31 Dec 2019 | 07:40
ރާއްޖެތެރޭގެ މީހުންނަށްވުރެ މާލޭގެ މީހުން އުޅެނީ މާ ނިކަމެތި ހާލުގައި: މެންބަރު ޝަހީމް

މާލޭގައި ދިިިރިއުޅޭ އަތޮޅުތެރެއަށް ނިސްބަތްވާ ރައްޔިތުންނަށްވުރެ، މާލޭގެ ރައްޔިތުން އުޅެމުންދަނީ މާ ހާލުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) ވިދާޅުވެއްޖެއެވެ.

އެބޭފުޅާ މިހެން ވިދާޅުވީ ރޭ ރާއްޖެޓީވީގެ ޕްރޮގްރާާމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އަނދުން ހުސެއިން ވިދާޅުވީ އަތޮޅުތެރޭގެ ރައްޔިތުންނަށްވުރެ މާލޭގެ ރައްޔިތުން އުޅެމުންދަނީ މާ ނިކަމެތި ހާލުގައި ކަމަށާއި އާއިލާތައް ބޮޑުވެ ގެތައް ބަހަން ޖެހުމުން ކޮންމެ ފަރާތަކަށްވެސް ލިބިގެންދަނީ ކުޑަ ތަންކޮޅެއްކަމަށެވެ. އޭގެ ސަބަބުން ގެތައް ނުބެހި އާއިލާތައް ފިތުނަ ފަސާދަވެގެންދާކަމަށްވެސް އެބޭފުޅާ ވިދާޅުވިއެވެ.

މެންބަރު ޝަހީމް ވިދާޅުވީ މާލޭގައި ކުއްޔަށް އުޅޭނެ ތަނެއް ނެތިގެން ކޮންމެ އަގެއްގައިވެސް ކުއްޔަށް ހިފަން ޖެހޭ ވަރަށް ކަންކަން ގޮސްފައިވާކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.

މީގެ އިތުރުން އެބޭފުޅާ ވަނީ ކުލި ކޮންޓްރޯލްކުުރުމާއި ދެކޮޅަށްވެސް ވާހަކަފުޅު ދައްކަވާފައެވެ.

"މާލޭގެ މީހުން އިމާރާތް ކުރަނީ ވިޔަފާރި ރޭޓުގައި ލޯނު ނަގައިގެން ބޮޑު ޕަސަންޓޭޖެއް. އެހެންވީމަ ކޮމާޝަލް ލޯން ނަގައިގެން ހަތަރު އަހަރު ދައްކަން އަޅާ ތަނެއްގެ ކުލި ހުންނަން ވާނީ ވަކި ވަރަކަށޭ ސަރުކާރުން ނުވެސް ބުނާނެ އަޅުގަނޑު ދެކޭ ގޮތުގައި. އެހެންވެ ކުލި ކޮންޓްރޯލުކޮށްފި ނަމަ ލޯނު ދޭން ބެންކުތަކަށް ޕްރޮޖެކްޓް ފީސިބަލްއެއް ނުވާނެ. ބޮޑު ލޯނެއް ނަގައިގެން ކުރު މުއްދަތެއްގަ ދައްކަން އަޅަފައި ހުންނަ އިމާރާާތްތައްކުގެ ކުލި ވަކި ވަރަކަށް ވުރެ ތިރިއެއް ނުވާނެ"، އެބޭފުޅާ ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
17 Sep 2026
ބިންވެރިޔާ ސްކީމް: ގުޅިފަޅުން 1393، ހުޅުމާލެއިން 603 މީހަކަށް ބިން ހަވާލުކޮށްފި
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ބިންވެރިޔާ ސްކީމްގެ ދަށުން ގުޅިފަޅާއި ހުޅުމާލެއިން ގޯޯތިތަކެއް ދޫކުުރި ނަމަވެސް އެ ތަންތަން ދޫކުރީ ބިން ވެސް ނުހިއްކަ އެވެ.
17 Sep 2026
ބިޒްނަސް ސްޓްރީމް ކިޔެވީމާ ޤައުމަށް ކުރެވޭ ޚިދުމަތް ކުޑައެއް ނޫނެވެ!
ޤައުމެއްގެ އިޤުތިޞާދު ކޮޅަށް ޖެހުމުގައި ބިޒްނަސް ސްޓްރީމުން ދަސްވެނިވާ ދަރިވަރުން އަދާކުރާ ދައުރު ވަރަށް ބޮޑެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ބިޒްނަސް ތަޢުލީމަކީ ވިޔަފާރިވެރިކަމަށް ހިތްވަރު ދީ އިޤުތިޞާދީ އިޖުތިމާޢީ އަދި ޓެކްނޮލޮޖީގެ ކުރިއެރުމަށް ބާރު އަޅާ ދާއިރާއެކެވެ. ބިޒްނަސް ތަޢުލީމަކީ ކޮންމެ ޤައުމެއްގެ ވެސް އިޖުތިމާޢީ އަދި އިޤުތިޞާދީ ތަރައްޤީގައި ބަދަލު ނުކުރެވޭ ފަދަ ދައުރެއް އަދާކުރާ ދާއިރާއެއް ކަމަށް ދިރާސާވެރީން ފާހަގަކޮށްފައިވެއެވެ. ބިޒްނަސް ތަޢުލީމު ލިބޭ ފަރާތްތައް ވަޒީފާ ހޯދުމާއި ދެމެހެއްޓެނިވި ދިރިއުޅުމެއް ބިނާކުރުމަށް ތައްޔާރުވެއެވެ.
17 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް ޝެޑިއުލް ދަތުރުތައް ފަށައިފި
އެހެން ކަމުން މަންތާއާ މޯލްޑިވިއަން ދެމެދު ވެވުނު އެއްބަަސްވުމެއްގެ ދަށުން ޝެޑިއުލް ދަތުރުތައް ފަށަން ނިންމާ މިއަދު ވަނީ އެ އޮޕަރޭޝަން ރަސްމީކޮށް ފަށާފަ އެވެ.
17 Sep 2026
މި ސަރުކާރުން އަންނަނީ ރޭވުންތެރިކަމާ އެކު ދަރަނި ބެލެހެއްޓުމުގެ މަސައްކަތް ކުރަމުން
ކުރީ ސަރުކާރުން 2019 ގައި އެސްބީއައި މެދުވެރިކޮށް ނެގި 150 މިލިއަން ޑޮލަރުގެ ލޯނުގެ އެންމެ ފަހު އިންސްޓޯލްމަންޓް މިއަދު ދައްކައި އެ ދަރަނި އެއްކޮށް ޚަލާޞްކޮށްފިއެވެ.
17 Sep 2026
ކުޑަކުދިންގެ ކެންސަރު: ބެލެނިވެރިން ދެނެގަންނަންޖެހޭ މުހިންމު ކަންކަން
ކުޑަކުދިންނަކީ މުޖުތަމަޢުގެ މުސްތަޤުބަލެވެ. ކޮންމެ ޢާއިލާއެއްގެވެސް އެންމެ ބޮޑު އުއްމީދަކީ ދަރިންގެ ޞިއްޙަތު ސަލާމަތުން ބޭތިއްބުމެވެ. ނަމަވެސް، ހީވެސް ނުކުރާ ފަދަ ބޮޑެތި ބަލިތައް ކުޑަކުދިންނަށް ކުރިމަތިވުމަކީ މުޅި ޢާއިލާގެ ދިރިއުޅުން ބަދަލުކޮށްލާ ކަމެކެވެ. މީގެ ތެރެއިން އެންމެ ބިރުވެރި އެއް ބައްޔަކީ ކެންސަރެވެ.
17 Sep 2026
ލޯނު ޚަލާޞްކުރިޔަސް ޒަރޫރީ މުދަލަށް ދައްޗެއް ނެތް
އިންޑިއާގެ ސްޓޭޓް ބޭންކުން ނެގި 150 މިލިއަން ޑޮލަރުގެ ޓްރެޒަރީ ބިލް ފެސިލިޓީ މިއަދު އެއްކޮށް ޚަލާޞްކޮށް، ތެލާއި ކާޑާއި ބޭހަށް ބޭރު ފައިސާ ލިބުމުގައި ދަތިނުވާނެ ކަމުގެ ޔަގީންކަން މާލީ ވުޒާރާއިން ދީފިއެވެ.
17 Sep 2026
ޕީއެންސީ ރިޔާސީ ޓިކެޓް ރައީސް މުޢިއްޒަށް ދޭން ފާސްކޮށްފި
ޕްރައިމަރީއަކާ ނުލައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް 2028ގެ ރިޔާސީ ޓިކެޓު ދޭން ޕީއެންސީ ކޮންގްރެސްގެ އިއްތިފާގުން ފާސްކޮށްފިއެވެ.
17 Sep 2026
ޚަދްލަޖް ބްރޭންޑުގެ އައު ސެންޓުތަކެއް ރާއްޖެއަށް ތަޢާރަފުކޮށްފި
ދުބާއީގެ މަޝްހޫރު ލަގްޒަރީ ސެންޓު ބްރޭންޑް "ޚަދްލަޖް" ގެ އައު ސެންޓުތަކެއް، އެ ބްރޭންޑުގެ ރާއްޖޭގެ ހަމައެކަނި އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރު ޕޮއިސް ޑިސްޓްރިބިއުޓާރސް އިން ބާޒާރަށް ނެރެ ވިއްކަން ފަށައިފިއެވެ.