08 Jan 2020 | 16:37
ރައީސް ޔާމީންގެ މައްޗަށް އިއްވި ހުކުމް ރިވިއުކޮށް ދިނުމަށް ޕީޖީއަށް ގޮވާލައިފި

މަނީލޯންޑަރިންގެ ކުށް ސާބިތުވެ، ފަސް އަހަރަށް ޖަލަށް ހުކުމް އިއްވާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް ރިވިއުކޮށްދިނުމަށް، ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމު، ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމަށް ގޮވާލައްވައިފިއެވެ.

ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލައި އިދިކޮޅު ކޯލިޝަނުން ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޝިޔާމު ވިދާޅުވީ، މިހާތަނަށް އައިއިރު ވަރަށް ގިނަ ހުކުމްތައް ޕީޖީން ރިވިއުކޮށްދެއްވާފައިވާކަމަށެވެ. އެހެންވެ ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ހުކުމްވެސް ރިވިއުކޮށްދެއްވުމަށް އޭނާ ގޮވައިލެއްވިއެވެ.

ޝިޔާމު ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވަނީ ސިޔާސީ ހުކުމެއް ކަމަށާއި އެހުކުމް ބަލައި ނުގަންނަ ކަމަށެވެ. އަދި އެއީ ސިޔާސީ ނުފޫޒުންކޮށްފައިވާ ހުކުމެއްކަން ޝަރީއަތް ކުރިޔަށް ގެންދިޔައިރު ބަލަން ތިބި ކޮންމެ ރައްޔިތަކަށްވެސް އެކަން އެނގިގެންދާނެ ކަމަށް ޝިޔާމު ވިދާޅުވިއެވެ.

''ޝައްކު އުފެދޭ ކަންކަމުގައި ބައެއް މައްސަލަތައް އެބަ ރިވިއުކުރައްވައި. އެގޮތަށް ވަރަށް ގިނަ ހުކުމްތައް އެބަހުރި މިހާތަނަށް އައިއިރު ރިވިއުކޮށްފައި. ޕީޖީއަށް އެނގިވަޑައިގަންނަވާނެ ރައީސް ޔާމީނާ ދޭތެރޭގައި ކަންތައް ވެގެންދިޔަ ގޮތް. އެމަނިކުފާނަކީ ގާނޫނީ ބޭފުޅެއް، ފުންނާބު އުސް ބޭފުޅެއް. އެމަނިކުފާނަށް އެނގިވަޑައިގަންނަވާނެ ހުކުމުގައި ލިޔެފައި އޮތް އެއްޗެއް، އެލިޔެފައި އިޮތީ ކޮން ގޮތަކަށް، ކިހިނެއްކަންވެސް.'' ޝިޔާމު ވިދާޅުވިއެވެ.

އަދި އެހާ އަވަސް އަރުވާލައިގެން ކުރި ހުކުމަކީ އެއީ ކޮން ދިމާލަކުން ކޮން ގޮތަކަށް އައި ހުކުމެއްކަންވެސް ޕީޖީ ޝަމީމަށް އެނގިވަޑައިގަންނަވާނެ ކަމަށް ޝިޔާމު ވިދާޅުވިއެވެ.

ޝިޔާމު ވިދާޅުވި ގޮތުގައި މިސަރުކާރަކީ އިހުލާސްތެރިކަމެއް ހުރި ސަރުކާރެއް ނަމަ ރައީސް ޔާމީން މިނިވަން ކުރާނެ އެވެ.

ޝިޔާމު ވިދާޅުވީ ޕީޖީ ޝަމީމަކީ އިހުލާސްތެރިކަމާ އެކު ރައްޔިތުންނަށް ހިދުމަތް ކުރެއްވުމަށް ވަޑައިގެން ހުންނެވި ބޭފުޅެއް ކަމުގައިވާނަމަ، ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލި ދައުވާ ރިވިއުކުރަންޖެހޭ ކަމަށެވެ.

އަދި ކުރިމިނަލް ކޯޓުން ރައީސް ޔާމީންގެ މައްޗަށް އިއްވި ހުކުމުގައި ހިމަނާފައިވާ ކަންކަމަކީ ސީދާ ބުހުތާނު ދޮގުކަން ޝަމީމަށް އެނގިވަޑައިގަންނަވާނެ ކަމަށް ވިދާޅުވިއެވެ.

އެގޮތުން ސަރުކާރުގެ އިދާރާތަކުން ފޮނުވި ލިޔުންތަކުގައިވާ ބައެއް ކަންކަމަށް ރިޢާޔަތްކޮށް ހުކުމުގައި ހިމަނާފައިވާ ކަމަށެވެ.

ރައީސް ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވައި، ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރީ، އެމްއެމްޕީއާރްސީ މެދުވެރިކޮށް ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު ލޯންޑާ ކުރިކަން ސާބިތުވެގެންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
17 Jun 2026
ޒިދާންގެ ދަރިފުޅު އަލްޖީރިއާގެ ގޯލް ބަލަހައްޓަން އެރިއިރު މާސްކު އެޅީ ކީއްވެ
މިފަހަރުގެ ވޯލްޑްކަޕްގައި މިއަދު އަލްޖީރިއާއާއި އާޖެންޓީނާ ބައްދަލުކުރި މެޗުގައި، ދުނިޔޭގެ ފުޓްބޯޅައިގެ ލެޖެންޑް ޒައިނުއްދީން ޒިދާންގެ ދަރިފުޅު، ލޫކާ ޒިދާން، ފެނުނީ އަލްޖީރިއާގެ ގައުމީ ޓީމުގެ އެއްވަނަ ކީޕަރުގެ ގޮތުގައެވެ.
17 Jun 2026
އިރާނުން ޑިމާންޑް ކުރަނީ 300 ބިލިއަން ޑޮލަރުގެ ފަންޑެއް: ރިޕޯޓް
އެމެރިކާ އާއި އީރާނާ ދެމެދު ވެވުނު ސުލްހައިގެ އެއްބަސްވުމުގެ ދަށުން، އީރާނުގައި އިންވެސްޓްމަންޓްތައް އިތުރުކުރުމަށް މަގުފަހިކުރުމުގެ ގޮތުން 300 ބިލިއަން ޑޮލަރުގެ ޕްރައިވެޓް ފަންޑެއް ގާއިމުކުރުމަށް ހިމަނާފައިވާ ކަމަށް ރޮއިޓާސް އިން ބުނެފިއެވެ.
17 Jun 2026
ފެން ހޫނުކުރާ ޕޮޓެއްގައި ރޯވެ ހުޅުމާލޭ ފުލެޓެއްގައި އަލިފާނުގެ ހާދިސާއެއް؛
އެމްއެންޑީއެފުން މައުލޫމާތު ދީފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ ހުޅުމާލެ 141 ވަނަ ފްލެޓްގެ ގްރައުންޑް ފްލޯގެ ބަދިގޭގައި ބޭނުންކުރި ފެންހޫނުކުރާ ޕޮޓެއްގައި ރޯވެގެންނެވެ.
17 Jun 2026
މެސީގެ ހެޓްރިކާއެކު އާޖެންޓީނާއިން އަލްޖީރިއާ ބަލިކޮށްފި
ހެޓްރިކް ހެދުމުގެ އިތުރުން މުޅި މެޗްގައިވެސް މޮޅު ކުޅުމެއް ދައްކާފައެވެ
17 Jun 2026
ހާލަންޑްގެ މޮޅު ކުޅުމާއެކު ނޯވޭއިން ފަސޭހަކަމާއެކު އިރާގް ބަލިކޮށްފި
މެޗްގައި ތަރިއަކަށްވީ މެންޗެސްޓަރ ސިޓީގެ ފޯވަޑް ހާލަންޑެވެ. އޭނާ ވަނީ މިމެޗްގައި ދެ ލަނޑު ނޯވޭއަށް ކާމިޔާބުކޮށްދީފައެވެ
17 Jun 2026
ސެނެގާލް ބަލިކޮށް ފްރާންސުން ވަރލްޑްކަޕްގެ ފެށުން ރަނގަޅުކޮށްފި
މިމެޗްގެ ފުރަތަމަ ހާފުގައި ފްރާންސްގެ ފަރާތުން ފެނުނީ ދަށް ކުޅުމެކެވެ. އެ ހާފުގައި އެ ޓީމަށް ފޮނުވާލެވުނީ އެންމެ ހަމަލާއެކެވެ. ނަމަވެސް ދެވަނަ ހާފުގައި އެ ޓީމުން ވަނީ ކުޅުން ރަނގަޅުކޮށް ތަފާތު ދައްކާފައެވެ.
16 Jun 2026
ގޯއްޗާއި ފްލެޓަށް އެދި 58،505 ފޯމް ހުށައެޅި
އެއީ ފްލެޓަށް އެދި 35،930 ފޯމާއި ގޯއްޗަށް އެދި 22،575 ފޯމެވެ.
16 Jun 2026
ވިޔަފާރިވެރިޔާ މުޙައްމަދު ޞާލިޙްގެ އަމިއްލަފުޅު ގޭގައި ރީތި މިސްކިތެއް ބިނާކޮށްދެއްވައިފި
މިއަދު ހަވީރު އައްޑޫ ހުޅުދޫގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތުގައި މުޙައްމަދު ޞާލިޙުއާއި އެމަނިކުފާނުގެ ޢާއިލާގެ ބޭފުޅުން ބައިވެރިވަޑައިގެންފައިވެ އެވެ.