ބޮއިން ކުންފުނީގެ ހެނގަރެއް... ފޮޓޯ: ރޮއިޓާސް
ވިޔަފާރި
12 Jun 2025 | 20:01
ބޮއިން ކުންފުނީގެ ހިއްސާގެ އަގު ދަށަށް ހިނގައްޖެ

އެއާ އިންޑިއާގެ ބޯޓެއް ވެއްޓުނު ހާދިސާއާ ގުޅިގެން ހިއްސާގެ ބާޒާރުގައި ބޮއިން ކުންފުނީގެ ހިއްސާގެ އަގު ދަށަށް ހިނގައްޖެއެވެ.

ނިއުޔޯކްގެ ސްޓޮކް އެކްސްޗޭންޖުގައި އިއްޔެ ބޮއިންގެ ހިއްސާގެ އަގު 214 ޑޮލަރުގައި ހުރިއިރު، މިއަދު އެއާ އިންޑިއާ ބޯޓު ވެއްޓުމާއެކު އެކުންފުނީގެ ހިއްސާގެ އަގު ވަނީ 203 ޑޮލަރަށް ވެއްޓިފައެވެ. އެއާ އިންޑިއާ ވެއްޓުނު ބޯޓަކީ ބޮއިން ކުންފުނީގެ 787 ޑްރީމްލައިނާއެކެވެ.

މާކެޓް ދިރާސާކުރާ ފަރާތްތަކުން ބުނާގޮތުގައި ކުރިއަށް މިއޮތް ދުވަސްތަކުގައިވެސް ބޮއިން ކުންފުނީގެ ހިއްސާގެ އަގު ދާނީ ދަށްވަމުންނެވެ. މިކަމާ ގުޅޭގޮތުން ބޮއިން ކުންފުނިން އަދި ވަކި އެއްޗެކޭ ނުބުނެއެވެ.

ބޮއިން ހިއްސާގެ އަގު

އެއާ އިންޑިއާގެ ބޯޓު ވެއްޓިފައިވަނީ އިންޑިއާގެ އަހުމަދުއާބާދުން ފުރައިގެން އިނގިރޭސިވިލާތަށް ދަތުރު ކުރަނިކޮށެވެ. ބޯޓު ވެއްޓުނީ ނައްޓާލިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައެވެ. އެއާ އިންޑިއާގެ ސީއީއޯ ކެމްބަލް ވިލްސަން ވިދާޅުވީ ވެއްޓުނު ފްލައިޓުގައި 230 ފަސެންޖަރުންނާއި 12 ކުރޫއިން ހިމެނޭކަމަށެވެ. ފަސެންޖަރުންގެ ތެރޭގައި ހިމެނެނީ، އިންޑިއާއަށް ނިސްބަތްވާ 169 މީހަކާއި، އިނގިރޭސިވިލާތަށް ނިސްބަތްވާ 53 މީހަކާއި، ޕޯޗްގަލްއަށް ނިސްބަތްވާ 7 މީހުންގެ އިތުރުން ކެނެޑާ މީހެކެވެ.

ކެމްބަލް ވިދާޅުވީ މި ހާދިސާއާ ގުޅޭ މައުލޫމާތު ފަސެންޖަރުންގެ އާއިލާތަކާ އަދި ކަމާބެހޭ ތަހުގީގީ ޓީމުތަކަށް ހިއްސާކުރާނޭކަމަށެވެ. ނަމަވެސް އެކަމަށް އަދި ވަގުތު ބޭނުންވާނޭކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އޭވިއޭޝަން ދާއިރާގެ އެކްސްޕާޓުން ބުނާގޮތުގައި ބޮއިން 787 ޑްރީމްލައިނާއަކީ މަތިންދާބޯޓުތަކުގެ ތެރެއިން އެންމެ އެޑްވާންސް ޓެކްނޮލޮޖީ ހިމެނޭ ސަލާމަތީގޮތުން އެންމެ ޔަގީންކަންބޮޑު އެއް އުޅަނދެވެ. އެއާ އިންޑިއާ ބޯޓު ވެއްޓުމުގެ މި ހާދިސާއަކީ ޑްރީމްލައިނާ ސީރީޒްގެ މިފަދަ ފުރަތަމަ އެކްސިޑެންޓެވެ. 

ބޮއިން ކުންފުންޏަށް ނިސްބަތްވާ އެއާ އިންޑިއާގެ ބޯޓެއް ވެއްޓިފައިވާއިރު، އެ އެއާލައިނުން ވަނީ ބޮއިން ކުންފުނީގެ 100 މަތިންދާބޯޓު ގަތުމަށް އެއް ބިލިއަން ރުފިޔާ ދައްކާފައެވެ. އެއަރ އިންޑިއާއިން އޯޑަރު ދީފައިވަނީ އޭ-350 މަރުކާގެ 10 ބޯޓާއި އޭ-320 މަރުކާގެ 90 ބޯޓު ގަތުމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
18 Sep 2026
މާލޭގެ ތޮށިގަނޑުމަތީ މަސް ބާނަން ހުރި މީހަކު ވެއްޓި ގާތަކުގެ ތެރޭގައި ތާށިވެއްޖެ
ފުލުހުންނާއި ސިފައިން މިހާރު ގެންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަަމުންނެވެ. އަދި އެ މީހާ ތަނުން ނެގޭތޯ ދަނީ މަސައްކަތް ކުރަމުންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް ރައީސް މުޢިއްޒު 10 ބޭފުޅަކު އައްޔަނުކުރައްވައިފި
އެއީ ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ވަޒީރުންގެ ފެންވަރުގެ ބައެއް ބޭފުޅުންނާއި ސަފީރަކާއި ކުންފުނިތަކުގެ ތިން އެމްޑީންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް އިންތިޚާބުވީ ބޭފުޅުން ހުވާ ކުރައްވައިފި
މީގެ އިތުރުން ޕާޓީގެ ލީޑާޝިޕަށް އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އައްޔަނު ކުރެއްވި ބޭފުޅުން ވެސް ހިމެނެ އެވެ.
18 Sep 2026
ނިއުރޭޑިއަންޓުން ބުނީ އެސިސްޓަންޓް ކޯޗަށް ދިން ހަމަލާ ބަލައެއް ނުގަނެވޭނެކަމަށް
ކުޅިވަރުގެ މައިދާނުގައި ހިނގާ މިފަދަ އަނިޔާވެރި އަމަލުތަކަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަންކަން ނޫންކަން ފާހަގަކުރަމުން، ނިއު ރޭޑިއަންޓުން ބުނީ މިފަދަ ކަންކަމުގެ ސަބަބުން ކުޅިވަރުގެ ރޫހާއި ރައްކާތެރިކަން ގެއްލިގެންދާ ކަމަށެވެ
18 Sep 2026
ޔާމީންގެ ޕީއެންއެފުން ފަތުރަނީ ދޮގެެއް ކަމަށް ބުނެ އީސީން ރައްދު ދީފި
ހަގީގަތްތް އޮޅޭގޮތަށް، އާންމުންގެ މެދުގައި އިލެކްޝަންސް ކޮމިޝަނަށާއި ޕާޓީތަކުގެ މެންބާޝިޕް ނިޒާމަށް އޮތް އިތުބާރު ގެއްލޭގޮތަށް ޕީޕަލްސް ނެޝަނަލް ފްރަންޓް އިން ކުރަމުންދާ ދޮގު ތުހުމަތުތަކާއި ދައްކަމުންދާ ވާހަކަތައް ކޮމިޝަނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަަމަށެވެ.
18 Sep 2026
އައިފޯން ޑުއޯގެ ސްކްރީނުން ސެމްސަންގަށް ބިލިއަނެއް ލިބިދާނެ
އައިފޯން ޑުއޯގެ ފަތްޖެހޭ އޯލެޑް ޕެނެލް ސަޕްލައިކުރާ ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުން ސެމްސަންގަށް 1.25 ބިލިއަން ޑޮލަރު ލިބިދާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
18 Sep 2026
ޙޫޘީންގެ ހަމަލާ ކުށްވެރިކޮށް މައްކާއާ މަދީނާގެ ޚިމާޔަތަށް އެދި ހުކުރު ޚުތުބާގައި ދުޢާކޮށްފި
އެ ތަންތަނަށް އަރައިގަންނަން މަސައްކަތް ކުރާ ކޮންމެ ބަޔަކު ނިކަމެތި ކުރެއްވުން އެދިވެސް ދުއާ ކުރައްވާފައިވެ އެވެ.
18 Sep 2026
ދަރަންޏެއް ނަގަން ޖެހިއްޖެ ހާލުގައިވެސް ރިބާ ހިމެނޭ ދަރަނިތަކާ ދުރުހެލިވޭ
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ޚުތުބާ ޚާއްޞަކޮށްފައިވަނީ "މާލީ މުޢާމަލާތުތަކުގައި ތެދުވެރިވުން" މި މައުޟޫޢަށެވެ. ޚުތުބާގައި ބަޔާންކޮށްފައިވާ ގޮތުގައި މުދަލަކީ الله ތަޢާލާ އިންސާނާއާ ހަވާލުކުރައްވާފައިވާ އަމާނާތެކެވެ. އަދި ޤިޔާމަތް ދުވަހުން އެ މުދާ ހޯދި ގޮތާއި ހޭދަކުރި ގޮތާ މެދު ސުވާލުވެވޭނެ ކަމަށް ހަނދާންކޮށްދީފައިވެއެވެ.