އިސްލާމިކް މިނިސްޓަރގެ އިތުބާރުނެތްކަމުގެ މައްސަލައެއް ވައްދާނަން: މެންބަރު ދޮންބިލެތް ހަލީމް

24 Dec 2019 | 23:22

އިސްލާމިކް މިނިސްޓަރ ޑރ.އަހުމަދު ޒާހިރުގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށައަޅުއްވާނެކަމަށް ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް (ދޮންބިލެތް ހަލީމް) ވިދާޅުވެއްޖެއެވެ.

އެބޭފުޅާ މިހެން ވިދާޅުވީ ރާއްޖޭގެ މީޑިޔާާއެއްކަމުގައިވާ ސީއެންއެމްއަށް ދެއްވި އިންޓަރވިއުއެއްގައެވެ.

މެންބަރު ހަލީމް މި އިންޓަރވިއުގައި ވަނީ އިސްލާާމިކް މިނިސްޓަރ ޑރ.ޒާހިރަކީ ދިވެހިރާއްޖޭގައި ދީނީގޮތުން ހަރުކަށި ފިކުރު ފެތުރުމަށް މަސައްކަތްކުރާ ފަރާތެއްކަމަށް ބުނެފައެވެ. އެގޮތުން އެބޭފުޅާއަކީ ޖަމްއިއްޔަތުލް ސަލަފާއި ގުޅިގެން ރާއްޖޭގައި ދީނީގޮތުން ހަރުކަށި ފިކުރު ފެތުރުމަށް އެންމެ ބޮޑަށް މަސައްކަތްކުރައްވާ ފަރާތްކަމަށް ހަލީމް ވިދާޅުވިއެވެ.

އެހެންކަމުން ޑރ.ޒާހިރާއި އެ މިނިސްޓްރީގެ ޕީއާރަށް ތިއްބެވި ފަރާތްތައް މަގާމުން ވަކިކުރަންެޖެހޭކަމަށް ހަލީމް ވަނީ ވިދާޅުވެފައެވެ. ހަލީމް ވަނީ މަޖިލީހުގައި ސާފު އަހުލަބިއްޔަތު އޮތީ އެމްޑީޕީގެ އަތުގައި ކަމަށާއި އިސްލާމިކް މިނިސްޓަރ މަގާމުން ފަސްކުރުމުގައި ފަހަތަށް ޖެހިވަޑައި ނުގަންނަވާނެކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން އެބޭފުޅާ ވަނީ ދީނީ ނަސޭހަތްދިނުމުގެ ހުއްދަ ވަގުތީގޮތުން ބާތިލްކުރެވުނު މުހައްމަދު ހަސަނަކީ ދީނީ ހަރުކަށި ފިކުރު ފަތުރަން މަސައްކަތް ކުރާ މީހުންނާ ދެކޮޅަށް ވަރަށް ބޮޑަށް މަސައްކަތް ކުރައްވާ އިލްމުވެރިއެއް ކަމަށް ވިދާޅުވެފައެވެ.

Advertisement

ކޮމެންޓް

Advertisement