15 Dec 2019 | 11:39
އެމްޑީޕީ އޮތީ ގުލާބުޖާމު ކައިގެން އިންޑިއާގެ ޖީބަށް ވަދެފައި: އުމަރު

އެމްޑީޕީ އޮތީ އިންޑިއާއިން ޖުލާބުޖާމު ކައިގެން އެގަުއމުގެ ޖީބަށް ވަދެފައި ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސިރު ވިދާޅުވެއްޖެއެވެ.

އުމަރު ނަސީރު މިހެން ވިދާޅުވީ، އިންޑިއާ އައި ރާއްޖޭގެ ގުޅުންހީނަރުވެފައި އޮތީ ދިވެހިން ގުލާބުޖާމު ކެއުން ހުއްޓައިލުމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމާއި ގުޅިގެންނެވެ.

ނަޝީދުގެ އެވާހަކައަށް ރައްދުދެއްވައި އުމަރު، އޭނާގެ ފޭސްބުކް ޕޭޖުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދިވެހިންނާއި އިންޑިއާ އާއި ދެމެދުގައި އެއްވެސް މައްސަަލައެއް ނެތް ކަމަށެވެ.

ވެގެން އުޅޭ ކަމަކީ އެމްޑީޕީން ގުލާބުޖާމު ކެއުމުގެ އިތުރުން އިންޑިއާގެ ޖީބަށް ވެއްޓި، ސުޕާރީ ފަރިއްކުޅުއްވައިގެން އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބުުމަށް ޖާގަ ދިނުން ކަމަށް އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވެފައި ވަނީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމަކީ ރާއްޖޭގެ މިިނިވަން ކަމާއި އިސްތިގިބާލަށް ހުރަސް އެޅޭ ކަމެއް ކަމަށެވެ.

އިންޑިއާ އިން ރާއްޖެއަށް ހަދިޔާކުރި ހެލިކޮޕްޓަރު އޮޕަރޭޓުކުރަން އިންޑިއާ ސިފައިން ރާއްޖޭގައި ތިބޭތީ ކަންބޮޑުވުން ފާޅުކުރައްވައި އުމަރު، ވިދާޅުވެފައި ވަނީ ހެލިކޮޕްޓަރު އޮޕަރޭޓް ކުރެވޭ ފެންވަރުގެ މީހުން ރާއްޖޭގައިވެސް ތިބި ކަމަށާއި އެކަމަށް ބޭރުގެ ސިފައިންތަކެއް ބޭނުން ނުވާނެ ކަމަށެވެ. ރާއްޖެއަށް އިންޑިއާ ސަރުކާރުން ހަދިޔާކުރި ހެލިކޮޕްޓަރުތައް ދުއްވަން އިންޑިއާގެ ސިފައިން ތިބޭތީ އުމަރު ގެންދަވަނީ ތަކުރާރުކޮށް ކަންބޮޑުވުން ފާޅު ކުރަމުންނެވެ. ރައީސް ޔާމީންގެ ސަރުކާރުގެ ދުވަސްވަރު އިންޑިއާ ސިފައިން ރާއްޖެއިން ފޮނުވާލުމަށް ނިންމި ނަމަވެސް އެ ނިންމުން ތަންފީޒު ކުރެވިފައެއް ނުވެއެވެ.

ރައީސް ނަޝީދާއި މަޖިލީހުގެ ފަނަރަ މެންބަރަކު މިމަހުގެ ނުވަޔަކުން ތޭރަ އަށް އިންޑިއާ އަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ނަޝީދުވަނީ ރާއްޖެއާއި ޗައިނާގެ ގުޅުމަށްވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވައިފައެވެ.

ނަޝީދުގެ އެވާހަކަފުޅުތަކާއި ގުޅިގެން ޗައިނާގެ ސަފީރުވެސް ވަނީ ހިތްހަމަނުޖެހުން ފާޅުކުރައްވައިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
21 Sep 2026
ދިއްދޫ ބަލިކޮށް ބިސްބުރަށް ފުރަތަމަ ފަހަރަށް މޮޅެއް
މި މެޗަށްފަހު އިންޓަނޭޝަނަލް ބްރޭކާ ގުޅިގެން ދިވެހި ޕްރިމިއާ ލީގުގެ ކުޅުން މިހާރު ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ. ލީގުގެ ކުޅުން ދެން އަލުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ 9 ވަނަ ދުވަހުއެވެ
20 Sep 2026
ބައިނަލްއަޤްވާމީ އެކުވެރިކަމުގެ މެޗްތަކަށް ރާއްޖޭގެ ޤައުމީ ޓީމް ފުރައިފި
މި އެކުވެރިކަމުގެ މެޗުތަކަކީ އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ތާވަލުކުރެވިފައިވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޤައުމީ ޓީމުން ކުޅޭ މުހިންމު މެޗުތަކެކެވެ.
20 Sep 2026
ގައްދޫ އަތުން އީގަލްސް އަށް މޮޅެއް
މިއީ މި ފަހަރުގެ ލީގުގައި އީގަލްސް ހޯދި ދެވަނަ މޮޅެވެ. އެ ޓީމު މީގެ ކުރިން މޮޅުވެފައިވަނީ ބިސްބުރު ސްޕޯޓްސް ކްލަބާ ވާދަކުރި މެޗުންނެވެ.
20 Sep 2026
ކޮންގްރެސް އިން ކެމްޕެއިން ޓީމު ތަރުތީބު ކުރެވިއްޖެ، ފަސޭހަކޮށް ކާމިޔާބުވާނެ: އަބްދުއްރަހީމް
އަބްދުއްރަހީމް ވިދާޅުވީ ކޮންގްރެސް އިން ލިބުނު ހިތްވަރާއި ފިލާވަޅުގެ އަލީގައި އެންމެ ވަގުތެއްވެސް ނަގައި ނުލައި 2028 އަށް އަމާޒު ހިފަން ޖެހޭ ކަމަށެވެ.
20 Sep 2026
އިސްލާމީ ހޭލުންތެރިކަމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ
އޭނާ އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމުގެ އިތުރުން، ބައެއް ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
20 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސް ހޭންޑްބޯލްގެ ޗެމްޕިއަންކަން އެމްޖީ ސްޕޯޓްސް ކްލަބަށް
މިފަހަރުގެ މުބާރާތުގައި ވާދަކުރި ޓީމްތަކަކީ އެންޖީ ސްޓާރިން، އެންޖީ ޖޫނިއާސް، އީއެން ހޭންޑްބޯލް ޓީމް، އެމްޖީ ސްޕޯޓްސް ކްލަބް އަދި ޓީމް ނައިން އެކްސް އެވެ
20 Sep 2026
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަނުކޮށްފި
ޕީސީބީން ބުނީ ސްޓެލްކޯގެ ޑިރެކްޓަރުން ބޯޑަށް ދ.މީދޫ، އަސަރީގެ، އަޙްމަދު ނިޡާމް އައްޔަނުކޮށްފައިވާ ކަމަށެވެ.
20 Sep 2026
ފަލަސްތީނު މައްސަލާގައި ޝީރަންގެ ކޮންސެޓް ޓިކެޓްގެ އަގުތައް ވެއްޓިއްޖެ
މީގެ ކުރިން އެންމެ ބޮޑު އާމްދަނީ ހޯދި ޓުއާތަކުގެ ތެރޭގައި ޝީރަންގެ ޝޯތައް ހިމެނުނު ނަމަވެސް މި ޝޯގެ ބައެއް ޓިކެޓުތަކުގެ އަގުތައް މިހާރު ވަނީ 32 ޑޮލަރަށް ވެއްޓިފައެވެ.