ޝާހިދުގެ ދަތުރުތަކުން ހިލޭ އެހީގެ ގޮތުގައި ތިން ބިލިޔަނެއްހާ ރުފިޔާ ހޯއްދެވި!
ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ރާއްޖެއިން ބޭރަށް ކުރެއްވި ދަތުރުތަކުން ހިލޭ އެހީގެ ގޮތުގައި 3.21 ބިލިޔަން ރުފިޔާ ހިލޭ އެހީގެ ގޮތުގައި ހޯއްދަވާފައިވާކަމަށް ހާމަކޮށްފިއެވެ.
މި ތަފްސީލް ފޮރިން މިނިސްޓްރީން ހާމަކޮށްފައިވަނީ މި ސަރުކާރުގެ އެއް އަހަރުގެ ތެރޭގައި މިނިސްޓަރ ޝާހިދު ކުރެއްވި ދަތުރުތަކުގެ ތަފްސީލްތައް ހާމަކުރުމަށް އެދި އާންމު ފަރާތަކުން ހުށައެޅުމުންނެވެ.
އެ މިިނިސްޓްރީން އާންމުކުރި ތަފްސީލްތަކުގައިވާ ގޮތުގައި 2018ވަނަ އަަހަރުގެ ނޮވެމްބަރު މަހުގެ 17ވަނަ ދުވަހުން ފެށިގެން އެ އަހަރުގެ ޑިސެމްބަރ މަހުގެ 31ވަނަ ދުވަހާއި ހަމައަށް މިނިސްޓަރ އަބްދުﷲ ޝާހިދު ކުރައްވާފައިވަނީ ދެ ރަސްމީ ދަތުރުފުޅެވެ. މި ދަތުރުތަކަށް ޚަރަދުވެފައިވާ ޖުމްލަ އަދަދަކީ 194،590.40ރުފިޔާއެވެ.
ނަމަވެސް މިދިޔަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ނޮވެމްބަރ މަހުގެ 17ވަނަ ދުވަހާއި ހަމައަށް އެބޭފުޅާ ވަނީ 18 ދަތުރުފުޅެއް ކުރައްވައި، 2.65 މިލިޔަން ރުފިޔާ ޚަަރަދުކުރައްވާފައެވެ. އެހެންކަމުން ސަރުކާރުގެ ފުރަތަމަ އަހަރު އެމަނިކުފާނު ކުރައްވާފައިވަނީ ޖުމްލަ 20ރަސްމީ ދަތުރުފުޅެވެ.
މި ދަތުުރުތަކުން ދިވެހިރާއްޖެއަށް ގިނަ ފައިދާތަކެއް ކޮށްފައިވާ ކަމަށް ފޮރިން މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން ގާތްގަނޑަކަށް 3.21 ބިލިޔަން ރުފިޔާގެ ހިލޭ އެހީ އެކި ގައުމުތަކުން ލިބިފައިވާކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists