08 Jan 2020 | 22:17
ފޮރެންސިކް ދާއިރާއިން ތަމްރީން ހޯދުމަށް 20ފުލުހަކު އިންޑިޔާއަށް ފުރަނީ

ފޮރެންސިކް ދާއިރާާގެ ގާބިލިއްޔަތުކަން އިތުުރުކޮށް ތަމްރީން ހޯދުމަށްޓަކައި ދިވެހި ފުލުހުންގެ ތެރެއިން 20އޮފިސަރަކު އިންޑިޔާގެ ގުޖުރާތަށް ދިއުމަށް ހަމަޖެހިއްޖެއެވެ.

މިމަހުގެ 13ވަނަ ދުވަހުން ފެށިގެން 24ވަނަ ދުވަހާއި ހަމައަށް މި އޮފިސަރުން ދިއުމަށް ހަަމަޖެހިފައިވަނީ ގާންދީނަގަރުގައި ހުންނަ ގުޖުރާތު ފޮރެންސިކް ސައިންސަސް ޔުނިވަރސިޓީއަށެވެ.

ކްރައިމް ސީން މެނޭޖްމަންޓްގެ ކޯހެއްގައި މި 20 އޮފިސަރުން އެ ޔުނިވަރސިޓީއަށްދާއިރު، މިހާރުވެސް އެ ޔުނިވަރސިޓީގައި 20ދިވެހި އޮފިސަރުން ދަނީ ޑީއެންއޭ ފިންގަރޕްރިންްޓް ދާއިރާގެ ކޯހެއް ފުރިހަމަކުރަމުންނެވެ. މި ކޯސް ނިމޭނީ މިމަހުގެ 10ވަނަ ދުވަހުގައެވެ. މީގެ އިތުރުން ކުރިއަށް އޮތް ހަފްތާތަކުގައިވެސް ފޮރެންސިކްގެ އެހެނިހެން ދާއިރާތަކުން ތަމްރީން ކޯސްތައް ފުރިހަމަކުރުމަށް އިންޑިޔާއަށް ދިވެހި ފުލުހުން ދިއުމަށް ވަނީ ހަމަޖެހިފައެވެ.

މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރާއްޖެއަށް ކުރެއްވި ރަަސްމީ ދަތުރުފުޅުގެ ތެރެއިން ވަނީ ޖީއެފްއެސްޔޫގައި ސަތޭކަ ދިވެހި ފުލުހުންނަށް ކިޔެވުމުގެ ޖާގަ ހަމަޖައްސަވައިދެއްވާފައެވެ.

ޖީއެފްއެސްޔޫއަކީ ފޮރެންސިކް ދާއިރާގައި ދުނިޔޭގައި އެންމެ ކުރިއަރާފައިވާ އެއް ތަނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ
12 Sep 2026
ބުރު ބަލިކޮށް އީގަލްސް، ސީޒަންގެ ފެށުން ރަނގަޅުކޮށްފި
ބްރާސްފަތި ދުވަހު ބިސްބުރު ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
12 Sep 2026
ގައްދޫ ބަލިކޮށް ދިވެހި ޕްރިމިއާ ލީގުގެ ފެށުން ނިއުރޭޑިއަންޓުން ރަނގަޅުކޮށްފި
މިއަދުގެ މެޗުގައި ނިއުރޭޑިއަންޓްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމަށް ލީޑު ނަގައިދިނީ މެޗުގެ 9 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ކުޅަދާނަ ފޯވާޑް ޑޮރިއެލްޓަން ގޯމޭސްއެވެ
12 Sep 2026
ބ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް ހަމައަށް މިރޭ ހުދު ސަމާލް
ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް އެ އިދާރާއިން ލަފާކޮށްފައިވެއެވެ
12 Sep 2026
އައުޤާފަށް ހާއްސަކޮށް ކުންފުންޏެެއް އުފައްދައިފި
"މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު، މިއަދު އުފައްދަވައިފި އެވެ.
12 Sep 2026
ޢިރާޤުން ފޮނުވި ޑްރޯނު ހަމަލާއަކާ ގުޅިގެން ސަޢޫދީގެ މުހިންމު...
ޢިރާޤުން ފޮނުވި ޑްރޯނުތަކެއް ބޭނުންކޮށް ސަޢޫދީ ޢަރަބިއްޔާގެ އީސްޓް-ވެސްޓް ތެޔޮ ހޮޅިއަށް ދިން ހަމަލާއާ ގުޅިގެން، މެދުއިރުމަތީގެ ހަމަނުޖެހުން ފުޅާވަމުންދާ ދަނޑިވަޅެއްގައި، ސަޢޫދީން އެ ހޮޅި ބަންދުކޮށްފިއެވެ.