ގެެއަަކަށް ވަދެ ބަދުއަޚުލާގީ އަަމަލު ހިންގަން ދިވެއްސެއްގެ ކިބައިން އެދިއްޖެ
މާލޭގެ ގެއަކަށްވަދެ، ދިވެހި އަންހެނެެއްގެ ކިބައިން ބަދުއަޚުލާގީ އަމަލު ހިންގަން އެދުނު މައްސަލައެއް ފެންމަތިވެއްޖެެއެވެ.
ފުލުހުން ބުނީ މިމަހުގެ 25ވަނަ ދުވަހުގެ މެންދުރުގެ ވަގުތެއްގައި ބިދޭސީ ފިރިހެނަކު ގެއަށްވަދެ، އަންހެނެއްގެ ގާތު ބަދުއަޚުލާގީ އަމަލު ހިންގަން އެދުނު މައްސަލައެއް ފުލުހުންނަށް ހުށައަޅާފައިވާކަމަށެވެ. މި އަންހެން މީހާގެ ގާތުގައި ބަދުއަޚުލާގީ އަމަލު ހިންގަން އެދިފައިވަނީ ބިދޭސީއެެކެވެ.
ނަމަވެސް ފުލުހުން އިތުރަށްބުނީ މި މައްސަލައިގައި މިހާތަނަށް ބެލި ބެލުމުން އެކަށީގެންވާ މިންވަރަށް ހެކި ލިބިފައި ނުވާތީ، މީހަކު ހައްޔަރުކޮށްފައި ނުވާކަމަށެވެ.
މި މައްސަލައާއި ގުޅިގެން އިތުރަށް ބަަލަންޖެހޭ ކަންތައްތައް ބެލުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.
މި މައްސަލައާއި ގުޅިގެން މީސް މީޑިޔާގައި އާންމުވެފައިވާ ގޮތުގައި އެ ބިދޭސީ މީހާ ވަނީ ފުލުހުންނާއި އަންހެންމީހާގެ އާއިލާގެ ކުރިމަތީގައި އެކުށަށް އިއުތިރާފުވެސް ވެފައެވެ. ނަމަވެސް އޭނާ ދޫކޮށްލުމުން އެމީހާއާއި ބަޔަކު ފަހުން އައިސް އަންހެންމީހާގެ އާއިލާާއަށް ބިރުދައްކާާކަމަށް ބުނާާ ވީޑިޔޯއެއް މީސް މީޑިޔާގައި ވަނީ އާންމުވެފައެވެ. ފުލުހުން ބުނީ މި މާރާމާރީގެ މައްސަލަ ހުށައެޅިފައި ނުވާ ކަމަށާއި، އެ މައްސަލަ ވަނީ ހައްލުކުރެވިފައި ކަމަށެވެ.
އެ ބިދޭސީ މީހާ ފަހުން އެގެއަށް ދިޔައީ އޭނާގެ ވޮލެޓް ބަލާކަމަށްވެސް ބުނެފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. މި މީހާއަކީ އެ ގެއިން އެޕާޓްމަންޓެއް ކުއްޔަށް ހިފައިގެން އުޅޭ މީހެއްކަމަށްވެއެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists