15 Dec 2019 | 23:17
ޚާރިޖީ ސިޔާާސަތު ކަަނޑައަޅައި ހިންގާނީ ރައީސުލްޖުމްހޫރިއްޔާ: މިނިސްޓަރ ޝާހިދު

ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތު ކަނޑަައަޅައި ހިންގުމަކީ ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތެއްކަަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އެބޭފުޅާ މިހެން ވިދާޅުވީ ރާއްޖޭގެ ހުރިހާ ކައުންސިލުތަކުގެ ކައުންސިލަރުންނާއެކު މިއަދު މެންދުރުފަހު ކޮރޮސްރޯޑް މޯލްޑިވްސްގައި ފެށި “ވިއަވަތި ރާއްޖެ” މަޝްވަރާ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރ ޝާހިދު ވިދާޅުވީ ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތު ހިންގަންޖެހޭނެ ގޮތް ރާއްޖޭގެ ގާނޫނު އަސާސީގައި ވަރަށް ސަރީހަ އިބާރާތުން ބަޔާންކޮށްފައިވާ ކަމަށެވެ. އެގޮތުން ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ (މ) ގައި ވަނީ ޚާރިޖީ ސިޔާސަތު ކަނޑައަޅައި ހިންގުމުގައި އަދި އެ ސިޔާސަތު ހިނގާ ނުހިނގާގޮތް ބެލުމަކީ ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތެއްގެ ގޮތުގައިކަމަށް އެބޭފުޅާ ފާހަގަކުރެއްވިއެވެ.

އަދި ޒަމާނުއްސުރެ ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތު އެކުލަވައިލައި ހިންގަމުން ގެންގޮސްފައިވަނީ އެ އުސޫލުންކަމަށް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

ޝާހިދު އިތުރަށް ވިދާޅުވީ މައި ސަރުކާރުން ހުއްދަދޭ ފަރާތަކުން މެނުވީ، ބޭރުގެ ދައުލަތްތަކާއެކު މަޝްވަރާކުރުމަކީ ބައެއް ގައުމުތަކުގައި މަނާކުރެވިފައިވާކަމެއްކަމަށެވެ. އެކަމުގެ މިސާލެއްގެ ގޮތުން އެމެރިކާގެ މައި ސަރުކާރުގެ ހުއްދައެއް ލިބިގެން މެނުވީ ބޭރުގެ ދައުލަތަކާ މަޝްވަރާކުރުމަކީ، ޖަލު ހުކުމެއް އަންނަ ކުށެއްކަމަށް އެބޭފުޅާ ވިދާޅުވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މިނިސްޓަރ ޝާހިދު މިހެން ވިދާޅުވެފައިވާ ދަނޑިވަޅަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ޗައިނާއާއި ގުޅޭގޮތުން ދެއްކެވި ވާހަކަތަކަކާއި ގުޅިގެން ނުތަނަވަސްކަމެއް އުފެދިފައިވާ ދަނޑިވަޅެކެވެ. 

އެގޮތުން އެމަނިކުފާނު ވަނީ ދިވެހިރާއްޖެ-ޗައިނާ މިނިވަން ވިޔަފާރީގެ އެއްބަސްވުމާއި އެކު ކުރިއަށް ނުދާނެ ކަމަށާއި، ޗައިނާާއިން ދިވެހިރާއްޖެއަށް ދެމުންދާ ލޯނުތަކަކީ ދަރަނީގެ މަޅީގައި ޖެއްސުމަށްދޭ ލޯންތަކެއްކަމަށް ބުނެފައެވެ. މި ވާހަކަތަކަށް ސަރުކާރުން އަދި ރަސްމީ ސިފައެއްގައި ބަހެއް ބުނެފައެއް ނުވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
22 Sep 2026
ފީނަންގޮސް އުޅުނު ޒުވާނަކު ނިޔާވެއްޖެ
22 Sep 2026
ޖަލަށް ލެވޭ މީހުން ވަނީ ގިނަ. ކުރިއަށް އޮތްތަނުގައިވެސް ވާނީ އިތުރު
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސީޕީ ވިދާޅުވީ ޖަލުތަކުގެ ޖާގަ އިތުރުކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން މިހާތަނަށް 400 އެއްހާ ޖާގަ އިތުރުކުރެވިފައިވާ ކަމަށެވެ. އަދި ކައިރި މުސް ތަޤްބަލެއްގައި 300އަށް ވުރެ ގިނަ ޖާގަ އިތުރު ނުކުރެވިއްޖެނަމަ ދަތިތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށްވެސް ސީޕީ ވިދާޅުވިއެވެ.
22 Sep 2026
އެންމެ ގިނައިން ހޭދަ ކުރަންޖެހެނީ ބިހޭވިއަރ ތެރަޕީއަށް
ނިމިދިޔަ އޮގަސްޓް މަހު އެކަނިވެސް ތަފާތު އެކި ތެރަޕީތަކަށް އެންސްޕާއިން ޖުމްލަ 8.1 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، އޭގެ ތެރެއިން 2.7 މިލިއަން ރުފިޔާ ހޭދަވެފައިވަނީ ބިހޭވިއަރ ތެރަޕީތަކަށެވެ
22 Sep 2026
އީގަލް ހިލްސް މަޝްރޫއުއިން ރަސްމާލެ ވެގެންދާނީ ޒަމާނީ އިންޓަގްރޭޓެޑް ސިޓީއަކަށް
މިނިސްޓަރު ވިދާޅުވީ 500 ހެކްޓަރުގެ ސަރަޙައްދެއްގައި ތަރައްޤީކުރާ މި މަޝްރޫޢުގައި ތިން ރިސޯޓާއި ތަފާތު ފެންވަރުގެ ޕްރޮޕަޓީ ހިމެނޭ ޓައުންތައް ހެދުމުގެ އިތުރުން ބައިނަލްއަޤުވާމީ ފެންވަރުގެ ސްކޫލްތަކާއި ހޮސްޕިޓަލްތައް ވެސް ބިނާކުރާނެ ކަމަށެވެ
22 Sep 2026
ރައީސް ޔާމީނުގެ ޝަރީއަތުގެ އަޑުއެހުން ފަސްކޮށްފި
އެ އަޑުއެހުން ކެންސަލް ކުރީ ދައުލަތުގެ ފަރާތުން މައްސަލައިގައި ހާޒިރުވާ ވަކީލުން ބަލިވެ އުޅޭ ކަމަށް ބުނެ ދައުލަތުން އެދުމުންނެވެ. ފުއްގިރި ކުއްޔަށް ދިނުމާ ގުޅޭ މި މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އުފުލާފައި ވަނީ އެއް މިލިއަން ޑޮލަރުގެ ރިޝްވަތު ގަބޫލު ކުރެއްވުމާއި ފައިސާ ލޯންޑާ ކުރެއްވުމުގެ ދައުވާއެވެ.
22 Sep 2026
އދ ގެ އާންމު މަޖިލީހުގައި ބައިވެރިވުމަށް ކުރާ ދަތުރު ނަތަންޔާހޫއަށް ބޮޑު ވޭނަކަށް
މިޑިއާގެ ރިޕޯޓްތައް ބުނާ ގޮތުގައި އެމެރިކާއިންވެސް ވަނީ މިފަހަރު ނަތަންޔާހޫއަށް ހާއްސަ ގޮތްތަކެއް ބެހެއްޓެން ނެތްކަމަށް ބުނެފައެވެ. ނަތަންޔާހޫ ނިއުޔޯކަށް އަންނައިރު އެ ސިޓީގެ ރައްޔިތުން އޭނާއާ ދެކޮޅަށް މުޒާހަރާ ކުރަން ނިންމުމަކީވެސް އެމެރިކާއިން މިފަހަރު ނަތަންޔާހޫ އެއްފަރާތްކުރުމުގެ އެއް ސަބަބެވެ
22 Sep 2026
އިމިގްރޭޝަނުން ތައިލެންޑް އަންހެނަކު ހައްޔަރުކުރި ގޮތް ގޯސްވެގެން އޭނާ ދޫކޮށްލަން ޖެހިއްޖެ
ރާއްޖޭގައި ހުރުމުގެ ސައްހަ ވިސާ އޮތްއިރުވެސް، އެއްވެސް ކުށަކާ ނުލައި ހައްޔަރުކޮށް، އޭނާއަށް ނޭނގޭ އިނގިރޭސި ބަހުން ތައްޔާރުކޮށްފައިވާ ބަޔާނެއްގައި އިމިގްރޭޝަނުން މަޖުބޫރުން ސޮއިކުރުވިކަމަށްވެސް އޭނާ ބުންޏެވެ. އަދި އެ ބަޔާނުގައި ސޮއިކުރުވީ ތަރުޖަމާނެއްގެ އެހީތެރިކަމެއް ނެތި، އޭނާގެ ސްޕޮންސަރަށް އެންގުމެއް ނެތި ކަމަށް އޭނާ ކޯޓަށްދިން ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.
22 Sep 2026
އަބްދުއްރަހީމް ހިމެނޭހެން ޕީއެންސީގެ 16 މެންބަރަކު ޕާކިސްތާނަށް
ޕާކިސްތާނަށް ވަޑައިގަންނަވާ ކޮންގްރެސް ޕާޓީގެ ޕާލިމަންޓްރީ ގުރޫޕުގެ ވަފުދުގައި ރައްޔިތުންގެ މަޖިލީހުގެ 16 މެންބަރަކު ބައިވެރިވެވަޑައިގަންނަވަ އެވެ.