09 Dec 2019 | 00:10
ދައުރުގެ މެދުތެރެއިން އިންތިހާބެއް ބާއްވާނެ ވާހަކައެއް ނުދައްކަން: ނަޝީދު

ދައުރުގެ މެދުތެރެއިން ރިޔާސީ އިންތިހާބެއް ބާއްވާނެ ވާހަކަ ދައްކާފައި ނުވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާއިން ރޭ ގެނެސްދިން ''އާސްކް ސްޕީކާ" ޕްރޮގްރާމުގައި އާންމުން ފަރާތަކުން އެމަނިކުފާނަށް ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ނަޝީދު ވިދާޅުވީ، ރިޔާސީ ކެމްޕެއިން ތެރޭގައި ކޯލިޝަނުގެ ތެރޭގައި ދައުރުގެ މެދުތެރެއިން އިންތިހާބެއް ބާއްވާނެ ވާހަކަ އެއްވެސް ބޭފުޅަކު ނުދައްކަވައި ކަމަށެވެ. އަދި ރައީސް ސޯލިހުވެސް އެފަދަ ވާހަކައެއް ނުދައްކަވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ސުވާލު ކުރުމުން ހައިރާންވެ ހުންނަވައި ނަޝީދު ވަނީ އެއީ 2008 ވަނަ އަހަރުގެ ރިޔާސީ ކެމްޕެއިންގެ ދުވަސްވަރު ދެއްކި ވާހަކައެއްތޯ ސުވާލުކުރައްވައިފައެވެ.

2018 ގެ ރިޔާސީ އިންތިހާބުގައި ދެއްކެވި ވާހަކައެއް ކަމަށް ދެންނެވުމުން ނަޝީދު ވިދާޅުވީ ރައީސް ސޯލިހު އިންތިހާބުކުރީ ފަސް އަހަރުގެ ދައުރެއް ފުރިހަމަ ކުރެއްވުމަށް ކަމަށެވެ.

''އަޅުގަނޑު ހަނދާނެއް ނުވޭ ރައީސުލްޖުމްހޫރިއްޔާ އަހަރެއްގެ ފަހުން. އަދި އަޅުގަނޑުމެން އެކަކުވެސް އަހަރެއްގެ ފަހުން އިންތިހާބެއް ބާއްވާނެ ވާހަކައެއް ދެއްކި ހަނދާނެއް. އަޅުގަނޑުމެން ނުދައްކަން. ފަސް އަހަރުގެ ޓާމެކޭ އަޅުގަނޑުމެން ދެންނެވީ.'' ނަޝީދު ވިދާޅުވިއެވެ.

ނަޝީދު މިފަދައިން ވިދާޅުވި އިރު، 2018 ގެ ޖޫން މަހުގެ ތެރޭގައި ލަންކާގައި ހުންނަވައިގެން ނަޝީދު ދެއްކެވި ވާހަކައިގައި ވިދާޅުވެފައިވަނީ، 11 ނޮވެންބަރު 2018 ހެ ރިޔާސީ އިންތިހާބު ކާމިޔާބުކުރާ، ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް ހުވާ ކުރައްވާނީ މިހާރު އޮތް ގާނޫނު އަސާސީގައިވާ ގޮތުގެ މަތިން ރައީސުލްޖުމްހޫރިއްޔާގެ ފުރިހަމަ ބާރުތަކާއެކީގައި ކަމަށެވެ.

އެމަސައްކަތް ވާންޖެހޭނީ އިންތިގާލީ ވަގުތީ ސަރުކާރަކަށް ކަމަށާއި މި ވަގުތީ ސަރުކާރު ދެމި އޮންނަން ވާނީ ދެން އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އަންނަންދެން ކަމަށް އޭރު ނަޝީދު ވިދާޅުވިއެވެ.

''11 ނޮވެންބަރު 2020 ގެ މޭ އާއި ދެމެދު ބަރުލަމާނީ ނިޒާމަކަށް ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކޮށް، އަދި އިންތިގާލީ އަދާލަތު ދިވެހި ރައްޔިތުންނަށް ހޯދައިދީ، ދިވެހި ރާއްޖޭގެ ޓެކްސްގެ ނިޒާމްވެސް، ދާހިލީ ކަންކަންވެސް. ހާރިޖީ ކަންކަންވެސް، ދިވެހިން އެއްބައިވެގެން ކުރަންޖެހޭ ކިތަންމެ ކަމެއް ކުރުމަށް މި އަހަރެއްހާ ދުވަސް އަޅުގަނޑުމެން ނެގުމަކީ ބުއްދިވެރިކަމެއް." ރައީސް ނަޝީދު ވިދާޅުވިއެވެ.

މިހާ ފާޅުކަންބޮޑު ގޮތެއްގައި ދެއްކެވި ވާހަކަތަކަކީ ނުދައްކަވައި ވާހަކަތަކެއް ކަމަށް ނަޝީދު ރޭ ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Jul 2026
ވަރލްޑްކަޕް ކުއާޓާ ފައިނަލުން ޖާގަ ހޯދި ފުރަތަމަ ޓީމަކަށް މޮރޯކޯ
ދެ ޓީމުންގޯލަށް އަމާޒުކުރި ހަމަލާތަކަށްވުރެ މިމެޗްގައި ގިނައިން ފެނިގެންދިޔައީ ރީނދޫކާޑު ތަކެވެ
04 Jul 2026
ހަމަދު ސްކޫލްގެ ހިދުމަތްތެރި ޓީޗަރު، ސަތީޝްގެ ކުއްލި މަރު: ސްކޫލާއި ދަރިވަރުންނަށް ބޮޑު ހިތާމައެއް
ސަތީޝް އަކީ ދަރިވަރުންނާއި ޓީޗަރުންގެ އިތުރުން ބެލެނިވެރިންނާވެސް ވަރަށް ގާތް ގުޅުމެއް އޮންނަ ޓީޗަރެކެވެ
04 Jul 2026
އަލީބާބާ އިން އެމެރިކާއަށް 600 މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް ދައްކަނީ
އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ހާމަކޮށްފައިވާ ގޮތުގައި، ޗައިނާގެ އީ-ކޮމާސް ކުންފުނި އަލީބާބާ ގްރޫޕް އަދި އެ ކުންފުނީގެ ޕޭމަންޓް ޕްރޮސެސާ ކަމަށްވާ އޭޔޫއެސް މާޗަންޓް ސާވިސަސް (އިން ޖުމްލަ 600 މިލިއަން އެމެރިކާ ޑޮލަރު ދެއްކުމަށް ވަނީ އެއްބަސްވެފައެވެ
04 Jul 2026
ޕީއެންސީ އެތެރޭގެ އިންތިހާބު: 2500 އަށްވުރެ ގިނަ ކެނޑިޑޭޓުން ވާދަކުރޭ
ވޯޓާސް ލިސްޓް މިއަދު އާއްމުކުރުމަށް ވަނީ ނިންމާފައި
04 Jul 2026
ކޯޗް ސުޒެއިންގެ 40 އަހަރުގެ ކުޅިވަރު ކެރިއަރުގައި އެންމެ އުފާވެރި ރޭ
"ކުޅިވަރުގެ ދާއިރާގައި ހޭދަވި ސާޅީސް އަހަރުތެރޭ އެންމެ އުފާވި ފިޔަވަޅު މަތީގައި އަޅުގަނޑު މި ހުރީ," ސުޒެއިން ވިދާޅުވި އެވެ.
04 Jul 2026
މާލެ އަދި ހުޅުމާލޭގައި މާރާމާރީ ހިންގަން ރޭވި ބައެއްގެ މައްސަލަ ފުލުހުން ބަލަނީ
އޮޕަރޭޝަނުގައި ބަލާފާސްކޮށް އެ މީހުންގެ އަތުން ފަތްޖެހި ވަޅިއަކާއި 39,695 ދިވެހި ރުފިޔާ ވަނީ ފެނިފައި
04 Jul 2026
ހުޅުމާލެ ކައިރީ މިރޭ ހަވާއަރުވަނީ
ހަވާ އެރުވުމަށް ހަމަޖެހިފައިވަނީ މިރޭގެ 22:00 ގަ އެވެ.
04 Jul 2026
ސްޓެލްކޯއަށް ލިބެންޖެހޭ ފައިސާގެ އަދަދު ބިލިއަނަކާ ގާތުގައި
ސްޓެލްކޯގެ މާލީބަޔާނަށް ބަލާއިރު ލިބެންޖެހޭ ފައިސާ ނުލިބިގެން ލިބުނު ގެއްލުމުގެ ގޮތުގައި 161.2 މިލިއަން ރުފިޔާ ޕްރޮވިޝަން ހަދާފައި އެބައޮތެވެ