ޓްރަމްޕަށްވެސް ގޯސްވީ ކުރީގެ ސަރުކާރު!

09 Jan 2020 | 13:54

ރޭގެ ވަގުތެއްގައި އިރާނުން އިރާގުގައި ހުރި އެމެރިކާގެ އަމާޒުތަކަށްދިން މިސައިލް ހަަމަލާތަކުގެ ޒިންމާ އުފުލަން ޖެހޭނީ ކުރީގެ ރައީސް ބަރަކް އޮބާމާގެ ސަރުކާރުންކަމަށް، އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ޑޮނަލްޑް ޓްރަމްޕް މިހެން ވިދާޅުވީ އެ ހަަމަލާއާއި ގުޅިގެން މީޑިޔާތަކާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ޓްރަމްޕް ވިދާޅުވީ ނިމިދިޔަ ސަރުކާރުން 2015ވަނަ އަހަރު އިރާނާއި އެކު ނިޔުކްލިޔަރ އެއްބަސްވުމުގައި ސޮއިކުރި އިރު، ގިނަ އަދަދަކަށް އިރާނަށް ފައިސާ ދީފައިވާ ކަމަށާއި އެ އެއްބަސްވުމުގައި ސޮއިކުރެވުނު އިރުވެސް އިރާނުން އެމެރިކާގެ ހަލާކަށް ގޮވާފައިވާ ކަމަށެވެ. އަދި ރޭގެ ވަގުުތެއްގައި އިރާނުން ހަމަލާތައްދިން މިސައިލްތައް ގަނެފައިވަނީ އެމެރިކާއިން ދިން ފައިސާއިން ކަމަށާއި، އެެހެންކަމުން އެ ހަމަލާގެ ޒިންމާ ކުރީ ސަރުކާރުން ނަގަންޖެހޭނެކަމަށް ވިދާޅުވިއެެވެ. 

މިހާރު އެމެރިކާއަކީ މުޅި ދުނިޔޭގައިވެސް އެންމެ ގިނައިން ތެލާއި ގުުދުރަތީ ގޭސް އުފައްދާ ގައުމުކަމަށާއި، އެމެރިކާއަކީ މުސްތަގިއްލު ގައުމެއްކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ. އަދި އެގައުމަށް މެދުއިރުމަތިން ތެޔޮ ބޭނުން ނުވާކަމަށްވެސް އެބޭފުޅާ ވަނީ ވިދާޅުވެފައެވެ.

އިރާނުން ދިން ހަމަލާއަށް އިޝާރާތްކޮށް ޓްރަމްޕް ވިދާާޅުވީ، އެ ހަމަލާއަށް ރައްދުދޭނެ ގޮތްތައް ބަލަމުންދާ ކަމަށާއި ނަމަވެސް މި ދަނޑިވަޅުގައި އިރާނާއި ދެކޮޅަށް އިތުރު އިގްތިސާދީގޮތުން ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް ނިންމާފައިވާ ކަމަށެވެ. އަދި އިރާނުގެ ގޮތްތައް ބަދަލު ނުކުރަނީސް މި ފިޔަވަޅުތައް ދެމިއޮންނާާނެކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.

ނަމަވެސް ޓްރަމްޕް ވަނީ އިރާނަކީވެސް އިގްތިސާދީ ވަސީލަތްތައް ހުރި ގައުމެއްކަން ފާހަގަކޮށް، ދެގައުމުން އެކުގައި މަސައްކަތްކޮށްފިނަމަ ފައިދާތަކެއް ލިބިދާނެކަމަށް ވިދާޅުވެފައެވެ. އަދި އިރާނުން އެގައުމުގެ ނިރުބަވެރިކަމާއި ނިއުކްލިޔަރ އުންމީދުތައް ދޫކޮށްލަންޖެހޭކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ.

Advertisement

ކޮމެންޓް