އެމްސީޓީސީއޯގެ މިއަހަރުގެ ދަތުރުގެ ބައިވެރިން ޗައިނާއަށް ފުރައިފި
މޯލްޑިވްސް ޗައިނާ ޓްރޭޑް އެންޑް ކަލްޗަރަލް އޮގަނައިޒޭޝަން (އެމްސީޓީސީއޯ)އިން ކޮންމެ އަހަރެއްގެ އެއްފަހަރު ބާއްވަމުންދާ ކަލްޗަރަލް އެކްސްޗޭންޖް ޕްރޮގްރާމްގެ މިއަހަރުގެ ދަތުރުގެ ބައިވެރިން ޗައިނާއަށް ފުރައިފިއެވެ.
މިފަހަރުގެ ދަތުރުގައި ބައިވެރިވާ 16 ޒުވާނުން ދިއުމަށް ހަމަޖެހިފައިވާ މަންޒިލަކީ ޗައިނާގެ ކުރިއަރަމުން އަންނަ ޝަހަރެއްކަމުގައިވާ ޗޮންޗިންއެވެ.
ޔުނިވަރސިޓީތަކުގައި ތައުލީމް ހާސިލްކުރަމުންދާ ބައެއް ދަރިވަރުންވެސް ބައިވެރިވާ މި ދަތުރުގައި އެކި ދާއިރާތައް ދިރާސާކުރަން ބޭނުންވާ ޒުވާނުންނަށް އެކަމުގެ ފުރުސަތު ލިބިގެންދާނެކަމަށް އެމްސީޓީސީއޯއިން މައުލޫމާތުދެއެވެ. އެގޮތުން ސަގާފަތާއި، އިމާރާތްކުރުމާއި އަދި އާރބަން ޕްލޭނިންގ ފަދަ ދާއިރާތައް އެ ޖަމްެއިއްޔާއިން ވަނީ ފާހަގަކޮށްފައެވެ.
މޯލްޑިވްސް ޗައިނާ ޓްރޭޑް އެންޑް ކަލްޗަރަލް އޮގަނައިޒޭޝަން (އެމްސީޓީސީއޯ) އަކީ ރާއްޖެ އާއި ޗައިނާއާއި ދެމެދު އޮތް ގުޅުން ބަދަހިކޮށް، ދެ ޤައުމުގެ ވިޔަފާރިއާއި ސަގާފީ ކަންތައް ކުރިއަރުވާ ޕްލެޓްފޯމެއް ގޮތުގައި މަސައްކަތް ކުރާ ޖަމިއްޔާއެކެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists