ތެއްތިރީސް ޕަސެންޓަށް އިންތިޒާރު ކޮށްގެން އަންހެނުންނަށް ތިބެވޭކަށް ނެތް: ޝަފްޤާ

11 Dec 2019 | 04:13

ކުރިޔަށް އޮތް ލޯކަލް ކައުންސިލު އިންތިޙާބުގައި 33 ޕަސެންޓަށް އިންތިޒާރުކޮށްގެން އަންހެނުންނަށް ތިބެވެން ނެތް ކަމަށް އެމްޑީޕީ ޕްރައިމަރީގައި، އައްޑޫ ސިޓީ ކައުންސިލަށް ވާދަކުރާ ޝަފްޤާ ޝަފީގު ބުނެފިއެވެ.

''ވޮއިސް'' އަށް މައުލޫމާތު ދެމުން ޝަފްޤާ (ޝަފޫ) މިއަދު ބުނީ، އަންހެނުންނަށް ކައުންސިލުތަކުގެ 33 ޕަސެންޓް

ދިން ނަމަވެސް ކޮންމެ ދާއިރާއަކަށްވެސް ވީހާވެސް ގިނަ އަންހެނުން ވާދަކުރަންޖެހޭ ކަމަށެވެ. ސަރުކާރުން އަންހެނުންނަށް ކައުންސިލުތަކުގެ 33 ޕަސެންޓް މަޖުބޫރުކުރީ، ސިޔާސީ ދާއިރާއިން އަންހެނުން ބާރުވެރިކުރުވައި، އަންހެނުންނަށް ގިނަ ފުރުސަތުތައް ހޯދައިދިނުމަށް ކަމަށް ޝަފޫ ބުންޏެވެ. 33 ޕަސެންޓް އަންހެނުންނަށް ދިނުމަށް ގާނޫނުން ލާޒިމުކުރީ، ސިޔާސީ މަގާމުތަކަށް ކުރިމަތިލާ އަންހެނުން މަދުވެފައި ހާއްސަކޮށް ރައްޔިތުން އިންތިހާބުކުރާ މަގާމުތަކަށް ވާދަކުރާ އަންހެނުން މަދުވުމުން ކަމަށްވެސް ޝަފޫ ބުންޏެވެ.

އޭނާ ބުނި ގޮތުގައި މިސަރުކާރުން އަބަދުވެސް އަންހެނުންގެ ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ކުރެއެވެ. އަންހެނުންނަކީ ވަކި ދާއިރާއަަކަށް ވަކި އަދަދަކަށް ކުރިމަތިލާން ޖެހޭ ބައެއް ނޫން ކަމަށާއި އަންހެނުންނަށް ހުރި ފުރުސަތުތައް ލިމިޓުކުރަން ނުޖެހޭ ކަމަށް ވެސް ބުނެފައިވެއެވެ.

ޝަފޫ ގަބޫލުކުރާ ގޮތުގައި ކައުންސިލުތަކުގެ 33 އިންސައްތަ އަންހެނުން ހިއްސާކުރާގޮތަށް ސަރުކާރުން ބިލު ފާސްކޮށް، އެގޮތަށް ނިންމުމަކީ ސަރުކާރުން ނިންމި ވަރަށް މުހިންމު ނިންމުމެއް ކަމަށެވެ.

މިހާރު ގާނޫނުގައި އަންހެނުންނަށް ކަނޑައަޅައިފައިވާ އަދަދަށް މަގާމުތަކަށް ކުރިމަތިލާނަމަ، 33 ޕަސެންޓަކީ އަބަދުގެ އަބަދަށް 33 ޕަސެންޓްގެ ގޮތުގައި އޮވެދާނެ ކަމުގެ ބިރު އެބައޮތް ކަމަށްވެސް ޝަފޫ ބުނެފައި ވެއެވެ.

މަރަދޫ ދާއިރާގެ ޕްރައިމަރީގައި މިހާތަނަށް ވާދަކުރާ ދިހަ ކެންޑިޑޭޓުންގެ ތެރޭގައި ހިމެނޭ ހަމައެކަނި އަންހެން ކެންޑިޑޭޓަކީ ޝަފޫއެވެ. ޝަފޫއަކީ އައްޑު ސިޓީގެ ޑަބްލިޔު ޑީ ސީގެ މަރަދޫ ދާއިރާގެ މެންބަރެވެ.


ނޯޓް: ވޮއިސް މެދުވެރިކޮށް ކެންޕެއިން ހަބަރު ގެނެސްދިނުމަށް 9956888 އަށް ގުޅާލައްވާ!

Advertisement

ކޮމެންޓް