13 Dec 2019 | 14:20
އިނގިރޭސިވިލާތުގެ ބޮޑުވަޒީރުކަން ބޮރިސް ދިފާއުކުރައްވައިފި

އިނގިރޭސިވިލާތުގެ ބޮޑުވަޒީރުކަމުގެ މަގާމު މިހާރުވެސް އެ މަގާމުގައި ހުންނެވި ބޮރިސް ޖޯންސަން ދިފާއުކުރައްވައިފިއެވެ.

މި މަގާމު ބޮރިސް ދިފާާއުކުރެއްވީ، އެމަނިކުފާާނު އިސްކޮށް ހުންނަވާ ކޮންޒަވޭޓިވް ޕާޓީން އިއްޔެ ބޭއްވުނު އިނގިރޭސި ވިލާތުގެ އާންމު އިންތިޚާބު ކާމިޔާބުކުރުމުންނެވެ. 

ދިވެހިރާއްޖޭގެ ގަޑިން މިއަދު މެންދުރު 1:30އާއި ހަމައަށް އާންމުކޮށްފައިވާ ނަތީޖާތަކުން ދައްކާގޮތުގައި ގާނޫނު ހަދާ މަޖިލީހުގެ 650ގޮނޑީގެ ތެރެއިން ބޮރިސްގެ ކޮންޒަވޭޓިވް ޕާޓީން ވަނީ 364ގޮނޑި ކާމިޔާބުކޮށްފައެވެ. މި މަޖިލީހުގެ އަހުލަބިއްޔަތު ހޯދުމަށް ބޭނުންވާނެ އަދަދަކީ 326އެވެ.

ބޮރިސްއާއި އެންމެ ގާތުން ވާދަކޮށްފައިވަނީ ޖެރެމީ ކޯބިންއާއި އޭނާގެ ލޭބަރ ޕާޓީއެވެ. ލޭބަރ ޕާޓީއަށް މި އިންތިޚާބުގައި ލިބިފައިވަނީ 203ގޮނޑިއެވެ. މި އިންތިޚާބުގައި ލޭބަރ ޕާޓީއަށް ލިބުނު ނާކާމިޔާބީއާއި އެކު، އެޕާޓީގެ ލީޑަރޝިޕުން ވަކިވުމަށް ޖެރެމީ ކޯބިން ވަނީ ނިންމަވާފައެވެ.

ބޮރިސް ޖޯންސަންގެ ކެމްޕެއިންގެ މައިގަނޑު ވައުދެއްގެ ގޮތުގައި ވެފައިވަނީ އިނގިރޭސިވިލާތު ޔޫރަޕްގެ އިއްތިހާދުން ވަކިވުން، ނުވަތަ ބްރެކްސިޓްގެ މަސައްކަތް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ނިންމާލުމެވެ. އެހެންކަމުން އާ ގާނޫނު ހަދާ މަޖިލީހާއި އެކު ބްރެކްސިޓްގެ މަސައްކަތް ހަލުވި މިނެއްގައި ކުރިއަށްދާނެކަމަށް މުރާސިލުން ލަފާކުރެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
23 Sep 2026
ގްލޯބަލް ދުކާނުން ހުކުރު ދުވަހުން ފެށިގެން ދިވެހި ރުފިޔާ ބަލައިގަންނަން ފަށަނީ
ސޯޝަލް މީޑިއާ މެދުވެރިކޮށް ގްލޯބަލް ދުކާންއިން ހާމަކޮށްފައިވާ ގޮތުގައި މި ބަދަލުގެ ބޭނުމަކީ ދިވެހީންނަށް އިންޑިއާއިން ވިޔަފާރިކުރުން އިތުރަށް ފަސޭހަކޮށްދިނުމެވެ.
23 Sep 2026
ނައިބު ރައީސް ބަންގްލަދޭޝްގެ ބޮޑުވަޒީރާ ނިއުޔޯކުގައި ބައްދަލުކުރައްވައިފި
މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ވަނީ ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވެފައެވެ
23 Sep 2026
ހުޅުމާލޭގައި ނަފުސާނީ ބަލީގެ ހޮސްޕިޓަލެއް އަޅައިދޭނެ ބަޔަކު ހޯދަނީ
. ބީލަން ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ އަންނަ މަހުގެ 25 ވަނަ ދުވަސް
23 Sep 2026
އީގަލް ހިލްސް މަޝްރޫއު ރަނގަޅު، އަޅުގަނޑުގެ ވެރިކަމުގައި ވެސް އެ ފުރުސަތު ލިބުނު: ނަޝީދު
"އަޅުގަނޑު އެއިރުގައި ފާހަގަކުރީ އެ ބާވަތުގެ ބޮޑު މަޝްރޫއެއް ރަނގަޅޭ. އެހެން ނަމަވެސް އަޅުގަނޑުމެން އެދެނީ މާލެ ސަރަހައްދުގައި [އެފަަދަ މަޝްރޫއުއެއް] ނުހިންގުމަށޭ،" ނަޝީދު ވިދާޅުވި އެވެ.
23 Sep 2026
ރ. ވާދޫގައި ހަރުދަނާ ޖީލެއް ބިނާ ކުރުމަށް ދަރިވަރުންނަށް ”ކާފިއު“ އެއް
މަދު، ހޭލުންތެރި އަދި އަމާން މުޖުތަމައެއް ބިނާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، ސްކޫލް ދަރިވަރުންގެ އަޚްލާޤީ ކަންކަން ހަރުދަނާ ކުރުމަށްޓަކައި ޚާއްޞަ ފިޔަވަޅުތަކެއް އަޅަން ރ. ވާދޫ ކައުންސިލުން ނިންމައިފިއެވެ.
23 Sep 2026
އުމުރުން ދުވަސްވީ މީހުން ސްކޭމްތަކުން ރައްކާތެރިކުރުމަށް ސެޝަނެއް ބާއްވައިފި
އުރީދޫ މޯލްޑިވްސްއާއި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން މާލެ އަދި ހުޅުމާލޭގެ އިސްރަށްވެހިންގެ ނާދީގައި ދޮށީ ޢުމުރުގެ މީހުންނަށް ޑިޖިޓަލް ރައްކާތެރިކަމާއި ސްކޭމްތައް ދެނެގަތުމާ ގުޅޭ ސެޝަނެއް ބާއްވައިފިއެވެ.
23 Sep 2026
ހުޅުމާލޭގައި ސައިކައިއެޓްރީ ހޮސްޕިޓަލެއް އިމާރާތްކޮށްދޭނެ ފަރާތެއް ހޯދަނީ
ހުޅުމާލޭގައި 50 އެނދުގެ ސައިކައިއެޓްރީ (ނަފްސާނީ ބަލިތަކަށް ޚާއްޞަ) ހޮސްޕިޓަލެއް އިމާރާތްކޮށް ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަމަށް ހުޅުވާލައިފިއެވެ.
23 Sep 2026
ވެސްޓްޕާކްގެ ބަދަލުގައި ބަސް މަޑުކުރާނީ މާފަންނު މަދަރުސާ ކައިރިއަށް
މާލޭގެ ހަވީރީ ހިނގުމުގައި މަގު ހެދުމުގެ މަސައްކަތް ކުރިއަށްދާތީ އެ މަގު ބަންދުކުރުމާ ގުޅިގެން، ވެސްޓްޕާކް ސަރަޙައްދުގެ ބަދަލުގައި ދެން ބަސް މަޑުކުރާނީ މާފަންނު މަދަރުސާ ކައިރީގައިވާ ބަސް ސްޓޮޕަށް ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.