10 Dec 2019 | 13:54
މެންބަރު ނިޔާާޒުގެ ހޫނުގަދަ ބަހުގެ ހަމަލާއެއް ގާސިމަށް!

އަންހެނުންނަށް ކައުންސިލްތަކުން ކުއޯޓާ ކަނޑައެޅުމާއި ބެހޭގޮތުން ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ވިދާޅުވި ބަސްތަކަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒު ހޫނުގަދަ ރައްދެއް ދެއްވައިފިއެވެ.

ގާސިމް ވަނީ މީގެ ކުރިން އޮތް ޖަލްސާއެއްގައި ކައުންސިލްތަކުން އަންހެނުންނަށް ކުއޯޓާ ދިނުމަކީ ފިރިހެނުންގެ ހައްގުތަކުގެ މައްޗަށް އަރައިގަނެވޭކަމެއްކަމަށާއި، އެއީ އަންހެނުން ދަށްކޮށްލުމުގެ ގޮތުން ކުރާ ކަމެއްކަމަށް ވިދާޅުވެ ވަނީ ކުއޯޓާ ދިނުމާއި ދެކޮޅު ހައްދަވާފައެވެ.

މީގެ އިތުރުން ޖުމްހޫރީ ޕާޓީގެ އަންހެނުންގެ ގޮފި ރަތްފިޔަ އިފްތިތާހުކުރުމަށް ރޭ އޮތް ޖަލްސާގައި ގާސިމް ވަނީ އަންހެނުންނަށް ކައުންސިލްތަކުން ކުއޯޓާ ދިނީ އެފަރާތްތަކަށް މަލާމާތްކުރަންތޯ ސުވާލު އުފައްދަވާފައެވެ.

މިކަމަށް ރައްދުދެއްވައި ނިޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަންހެނުންނަކީ ހަމައެކަނި ރަށްރަށަށް ޒިޔާރަތްކުރާ މެހެމާނުންނަށް ސައިހަދާ، މާފަތި އަޅުވާ، ގޭދޮށް ކުނިކަހަން ތިބޭ ބައެއްގެ ގޮތުގައި ދެކޭ ބޯދާ ނާތަހުޒީބީ ވިސްނުން ދޫކޮށްލަން ޖެހޭ ކަމަށެވެ.

"ސިޔާސަތު ކަނޑައެޅުމުގައިވެސް އަންހެނުން ބައިވެރިކުރައްވާ"، ގާސިމަށް އަމާޒުކުރައްވާ ނިޔާޒް ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
21 Sep 2026
ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ މަޝްރޫޢެއް ހިންގަން ސޮއިކޮށްފި
ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ އަބޫދާބީއަށް ނިސްބަތްވާ މަޝްހޫރު ޑިވެލޮޕަރ، އީގަލް ހިލްސްއިން ދިވެހި ސަރުކާރާއެކު 20 ބިލިއަން އެމެރިކާ ޑޮލަރުގެ ބިޔަ ވޯޓާފްރަންޓް އަދި މެރީނާ މަޝްރޫޢެއް ތަރައްޤީ ކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
21 Sep 2026
މަސްޖިދުލް ޙަރާމްގެ މުއައްޛިން، ޝައިޚް އިބްރާހީމް އަލްމަދަނީ އަވަހާރަވެއްޖެ
މައްކާގެ މަސްޖިދުލް ޙަރާމްގެ މަޝްހޫރު މުއައްޛިން، ޝައިޚް އިބްރާހީމް ބިން ޢާދިލް ޙަމްޒާ އަލްމަދަނީ އަވަހާރަވެއްޖެއެވެ. ޝައިޚް އަވަހާރަވީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.
21 Sep 2026
ނިއުގެ އެސިސްޓަންޓް ކޯޗަށް ސުޒޭރު ހަމަލާދިން މައްސަލަ ބަލަން ފަށައިފި
ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބައްދަލުކުރި މެޗުގައި، ނިއުގެ އެސިސްޓަންޓް ކޯޗަށް މާޒިޔާގެ އެސިސްޓަންޓް ކޯޗު އަހުމަދު ސުޒައިރު ހަމަލާދިން މައްސަލަ ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ.
21 Sep 2026
މަސްތުވާތަކެތީގެ މައްސަލައެއްގައި ކުޑަހުވަދޫއިން ތިން މީހަކު ހައްޔަރުކޮށްފި
ތިން މީހުން ވެސް ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެތި ގެންގުޅެ، އެ ތަކެތި ބޭނުން ކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެންނެވެ.
21 Sep 2026
ގައިދީން ބެލެހެއްޓުމާގުޅޭ ޕްރޮގްރާމެއްގައި ފުލުހުންގެ އޮފިސަރަކު ބައިވެރިވެއްޖެ
ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޖައިކާ) އިން އިންތިޒާމުކޮށްގެން ޖަޕާނުގައި ކުރިއަށްގެންދިޔަ ޖަލުތަކާއި ގައިދީން ބެލެހެއްޓުމާގުޅޭ ޚާއްޞަ ތަމްރީނު ޕްރޮގްރާމެއްގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ އޮފިސަރަކު ބައިވެރިވެވަޑައިގެންފިއެވެ.
21 Sep 2026
ލިވަޕޫލް މޮޅުވިއިރު މެންޗެސްޓަރ ޔުނައިޓެޑަށް ފުއްދާލީ ޕޮއިންޓަކުން
ފްލަމް މޮޅުވަމުން ދަނިކޮށް ޔުނައިޓެޑް ސަލާމަތްކޮށްދިނީ 89 ވަނަ މިނެޓް ތެރޭގައި ކުންހާ އެވެ
21 Sep 2026
ފޮތް ކިޔުމުގެ އާދަ އަށަގެންނެވުމަށް ސިންގަޕޫރުން ފެށީ ތަފާތު ހަރަކާތެއް
ދިރިއުޅުމުގެ ކާރުބާރު ބޮޑު މާހައުލުގައި ދުވާލަކު 15 މިނެޓު ފޮތެއް ކިޔާލައިގެން ކުޑަ ނަމަވެސް ފައިސާގެ އިނާމެއް ލިބޭނެ ގޮތެއް އޮތްނަމަ އެކަން ކުރާނަން ހެއްޔެވެ؟ ސިންގަޕޫރުގެ ސަރުކާރުން މިހާރު މިވަނީ ފޮތް ކިޔުމުގެ އާދަ އަށަގެންނެވުމުގެ ގޮތުން މިފަދަ ތަފާތު ކެމްޕޭނެއް ފަށާފައެވެ.
21 Sep 2026
އިޓަލީގެ ސްކޫލްތަކުގައި ނިޤާބު މަނާކުރަން ހުށަހަޅަނީ
އިޓަލީގެ ބޮޑުވަޒީރު މެލޯނީ ސްކޫލްތަކުގައި ނިޤާބު މަނާކޮށް ބިދޭސީ ދަރިވަރުންގެ ޢަދަދު ކޮންޓްރޯލްކުރުމުގެ ފިޔަވަޅު އަޅަނީ