ޒަހަމުތަކާއެކު މިފަހަރު އެއްލައިލީ ކާނިވާ ސަރަހައްދަށް

30 Dec 2019 | 12:00

މާލޭގައި ތޫނު އެއްޗަކުން ހަމަލާ ދިނުމަށްފަހު، ކާނިވާ ސަރަހައްދަށް އެއްލައިލާފައި އޮތް މީހަކަށް އައިޖީއެމްެޗުގައި ފަރުވާ ދޭން ފަށައިފިއެވެ.

ފުލުހުން ބުނީ، މިރޭ 11:26 އެހާކަންހާއިރު ހިނގި މި ހާދިސާގައި ޒަހަމްވި މީހާ އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށެވެ.

ހަމަލާދީ ޒަހަމް ކޮށްލާފައި ވަނީ 31 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި، އޭނާ ހޮސްޕިޓަލަށް ގެންދިޔައީ ކާނިވާ ސަރަހައްދުގައި އޮއްވައި، ފުލުހުންކަމަށް ފުލުހުން މައުލޫމާތު ދެއެެވެ.

އޭނާއަށް ހަމަލާދިނީ އޭނާގެ އަތުން ފޭރެން މަސައްކަތް ކުރި މީހެއް ކަމަށާއި ލިބިފައިވާ އަނިޔާތަކަކީ އޭނާގެ ވޮލެޓް ފޭރުމުގެ ތެރޭގައި ލިބުނު އަނިޔާތަކެއް ކަމަށް ފުލުހުން ބުންޏެވެ.

އެގޮތުން އޭނާގެ އަތުގެ ކުޑަ ހުޅުން މަތިން 2-3 އިންޗިވަރު ފުންކޮށް ކަފާލާފައިވާކަމަށް ފުލުހުން ބުންޏެވެ.

މިރޭ މާލޭގައި ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލުމަށްފަހު އެއްލައިލާފައިވާ މީހަކު ފެނުނު އިރު، މިމަހަުގެ ހަތަރު ވަނަ ދުވަހުގެރޭ ހުޅުމާލޭގައި ފޭރެން މަސައްކަތްކުރި މީހަކު ޑްރައިވަރަކަށް ވަޅިން ހަމަލާދީ ވަނީ މަރާލާފައެވެ.

Advertisement

ކޮމެންޓް

Advertisement