައްދަލުވުމުގެ ރިޔާސަތުގައި އިންނެވި، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.

Advertisement

ކޮމެންޓް

Advertisement