10 Dec 2019 | 23:29
ތޭރަ އަހަރުގެ ކުއްޖާގެ މައިންބަފައިން ހައްޔަރުކޮށްފި

ރ. މަޑުއްވަރީގައި ކޯޓުން ބޭރުން ކައިވެނިކޮށް، ބަލިވެ އިންދެ ވިހޭ 13 އަހަރުގެ އަންހެންކުއްޖާގެ މައިން ބަފައިން ހައްޔަރުކޮށްފިއެވެ.

މިއަދު ހަވީރު ފުލުހުން މީޑިއާތަކަށް މައުލޫމާތު ދެމުން ބުނެފައިވަނީ، ދީނުގެ ނަމުގައި ހަރުކަށި ވިސްނުންކަމަށް ބެލެވޭ އާއިލާއަކުން، އެ އާއިލާގައި ހިމެނޭ ކުދިންނަށް ލިބެންޖެހޭ އަސާސީ ހައްގުތަކުން މަހުރޫމުކޮށްގެން ގެންގުޅެމުންދާ ކަމަށެވެ.

އަދި އެ އާއިލާގައި ހިމެނޭ ކުދިންނަށް ވެކްސިން ނުދީ އަދި ސްކޫލަށް ނުފޮނުވާ އެކުދިންނަށް އިހުމާލުވާކަމަށް ހުށަހެޅުމުން ފުލުހުން ތަހުގީގުކުރަމުންދާ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އެ ހަ ކުދިންގެ މައިންބަފައިންމިއަދު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ އާއިލާގައި ހިމެނޭ ހަ ކުއްޖަކު ވަނީ، ރައްކާތެރި މާހައުލެއް ފޯރުކޮށްދިނުމަށް ދައުލަތަށް ނަގައިފަ އެވެ. އަދި ކައިވެނީގެ ނަމުގައި ރޭޕްކޮށް، 13 އަހަރުގައި ވިހެއި މައްސަލައިގައި ތުހުމަތުކުރެވޭ ފިރިހެން މީހާ ވަނީ މިދިޔަ މަހުގެ 29ގައި ހައްޔަރުކޮށްފަ އެވެ.

ފުލުހުން ކުރިން ބުނެފައިވަނީ، 13 އަހަރުގެ އަންހެންކުއްޖާ ވިހޭ ދަރިފުޅާއި ހައްޔަރުކުރި 29 އަހަރުގެ ފިރިހެން މީހާގެ ޑީއެންއޭ ދިމާވާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި މިއީ އެކުްޖާގެ ދެވަނަ ކައިވެންޏެވެ. ކުއްޖާގެ އުމުރުން ބާރަ އަހަރުގައި ފުރަތަމަ މީހާއާއި ކައިވެނި ކުރުވާފައިވަނީވެސް ކޯޓުން ބޭރުންނެވެ. ދެވަނަ މީހާއާއި ވސް ކައިވެނި ކުރުވީ މައިންބަފައިންގެ ރުހުމުގައި ކޯޓުން ބޭރުންނެވެ. އެކައިވެންޏަށް ވަނީ ދަރިޔަކު ލިބިފައެވެ.

13 އަހަރުގެ ކުއްޖާ ބަނޑުބޮޑުވި މައްސަލަ ފުލުހުން ތަހުގީގުކުރަމުން އަންނަނީ ކުޑަ ކުއްޖަކާ މެދު ގަދަކަމުން ޖިންސީ އަމަލު ހިންގާފައިވާ މައްސަލައެއްގެ ގޮތުގަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
16 Jul 2026
ރަސްމީ ރިޒާވް 686 މިލިއަން ޑޮލަރުގައި. ދަރަނިތައް އަދާކުރުމާއެކުވެސް ރިޒާވް ފެންނަނީ ވަރުގަދަކޮށް
އެމްއެމްއޭ އިން ބުނީ މެއިމަހާ އަޅާބަލާއިރު ޖޫން މަހު ގްރޮސް ރިޒާވް ދަށްވުމުގެ މައިގަނޑު ސަބަބަކީ ބޭރު ފައިސާއިން ކުރެވުނު ހޭދަ އިތުރުވުމެވެ. މީގެ ތެރޭގައި ދަރަނިދެއްކުން ފާހަގަކޮށްލެވެއެވެ
16 Jul 2026
ރިޕޯޓްފޮތްދީ ދަރިވަރުން ފުރަތަމަ ޓާމް ޗުއްޓީއަށް
ފުރަތަމަ ޓާމްގެ ޗުއްޓީގެ ގޮތުގައި ދަރިވަރުންނަށް 16 ދުވަހުގެ ޗުއްޓީއެއް ލިބޭނެއެވެ
16 Jul 2026
ފަހަތުން އަރައި އިނގިރޭސިން ބަލިކޮށް، އާޖެންޓީނާ ފައިނަލަށް
ވަރލްޑްކަޕް ސެމީފައިނަލުގައި އާޖެންޓީނާ ނިކުންނާނީ ސްޕެއިން އާ ދެކޮޅަށެވެ
15 Jul 2026
ބީއެމްއެލްގެ ސީއީއޯ މިއަދުވެސް ދެއްވީ، 4،000 އެޕާޓްމަންޓްގެ ޔަގީންކަން
ޝަރީފް ވިދާޅުވީ، 4،000 އެޕާޓްމަންޓަކީ ހަމައެކަނި ކަރުދާހުގައި އޮތް އަދަދެއް ނޫން ކަމަށެވެ
15 Jul 2026
ފުލުހުން އިލްތިމާސްކުރީ މެޗުގެ ފޯރީގައި އެހެން މީހުންނަށް އުނދަގޫނުކުރަން
މިރޭ ދަންވަރު 12:00 ކުޅޭ މިމެޗު ބަލަން ގިނަ އަދަދެއްގެ ސަޕޯޓަރުން ތައްޔާރުވަމުންދާއިރު، ފުލުހުން ބުނީ ދަންވަރުގެ ވަގުތުތަކަކީ ގިނަ ރައްޔިތުން އަރާމުކުރާ ވަގުތުތަކަކަށް ވުމާއެކު، އާންމު މަގުތަކާއި މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި އަޑުގަދަކުރުމާއި، ބާރަށް ލަވަޖެހުމުގެ އިތުރުން އުޅަނދުފަހަރުގެ ބަރުގޮނު އެޅުން ފަދަ ކަންކަމުން ދުރުހެލިވާންޖެހޭ ކަމަށެވެ. މިއީ އެހެން މީހުންނަށް ނުހަނު ބޮޑަށް އުނދަގޫވާނެ ކަންކަންކަން ފުލުހުން ފާހަގަކުރެއެވެ.
15 Jul 2026
ކޯޓުން ބަންދުކޮށްފައިވާ ގެއަކަށް ވަތް ދެ މީހަކު ޑްރަގާއެކު ހައްޔަރު ކޮށްފި
މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން ސ.މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓުންނެރުނު އަމުރާ ގުޅިގެން ސ.މަރަދޫފޭދޫ / އުއްމީދު ބަންދުކޮށްފައިވަނީ ޖޫން 15 ވަނަ ދުވަހުއެވެ.
15 Jul 2026
އަލަތު ކައިވެނީގެ ވަލީމާ ބޭއްވުމަށް މާލެއިން ހިލޭ ޖާގަ ހަމަޖައްސައިދެނީ
ކައުންސިލްގެ މިއަދުގެ ބައްދަލުވުމުގައި ނިންމާފައިވަނީ، މި ޚިދުމަތް ދިނުމުގައި ބަލާނެ މިންގަނޑުތަކާއި އުސޫލުތައް އެކުލަވާލައި، ވީ އެންމެ އަވަހަކަށް އެ ތަފްސީލުތައް އާންމުކޮށް އިއުލާނުކުރުމާއެކު ފުރުސަތު ހުޅުވާލުމަށެވެ.
15 Jul 2026
ބީއެމްއެލްގެ ބްރާންޗް ވިއުގަ 55 އަށް: އަލަށް 7 ބްރާންޗެއް ހުޅުވައިފި
ބޭންކިންގ ޚިދުމަތްތައް ރައްޔިތުންނާ ވީހާވެސް ގާތުން ފޯރުކޮށްދިނުމަށް ބީއެމްއެލްއިން ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން މިއަދު ޚިދުމަތް ދޭން ފެށި ބްރާންޗުތައް ހުންނަނީ ހއ. ހޯރަފުށި، ށ. ކަނޑިތީމު، ރ. އަލިފުށި، ޅ. ހިންނަވަރު، އދ. މާމިގިލި، ގއ. ގެމަނަފުށި އަދި ލ. މާވަށުގައެވެ.