08 Dec 2019 | 11:56
ބަރުލަމާނީ ނިޒާމެއްގައި އަޅުގަނޑު ވާނީ ބޮޑުވަޒީރަކަށް: ނަޝީދު

ރާއްޖޭގައި ބަރުލަމާނީ ނިޒާމެއް އޮވެއްޖެނަމަ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހުންނަވާނީ ބޮޑުވަޒީރަކަށް ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާއިން މިރޭ ގެނެސްދިން ''އާސްކް ސްޕީކާ" ޕްރޮގްރާމުގައި އާންމުން ފަރާތަކުން އެމަނިކުފާނަށް ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ނަޝީދު ވިދާޅުވީ، ބަރުލަމާނީ ނިޒާމަށް އެމަނިކުފާނު އަބަދުވެސް ތާއީދު ކުރައްވާ ކަމަށެވެ. އެގޮތުން މަދަރުސީ ދުވަސްވަރުވެސް ލޯބިކުރެއްވީ ބަރުލަމާނީ ނިޒާމަށް ކަމަށް ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ބަރުލަމާނީ ނިޒާމެއް ގެންނަން އުޅޭނީ މުޅި އެމްޑީޕީން އެކަމަށް ބޭނުންވުމުން ކަމަށާއި އެމަނިކުފާނު އެކަނި އެކަން ނުކުރައްވާނެ ކަމަށެވެ.

''ބަރުލަމާނީއަށް ބަދަލު ކުރާނީ ރާއްޖޭގެ ރައްޔިތުން. އަޅުގަނޑު ހަމަގައިމުވެސް އެކަމާ އުޅޭނީ މުޅި އެމްޑީޕީން އެކަމާ އުޅެން ބޭނުންވީމަ. އަޅުގަނޑަކީ އަބަދުވެސް ބަރުލަމާނީ ނިޒާމަށް ތާއީދުކުރާ މީހެއް.'' ނަޝީދު ވިާޅުވިއެވެ.

ބަރުލަމާނީ ނިޒާމެއްގައި ބޮޑުވަޒީރު ކަމަށް ވަޑައިގަތުމަށް ވިސްނަވަންތޯ ދެންނެވުމުން، ނަޝީދު ވިދާޅުވީ ބަރުލަމާނީ ނިޒާމެއްގައި އެމަނިކުފާނު ވާނީ ބޮޑުވަޒީރަކަށް ކަމަށެވެ.

"ބަރުލަމާނީ ނިޒާމެއް ރާއްޖޭގައި އޮވެފައި، އިންތިހާބަށް އަޅުގަނޑު ކުރިމަތިލާ ކަމަށްވާ ނަމަ، އަދި އަޅުގަނޑަކީ މެޖޯރިޓީ ޕާޓީގެ ލީޑަރު ކަމަށްވަނީ ނަމަ، އަޅުގަނޑު ވާނީ ބޮޑުވަޒީރަކަށް." ނަޝީދު ވިދާޅުވި އެވެ.

ރާއްޖޭގައި އޮންނަ ވެރިކަމުގެ ނިޒާމެއް ކަނޑައެޅުމަށް ރައީސް މައުމޫންގެ ވެރިކަމުގައި 2007 ވަނަ އަހަރު ފެންނަ ނުފެންނަ ވޯޓެއް ނެގިއެވެ. އެއިންތިހާބުގައި ރައްޔިތުން ވަނީ ބަރުލަމާނީ ނިޒާމަށް ނޫނެކޭ ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
17 Sep 2026
ބިންވެރިޔާ ސްކީމް: ގުޅިފަޅުން 1393، ހުޅުމާލެއިން 603 މީހަކަށް ބިން ހަވާލުކޮށްފި
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ބިންވެރިޔާ ސްކީމްގެ ދަށުން ގުޅިފަޅާއި ހުޅުމާލެއިން ގޯޯތިތަކެއް ދޫކުުރި ނަމަވެސް އެ ތަންތަން ދޫކުރީ ބިން ވެސް ނުހިއްކަ އެވެ.
17 Sep 2026
ބިޒްނަސް ސްޓްރީމް ކިޔެވީމާ ޤައުމަށް ކުރެވޭ ޚިދުމަތް ކުޑައެއް ނޫނެވެ!
ޤައުމެއްގެ އިޤުތިޞާދު ކޮޅަށް ޖެހުމުގައި ބިޒްނަސް ސްޓްރީމުން ދަސްވެނިވާ ދަރިވަރުން އަދާކުރާ ދައުރު ވަރަށް ބޮޑެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ބިޒްނަސް ތަޢުލީމަކީ ވިޔަފާރިވެރިކަމަށް ހިތްވަރު ދީ އިޤުތިޞާދީ އިޖުތިމާޢީ އަދި ޓެކްނޮލޮޖީގެ ކުރިއެރުމަށް ބާރު އަޅާ ދާއިރާއެކެވެ. ބިޒްނަސް ތަޢުލީމަކީ ކޮންމެ ޤައުމެއްގެ ވެސް އިޖުތިމާޢީ އަދި އިޤުތިޞާދީ ތަރައްޤީގައި ބަދަލު ނުކުރެވޭ ފަދަ ދައުރެއް އަދާކުރާ ދާއިރާއެއް ކަމަށް ދިރާސާވެރީން ފާހަގަކޮށްފައިވެއެވެ. ބިޒްނަސް ތަޢުލީމު ލިބޭ ފަރާތްތައް ވަޒީފާ ހޯދުމާއި ދެމެހެއްޓެނިވި ދިރިއުޅުމެއް ބިނާކުރުމަށް ތައްޔާރުވެއެވެ.
17 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް ޝެޑިއުލް ދަތުރުތައް ފަށައިފި
އެހެން ކަމުން މަންތާއާ މޯލްޑިވިއަން ދެމެދު ވެވުނު އެއްބަަސްވުމެއްގެ ދަށުން ޝެޑިއުލް ދަތުރުތައް ފަށަން ނިންމާ މިއަދު ވަނީ އެ އޮޕަރޭޝަން ރަސްމީކޮށް ފަށާފަ އެވެ.
17 Sep 2026
މި ސަރުކާރުން އަންނަނީ ރޭވުންތެރިކަމާ އެކު ދަރަނި ބެލެހެއްޓުމުގެ މަސައްކަތް ކުރަމުން
ކުރީ ސަރުކާރުން 2019 ގައި އެސްބީއައި މެދުވެރިކޮށް ނެގި 150 މިލިއަން ޑޮލަރުގެ ލޯނުގެ އެންމެ ފަހު އިންސްޓޯލްމަންޓް މިއަދު ދައްކައި އެ ދަރަނި އެއްކޮށް ޚަލާޞްކޮށްފިއެވެ.
17 Sep 2026
ކުޑަކުދިންގެ ކެންސަރު: ބެލެނިވެރިން ދެނެގަންނަންޖެހޭ މުހިންމު ކަންކަން
ކުޑަކުދިންނަކީ މުޖުތަމަޢުގެ މުސްތަޤުބަލެވެ. ކޮންމެ ޢާއިލާއެއްގެވެސް އެންމެ ބޮޑު އުއްމީދަކީ ދަރިންގެ ޞިއްޙަތު ސަލާމަތުން ބޭތިއްބުމެވެ. ނަމަވެސް، ހީވެސް ނުކުރާ ފަދަ ބޮޑެތި ބަލިތައް ކުޑަކުދިންނަށް ކުރިމަތިވުމަކީ މުޅި ޢާއިލާގެ ދިރިއުޅުން ބަދަލުކޮށްލާ ކަމެކެވެ. މީގެ ތެރެއިން އެންމެ ބިރުވެރި އެއް ބައްޔަކީ ކެންސަރެވެ.
17 Sep 2026
ލޯނު ޚަލާޞްކުރިޔަސް ޒަރޫރީ މުދަލަށް ދައްޗެއް ނެތް
އިންޑިއާގެ ސްޓޭޓް ބޭންކުން ނެގި 150 މިލިއަން ޑޮލަރުގެ ޓްރެޒަރީ ބިލް ފެސިލިޓީ މިއަދު އެއްކޮށް ޚަލާޞްކޮށް، ތެލާއި ކާޑާއި ބޭހަށް ބޭރު ފައިސާ ލިބުމުގައި ދަތިނުވާނެ ކަމުގެ ޔަގީންކަން މާލީ ވުޒާރާއިން ދީފިއެވެ.
17 Sep 2026
ޕީއެންސީ ރިޔާސީ ޓިކެޓް ރައީސް މުޢިއްޒަށް ދޭން ފާސްކޮށްފި
ޕްރައިމަރީއަކާ ނުލައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް 2028ގެ ރިޔާސީ ޓިކެޓު ދޭން ޕީއެންސީ ކޮންގްރެސްގެ އިއްތިފާގުން ފާސްކޮށްފިއެވެ.
17 Sep 2026
ޚަދްލަޖް ބްރޭންޑުގެ އައު ސެންޓުތަކެއް ރާއްޖެއަށް ތަޢާރަފުކޮށްފި
ދުބާއީގެ މަޝްހޫރު ލަގްޒަރީ ސެންޓު ބްރޭންޑް "ޚަދްލަޖް" ގެ އައު ސެންޓުތަކެއް، އެ ބްރޭންޑުގެ ރާއްޖޭގެ ހަމައެކަނި އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރު ޕޮއިސް ޑިސްޓްރިބިއުޓާރސް އިން ބާޒާރަށް ނެރެ ވިއްކަން ފަށައިފިއެވެ.