ޝަހީދުކޮށްލާފައިވާ މީހެއްގެ ހަށިގަނޑު ކައިރީގައި އާއިލާގެ މީހުން ހިތާމަ ފާޅުކުރަނީ: ފޮޓޯ/ އަލްޖަޒީރާ
ދުނިޔެ
09 Jun 2025 | 09:08
ޣައްޒާގެ އެހީ ބަހާ ސަރަހައްދު ތަކަކީ ”އިންސާނުން ކަތިލާ ތަންތަން“

ޣައްޒާގައި އެހީ ބަހާ ސަރަހައްދު ތަކަކީ ”އިންސާނުން ކަތިލާ ތަންތަން“ ގެ ގޮތުގައި ސިފަކޮށްފިއެވެ. 

ޣައްޒާގައި އެހީ ބަހާ ދެ ސަރަޙައްދަކަށް ސީދާަ އަމާޒުކޮށް އިއްޔެވެސް ނިރުބަވެރި އިސްރާއިލުން ވަނީ ހަމަލާތައް ދީފައެވެ. އެގޮތުން ރަފާގެ އިރުމަތީގައާއި ވާދީ ޣައްޒާ ފާލަމާ ކައިރީގައި ހުރި އެހީ ބަހާ ސަރަޙައްދުތަކުގައި ކާބޯތަކެތި ހޯދަން ގޮސް ތިބި ބަޔަކަށް އަމާޒުކޮށް ދެވުނު މި ހަމަލާ ތަކުގައި މަދުވެގެން 13 މީހުން ޝަހީދުވެ، 150 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމަވެފައެވެ.

އިސްރާއީލުން ގަދަކަމުން ފޭރިގަނެ، އެމީހުންގެ ބާރުގެ ދަށަށް ގެނެސްފައިވާ ސަރަޙައްދުތަކުގައި އެމެރިކާގެ އިސްނެގުމުގެ ދަށުން ހިންގާ ޣައްޒާ ހިއުމެނިޓޭރިއަން ފައުންޑޭޝަން (ޖީއެޗްއެފް) ގެ އެހީ ބެހުމުގެ މަރުކަޒުތަކުގައި އެހީބަހަން ފެށުނީއްސުރެ އެ ސަރަހައްދަށް އެހީ ހޯދަންދާ މީހުންނަށް އަމާޒުކޮށް އަންނަނީ ހަމަލާތައް ދެމުންނެވެ.

އެގޮތުން، މޭ 27 އިން ފެށިގެން މިހާތަނަށް 130 އަށްވުރެ ގިނަ މީހުން ޝަހީދުވެ، 700 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވެއެވެ. އަދި މަދުވެގެން 9 މީހުން އަދިވެސް ވަނީ ގެއްލިފައެވެ.

ޣައްޒާ ސަރުކާރުގެ މީޑިއާ އޮފީހުން ނެރުނު ބަޔާނެއްގައި ވަނީ މި އެހީ ބަހާ ސަރަޙައްދުތަކަކީ "އިންސާނުން ކަތިލާ ތަންތަން" ގޮތަށް ސިފަކޮށްފައެެވެ. އެގޮތުން މިއީ ހައިހޫނުކަންމަތީގައި ތިބޭ މުސްލިމުން އެއްތަނަކަށް ޖަމާކޮށް، އެއްފަހަރާ އެތައްބައެއްގެ ފުރާނަ ދުއްވާލުމަށް ހިންގާ ޖަރީމާތަކެއް ކަމަށް ބުނެފައިވެއެވެ. 

"މިއީ ހަނގުރާމައިގެ ކުށްތަކާއި އިންސާނިއްޔަތާ ދެކޮޅު ކުށްތަކެއް،" މި ބަޔާނުގައި ބުނެފައިވެއެވެ. އަދި މައްސަލައާ ގުޅިގެން މިނިވަން ބައިނަލްއަޤްވާމީ ތަޙުޤީޤެއް ހިންގުމަށާއި ޖީއެޗްއެފްގެ އެހީ ބެހުމުގެ މޮޑެލް ވަގުތުން ހުއްޓާލުމަށްވެސް ވަނީ ގޮވާލާފައިވެއެވެ.

އިއްޔެގެ ހަމަލާ ދެވިފައިވަނީ، ފަތިހު 4:30 އިން ފެށިގެން އެހީ ބަހާ ސަރަހައްދުތަކަށް މީހުން އެއްވެ ކިޔުއަށް އަރަން ފަށައި، މުޅި އެ ސަރަހައްދަށް އެހީ ހޯދަން އެއްވި މީހުން ތަކުން ބައިބޯވުމުންނެވެ. 

”މިއީ އެހީ އެއްނޫން. މިއީ ދަންތުރައެއް“ ޣައްޒާގެ ރައްޔިތަކު ބުނެފައިވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
މާލޭގައި ބަނގުރާ ވިޔަފާރިކުރި އިންޑިއާގެ ދެ މީހަކު ހައްޔަރު ކޮށްފި
ފުލުހުން މައުލޫމާތު ދޭ ގޮތުގައި ހައްޔަރުކުރީ އުމުރުން 30 އަހަރުގެ ޕްރަވީން ސެންތިލްކުމާރާއި 23 އަހަރުގެ ކަންނަން އިރުލައްޕަންއެވެ.
05 Oct 2026
ސްކޫލުތައް އުފާވެރި މާޙައުލަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ: މިނިސްޓަރ
އެ ޚިޠާބުގައި ވަޒީރު ފާހަގަކުރެއްވީ ޢިލްމީ ފަންނުވެރި އަދި މަސައްކަތްތެރި ޖީލެއް ބިނާކުރުމުގައި މުދައްރިސުން ވާ ގުރުބާނީ ބަލައިގަތުމުގެ މުހިންމުކަމެވެ. މުޖުތަމަޢުގައި މުދައްރިސުންނަށް ޙައްޤު ގަދަރާއި އިޙްތިރާމު އިތުރުކޮށް އެ ދާއިރާ ކުރިއެރުވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މެދުކެނޑުމެއް ނެތި މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
05 Oct 2026
ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި
ފުލުހުން ބުނީ، މާލެއިން ފުރައިގެން އއ. ހިމަންދޫއަށް ދަތުރުކުރި ލޯންޗަކުން ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެ ރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.
05 Oct 2026
ކިނބިދޫ ގޮނޑުދޮށުން ވެލި ނުނެގުމަށް ކައުންސިލުން އިލްތިމާސްކޮށްފި
އެ ކައުންސިލުން ނެރުނު އިޢުލާނުގައި ބުނެފައިވާ ގޮތުގައި ގޮނޑުދޮށުން ވެލި ނެގުމާ ގުޅޭ ޝަކުވާތައް ރައްޔިތުންގެ ފަރާތުން ދަނީ ލިބެމުންނެވެ.
05 Oct 2026
މާލޭ ޓްރެފިކް މައްސަލައާ ގުޅޭ ގޮތުން މާލެ ޓްރާންސްޕޯޓް އޮފީހުން ސީޕީއާ ބައްދަލުކޮށްފި
ޝަހީދު ޙުސައިން އާދަމް ބިލްޑިންގުގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައި ވަނީ ގްރޭޓާ މާލެ ސަރަޙައްދުގެ މަގުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅެން ހުރި ފިޔަވަޅުތަކާ ގުޅޭ ގޮތުން ކަމަށް ފުލުހުން ބުނެފައިވެއެވެ.
05 Oct 2026
މުދައްރިސުންނަކީ ޤައުމުގެ ކުރިމަގު ބައްޓަންކޮށް ހިތްވަރު ދީ މަގު ދައްކައިދޭ ފަރާތް: ނައިބު ރައީސް
ދުނިޔޭގެ ޓީޗަރުންގެ ދުވަހާ ގުޅިގެން ރާއްޖޭގެ ނައިބު ރައީސް މުދައްރިސުންގެ ޚިދުމަތުގެ އަގު ވަޒަންކުރައްވައި އެ ފަރާތްތަކަށް އެއްބާރުލުން ދިނުމުގެ މުހިންމުކަން ވަނީ ފާހަގަކުރައްވާފައެވެ.
05 Oct 2026
ކުރިން އެމްޑީޕީން ބުނީ ރަސްމާލެއަކީ އަގެއް ނެތް ވެލިގަނޑެއް ކަމަށް
ރަސްމާލެ ހިއްކުމުގެ މަޝްރޫއު ފެށިގެން އައިއިރު އިދިކޮޅު ފަރާތްތަކުން އެއީ "އަގެއް ނެތް ވެލިގަނޑެއް" ކަމަށް ބުނެ ވާހަކަ ދެއްކި ނަމަވެސް، މިއަދު އެއީ ދައުލަތުގެ އެންމެ ބޮޑު ރައުސުލްމާލު ކަމަށް އެ ފަރާތްތަކުން ވެސް ގަބޫލުކޮށްފި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު ޙުސައިން އިމްރާން ލަޠީފް (އިއްމު) މިއަދު ވިދާޅުވެއްޖެއެވެ.
05 Oct 2026
އީގަލް ހިލްސް އެއްބަސްވުން ހާމަކުރުމަށް ގޮވާލައި މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި
ދޮޅު މަހުގެ ޗުއްޓީއަކަށް ފަހު މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި މި މައްސަލަ ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމެވެ. އެ މައްސަލައިގައި ބަޔާންކޮށްފައިވާ ގޮތުން, ސެޕްޓެމްބަރު 21 ގައި ސޮއިކުރި އެއްބަސްވުމުގެ ދަށުން ރައްޔިތުންގެ ފައިސާއިން ހިއްކާފައިވާ ރަސްމާލެއިން 500 ހެކްޓަރަށް ވުރެ ބޮޑު ބިމެއް 99 އަހަރަށް އީގަލް ހިލްސްއަށް ދޫކޮށްލީ ބިމު ކުއްޔެއް ނުވަތަ އެކުއިޒިޝަން ކޮސްޓެއް ނެގުމެއް ނެތި, ހިއްކުމުގެ ޚަރަދު ވެސް ދައުލަތަށް އަނބުރާ ލިބޭނެ އެއްވެސް ގޮތެއް ނެތް ހާލުގައެވެ.