Advertisement

ޔާމީނާއި ބައްދަލުކުރަން ޖާބިރަށް ފުރުސަތު ނުދޭން ނިންމައިފި

05 Dec 2019 | 17:03

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، ފަސް އަހަރަށް ޖަލަށް ލާފައިވާ ކުރީގެ ރައީސް، އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި ބައްދަލުކުރުމުގެ ފުރުސަތު ޑީއާރުޕީގެ ލީޑަރު، އަބްދުﷲ ޖާބިރަށް ނުދިނުމަށް ހޯމް މިނިސްޓްރީން ނިންމައިފިއެވެ.

ރައީސް ޔާމީނާއި ބައްދަލުކުރުމަށް އެދި ޖާބިރު ހޯމް މިނިސްޓްރީއަށް ލިޔުމަކުން ދަންނަވާފައިވަނީ މިދޔަ އާދީއްތަ ދުވަހުއެވެ.

ހޯމް މިނިސްޓްރީން މިދިޔަ އަންގާރަ ދުވަހު ޖާބިރަށް ފޮނުވި ސިޓީގައި ބުނެފައިވަނީ ޖާބިރު އެދިލައްވާފައިވާ ހައިސިއްޔަތުން ބަންދުގައި ތިބޭ ފަރާތްތަކާއި ބައްދަލު ކުރުމުގެ ފުރުސަތު ދެވޭނެ ގާނޫނީ ހައިސިއްޔަތެއް ނެތް ކަމަށެވެ.

މީގެ އިތުރުން ސިޓީގައި ވަނީ، ރައީސް ޔާމީންގެ ފަރާތްޕުޅުންވެސް އެފަދަ ބައްދަލުވުމެއް ހަމަޖައްސަވައި ދެއްވުމަށް އެދިފައިނުވާ ކަމަށް ކަރެކްޝަންސްގެ ފަރާތުން މައުލޫމާތު ދީފައިވާތީ، ޖާބިރު އެދިވަޑައިގެންފައިވާ ފުރުސަތު ހަމަޖައްސައިދެވެން ނެތް ކަމަށެވެ.

ރައީސް ޔާމީނާ ބައްދަލު ކުރެއްވުމަށް ޖާބިރު އެދިވަޑައިގެންނެވި އިރު ފަހަކަސް އައިސް ޖާބިރު ވަނީ ރައީސް ޔާމީން ވަގުތުން މިނިވަން ކުރުމަށް ރައްޔިތުންގެ މަޖިލީހުގައި ތަކުރާރުކޮށް ގޮވައިލައްވައިފައެވެ.

އޭގެ ކުރިން ޖާޞިރުވަނީ ރައީސް ޔާމީނަކީ ދައުލަތުން ވައްކަންކޮށްގެން ހުންނެވި ބޭފުޅެއް ކަމަށް ވިދާޅުވެ ރައީސް ޔާމީނު ޖަލަށް ލުމަށްވެސް ގޮވައިލައްވައިފައެވެ.

Advertisement

ކޮމެންޓް