02 Jan 2020 | 08:01
ދައުލަތުގެ ދީނަކީ އިސްލާމް ދީން ކަމަށް ބުނާ މާއްދާ އުވާނުލާނެ ކަމަށް ބަލައިގެން ނުވާނެ: އަބްދުއްރަހީމް

ދިވެހި ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ، ދައުލަތުގެ ދީނަކީ އިސްލާމް ދީން ކަމަށް ބަޔާންކޮށްފައިވާ މާއްދާ، އުވާ ނުލާނެ ކަމަށް އެއްވެސް ރައްޔިތަކު ބަލައިގެން ނުވާނެ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވައިލައި، އިދިކޮޅު ކޯލިޝަނުން މިރޭ ލ. މާވަށުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، ހުޅަނގުގެ ބަހަށް ހެއްލި ރާއްޖޭގައި އިސްލާމް ދީނަށް ފުރައްސާރަކޮށް މާތް ނަބިއްޔާއަށް ބަދުބަސް ބުނާ މީހުން ފާޅުވަމުންދާކަމަށާއި މިއީ އިންތިހާއަށް ބިރުވެރި ކަމެއް ކަމަށެވެ.

އަބްދުއްރަހީމު ވިދާޅުވީ، ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމު ގައުމެއް ކަމަށާއި އެއަށްވުރެ ވަކިން ބޮޑަށް ފަހުރުވެރިވާނެ އެހެން އެއްވެސް ކަމެއް ނޯންނާނެ ކަމަށެވެ.

މުސްލިމު ގައުމުތަކުގެ ތެރެއިން މެދުއިރުމަތީގެ ބައެއް ގައުމުތަކުގައި މިނިވަންކަން ގެއްލިފައިވާ ގޮތާއި ގުޅޭ ގޮތުން އަބްދުއްރަހީމް ވިދާޅުވީ، އެގައުމުތަކުގައި ވެރިކަން ބަދަލުކުރީ ހުޅަނގުގެ އަވާގައި ޖެހިގެން ކަމަށެވެ. ވެރިކަން ހައްޔަރުކޮށް، ދަންޖައްސައި މެރިއިރު، މިއަދާ ހަމަޔަށްވެސް އެގައުމުތަކުގެ ރައްޔިތުންނަށް ހަމަޖެހުމެއް ލިބިފައި ނުވާކަމަށް ވިދާޅުވިއެވެ. އަދި ގައުމު ސުންނާފަތިވެ، ރައްޔިތުންގެ މެދުގައި އޮތީ ހާސްކަމާއި ނުތަނަވަސްކަން ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

މީގެއިތުރުން އަބްދުއްރަހީމް ވިދާޅުވީ، ރާއްޖޭގައި އިސްލާމް ދީނާއި ހަމަޖެހުމާއި ސުލްހަ ގާއިމުވެފައި އޮތުމަށް އެދޭނަމަ ކުރިޔަށް އޮތް ލޯކަލް ކައުންސިލު އިންތިހާބުގައި އިދިކޮޅު ކޯލިޝަނަށް ވޯޓްދޭންޖެހޭ ކަމަށެވެ.

''އާއިލާއަކަށް ބަލާނެ ކަމެއް ނެތް މިފަހަރު. ވޯޓް ކަރުދާސްކޮޅުގައި ރުކެއް ޖަހާފައި އޮތިއްޔާ ހިޔާލެއް ފިކުރެއްނެތި ވޯޓް ދެއްވާ. މިރާއްޖޭގައި އިސްލާމް ދީން ދެމި އޮންނާނީ އިދިކޮޅު ކޯލިޝަނަށް ވޯޓްދީގެން. މިރާއްޖޭގައި އިސްލާމް ދީން ހިމާޔަތްކުރަން ފަހުގެ ތާރީހެއްގައި އެންމެ ބޮޑަށް މަސައްކަތް ކުރެއްވި ވެރިޔަކީ ރައީސް ޔާމީން.'' އަބްދުއްރަހީމް ވިދާޅުވިއެވެ.

ރައީސް ޔާމީން މިނިވަން ކުރުމާއި ގުޅޭ ގޮތުން ދެއްކެވި ވާހަކައިގައި އޭނާ ވިދާޅުވީ، 2023 ގައި އޮންނަ ރިޔާސީ އިންތިހާބުގައި އިދިކޮޅު ކޯލިޝަނުން ވާދަކުރައްވާނެ ކެންޑިޑޭޓަކީ ރައީސް ޔާމީން ކަމަށާއި އެކަން އެހެން ގޮތަކަށް ބަދަލު ނުވާނެ ކަމަށެވެ.

އެކަން ތަކުރާރުކުރައްވައި އަބްދުއްރަހީމް ވިދާޅުވީ، އެތެރެއިންނާއި ބޭރުން އެކަމަށް އެދިގެން ބަޔަކު މަސައްކަތް ކުރި ނަމަވެސް އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓު ބަދަލު ނުކުރެވޭނެ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
15 Sep 2026
ހިމަބަހި ޖެހޭ މިންވަރު ދަށަށް: މިދިޔަ ހަފްތާގައި ބަލި ޖެހުނީ ފަސް މީހަކަށް
އެޗްޕީއޭ އިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި، ރާއްޖެއިން މިހާތަނަށް ޖުމްލަ 269 މީހަކަށް ވަނީ ހިމަބިހި ޖެހިފަ އެވެ. މިހާރު ދަނީ މި ބަލި ޖެހޭ މީހުންގެ އަދަދު މަދުވަމުންނެވެ.
15 Sep 2026
އެމެރިކާއިން ޖައްވަށް ހަތިޔާރު ފޮނުވައި ފުރަތަމަ ފަހަރަށް އެކަން ހާމަކޮށްފި
މިކަން ހާމަކުރީ އެއާ އެންޑް ސްޕޭސް ސައިބާ ކޮންފަރެންސްގައި ވާހަކަ ދައްކަމުން އެމެރިކާގެ ވައިގެ ސިފައިންގެ ސެކްރެޓަރީ ޓްރޯއީ މެއިންކެވެ. ޖައްވަށް ފޮނުވީ ކޮން ބާވަތެއްގެ ހަތިޔާރެއް ކަމެއް ނުވަތަ ކޮން އިރަކު ކަމެއް އޭނާ ތަފުސީލުކޮށްދީފައެއް ނުވެއެވެ. ނަމަވެސް އެމެރިކާގެ ދުޝްމިނުންގެ ފަރާތުން ކުރިމަތިވާ ނުރައްކާތައް ހަލުވިކަމާ އެކު އިތުރުވަމުންދާ ކަމަށާއި ދުޝްމިނުން އައު ޓެކްނޮލޮޖީތައް ބޭނުންކޮށް ފައިދާ ނަގަމުންދާ ކަމަށް މެއިންކް ބުންޏެވެ. އެ ސަބަބާ ހެދި އޮޓޮނޮމަސް ސިސްޓަމްތަކާއި ޚަރަދު ކުޑަ ހަތިޔާރު ބޭނުންކޮށްގެން ހަނގުރާމައިގެ ބާރުވެރިކަން އެމެރިކާއިން އަވަހަށް ވަރުގަދަކުރަން ޖެހޭ ކަމަށް އޭނާ ބުންޏެވެ.
15 Sep 2026
އެކްސިޑެންޓްވުމުން މަޑުނުކޮށްދިޔަ މައްސަލައެއް: ތުހުމަތުވާ މީހާ ބަނގުރަލާއެކު ހައްޔަރުކޮށްފި
އޭނާ މަސްތުގެ ހާލަތުގައި ހުރިކަމަށް ތުހުމަތު ކުރެވުމާ ގުޅިގެން ދުއްވި އުޅަނދު ބަލައި ފާސްކުރި އިރު، ބަނގުރާ ހުރި ދަޅަކާއި ބަނގުރާ ހުސްކުރި ދެ ދަޅު ފެނިފައިވާ ކަމަށެވެ.
15 Sep 2026
ބިދޭސީ މަސައްކަތްތެރިންގެ މުސާރަ ބޭންކް މެދުވެރިކޮށް ދިނުމަށް އިލްތިމާސްކޮށްފި
މިދިޔަ މަހުގެ 25 ވަނަ ދުވަހު ގެނެސްފައިވާ ގަވާއިދުގެ އިސްލާހުގައި ބުނާ ގޮތުން ބިދޭސީ މުވައްޒަފަކަށް ވަޒީފާގެ އެއްބަސްވުމުގެ ދަށުން ލިބެންޖެހޭ މުސާރަ ޖަމާކުރަންވާނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގައި ރަޖިސްޓަރީކޮށް ނުވަތަ ހުއްދަ ދީފައިވާ ބޭންކެއްގައި އެ މީހެއްގެ ނަމުގައި ހުޅުވާފައިވާ އެކައުންޓަކަށެވެ. އެހެންވެ ބިދޭސީ މުވައްޒަފުންގެ އެކައުންޓްތައް ވީ އެންމެ އަވަހަކަށް ހުޅުވައި ނިންމުމަށް އެ ވުޒާރާއިން ވަނީ ވަޒީފާދޭ ފަރާތްތަކަށް އިލްތިމާސްކޮށްފައެވެ.
15 Sep 2026
ދަތުރުފުޅު ނިންމަވައިލެއްވުމަށް ފަހު މެލޭޝިޔާގެ ބޮޑުވަޒީރު ފުރާވަޑައިގެންފި
ފޮރިން މިނިސްޓްރީން ބުނީ ބޮޑުވަޒީރު އަންވަރު, ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވައިލެއްވުމަށް ފަހު މިހާރު ފުރާވަޑައިގެންފައިވާ ކަމަށެވެ. ވީއައިއޭ އިން އެމަނިކުފާނަށް އަލްވަދާއު ވިދާޅުވީ ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް އެވެ.
15 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް ހައްލުކުރާ އޮފީހުގެ ވެރިޔަކަށް މާނިއު އައްޔަންކޮށްފި
މި އޮފީހަކީ ވަކި މުއްދަތަކަށް ޚާއްޞަ ބާރުތަކެއް ލިބިގެން ހިންގާ އޮފީހެކެވެ. އެ އޮފީހުން ބަލަހައްޓާ ސަރަހައްދުގެ ތެރޭގައި މާލެއާއި ވިލިމާލެ އަދި ހުޅުމާލެ ހިމެނެއެވެ
15 Sep 2026
އީއެން ހޭންޑް ބޯލް އާއި އެމްޖީ ސްޕޯޓްސް މޮޅުވެއްޖެ ކުޅުނު މެޗްތަކުން މޮޅުވެއްޖެ
މި މުބާރާތުގައި މިރޭ އެންޖީ ސްޓާޓިން ނިކުންނާނީ އީއެން ހޭންޑް ބޯލްއާ ދެކޮޅަށެވެ. މިމެޗް ފަށާނީ20:30 ގައެވެ. މިރޭ ކުޅޭ ދެވަނަ މެޗްގައި ބައްދަލުކުރާނީ ނައިން އެކްސް އާއި އެމްޖީ ސްޕޯޓްސް ކްލަބެވެ.
15 Sep 2026
އޮަގަސްޓްމަސް ނިމުނުއިރު، ރަސްމީ ރިޒާވް އިތުރުވެއްޖެ
ޖުލައި މަސް ނިމުނުއިރު 638 މިލިއަން ޑޮލަރުގައި ހުރި ރަސްމީ ރިޒާވް އޮގަސްޓް ނިމުނުއިރު ވަނީ %0.9 އިތުރުވެފައިވެއެވެ