09 Jan 2020 | 14:58
ކައިރި ގައުމެއްގެ އިންޓެލިޖެންސުގެ އެޖެންސީންވެސް ޖަލަށް ވަންނަ ކަމަށް އެބަވޭ: ޝިޔާމު

ރާއްޖޭގެ ޖަލަށް ކައިރި ގައުމެއްގެ އިންޓެލިޖެންސުގެ އެޖެންސީން ވެސް ވަންނަމުންދާކަމަށް މައުލޫމާތު ލިބިފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލައި އިދިކޮޅު ކޯލިޝަނުން ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޝިޔާމު ވިދާޅުވީ، ރާއްޖޭގެ ޖަލުގެ ހާލަތު ކަންބޮޑުވާ މިންވަރަށް އިތުރުވެފައިވާކަމަށެވެ. އަދި ޖަލުގެ ކަންކަމާ ނުބެހޭ މުއައްސަސާތަކުންވެސް ޖަލަށް ވަންނަ މަންޒަރު ފެންނަ ކަމަށް ވިދާޅުވިއެވެ.

''އަޅުގަނޑުމެން އަދި މާ ކަންބޮޑުވާ ވާހަކައެއް އެބަ އިވޭ. އަވެއްޓެރި ގައުމެއްގެ އިންޓެލިޖެންސުގެ އެޖެންސީންވެސް ރާއްޖޭގެ ޖަލަށް ވަންނަ ކަމަށް އެބަވޭ. އެހެންވީމާ ރައީސް ޔާމީނަށް މިއަދު ޖަލުގައި ހުންނަވައިގެން އޮތް ރައްކާތެރިކަމަކީ ކޮބައިތޯ. އެމަނިކުފާނުގެ ވެރިކަން ނިމުމަކަށް ގެނައުމަށް މަސައްކަތް ކުރި ގައުމުތަކުގެ އިންޓެލިޖެންސްގެ އޭޖެންސީތަކުން މިއަދު ޖަލަށް ވަނުމަކީ މިއީ އަޅުގަނޑުމެން ބިރުގަންނަ ކަމެއް. ކަންބޮޑުވާ ކަމެއް، ރައީސް ޔާމީނަށް އޮތް ނުރައްކަލެއް.'' ވަކި ގައުމެއްގެ ނަން ފާހަގަ ނުކުރައްވައި ޝިޔާމު ވިދާޅުވިއެވެ.

ޝިޔާމު ވަނީ، ރައީސް ޔާމީންގެ ރައްކާތެރިކަމަށްޓަކައި ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒު، ރައްޔިތުންނަށް ދެއްވި 100 ޕަސެންޓް ޔަގީންކަމާއި މެދު ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.

ޖަލުގެ ހާލަތު ބެލުމަށް އުފެއްދި ރިޔާސީ ކޮމިޝަން ކޮބައިތޯ ސުވާލު އުފައްދަވަމުން ޝިޔާމު ވިދާޅުވީ، މިއީ މަތިބަރުކޮށްގެން އުޅޭ ސަރުކާރެއް ކަމަށެވެ. ޖަލުގެ ކަންކަން އޮޑިޓް ކުރުމަށްފަހު ފުރިހަމަ ރިޕޯޓެއް ނެރުނުކަމަށާއި ނަމަވެސް ޖަލުގެ ކަންކަމާ ހަވާލުވެ ހުންނެވި އެންމެ އިސް ފަރާތުން އެ ރިޕޯޓުގައި ހުރި އެއްވެސް ކަމެއް ރަގަޅުކޮށްފައިނުވާކަމަށްވެސް ޝިޔާމު ވިދާޅުވިއެވެ.

މީގެއިތުރުން މިސަރުކާރު ވެރިކަމަށް އައިފަހުން އަހަރާއި ތިން މަސްވެގެން ދާއިރު އަދިވެސް ޖަލުގެ ކަންކަން ރަގަޅު ނުކުރެވިގެން އުޅެނީ ކުރީގެ ސަރުކާރުން ކަމަށް ބުނުމަކީ އުޒުރެއް ނޫން ކަމަށާއި އެއީ ސަރުކާރުގެ ނާގާބިލުކަން ހާމަވެގެން ދިޔަ ކަމެއް ކަމަށް ޝިޔާމު ވިދާޅުވިއެވެ.

ޖަލުގެ ކަންކަން އޮތީ އިންތިހާއަށް ބޮއްސުންލާފައި ކަމަށް ވިދާޅުވެ ޝިޔާމު ވަނީ ރައީސް ޔާމީނަށްވެސް އަދި އެހެން އެެއްވެސް ރައްޔިތަކަށް ޖަލުގައި ރައްކާތެރިކަން ނެތް ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
އދ ގެ ތެރެއިން ފަލަސްތީނަށް ލިބެންޖެހޭ ހައްޤުތައް ވަނީ ހިފެހެއްޓިފައި
ފަލަސްތީނުގެ މައްސަލައަކީ ބައިނަލްއަގުވާމީ އެޖެންޑާގެ އެންމެ ކުރީގައި އޮތް މައްސަލައަށް ވީނަމަވެސް، ބައިނަލްއަގުވާމީ މުހިންމު މަޝްވަރާ މަޖިލިސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ފަލަސްތީނުގެ ރައްޔިތުންނަށް ބަންދުވެފައި އޮތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން
26 Sep 2026
ނޭޕާލަށް ނިސްބަތްވާ ދެ މީހަކު ހަށިގަނޑުގައި ފޮރުވައިގެން މަސްތުވާތަކެތި އެތެރެކުރި މައްސަލައެއް
ދިރުވާލައިގެން މަސްތުވާތަކެތި އެތެރެކުރި ނޭޕާލުގެ ދެ މީހަކު ހައްޔަރުކޮށް ކްރިމިނަލް ކޯޓުން ތިން ދުވަހުގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ. ދެ މީހުން ވެސް މިހާރު ތިބީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައެވެ.
26 Sep 2026
ސިނަމާލެ ބްރިޖަށް ފައިމަގުގައި އަރާ ބައެއް މީހުން އެއާޕޯޓާއި ހުޅުމާލޭ ކޮޅަށް ދާ މައްސަލަ ބޮޑުވެއްޖެ
ފުލުހުން ބުނީ ބުނީ ސިނަމާލެ ބްރިޖްގެ ވޯކްވޭގައި ބެރިކޭޑް ބަހައްޓާފައިވާ ސަރަހައްދު ހުރަސްކޮށްދާ މީހުންނާމެދު ގަވާއިދުން ފިޔަވަޅު އަޅަމުންގެންދާނޭކަމަށެވެ.
26 Sep 2026
އަންނަ އަހަރުން ފެށިގެން އައި.އެމް.އެފް ގެ ޕްރޮގްރާމުން ސްރީލަންކާ ވަކިވަނީ
ސްރީލަންކާއަށް ކުރިމަތިވި އިގްތިސާދީ ހީނަރުކަމުން އަރައިގަތުމަށް އެޤައުމުން އަންނަނީ ވަރލްޑް ބޭންކާއި އައިއެމްއެފުން ހުށަހެޅި ކަންތައްތައް ފުރިހަމަ ކުރަމުންނެވެ.
26 Sep 2026
ނުރައްކާތެރިކޮށް ދުއްވި މީހާ ދެނެގަނެވިއްޖެ، ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށް: ފުލުހުން
މި މައްސަލަ އެއްވެސް ފަރާތަކުން ރިޕޯޓް ކޮށްފައި ނުވިނަމަވެސް، އެ މައްސަލަ ބަލަމުންދާކަމަށް ފުލުހުން ބުންޏެވެ
26 Sep 2026
ބިދޭސީންތަކެއް މަޑި ބާނާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން މެމްބަރު ކުޑޫގެ ޕޯސްޓެއް
އެ ޕޯސްޓުގައި މެންބަރު ކުޑޫ ފާހަގަކޮށްފައިވާ ގޮތުގައި ބިދޭސީން މިފަދަ ޤާނޫނާ ޚިލާފު ޢަމަލުތައް ހިންގުމަށް ޖެހިލުންނުވާ ސަބަބަކީ އެފަދަ ކަންކަމުގައި އެކަށީގެންވާ ފިޔަވަޅު ނޭޅި ޤާނޫނީ ޒިންމާއިން ރެކެވޭނެ ފުރުޞަތު އޮތުމެވެ.
26 Sep 2026
ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ
ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސެކިއުރިޓީ ފޯސަސްގެ ހަތް މީހަކު ހިމެނޭ ކަމަށާއި ޒަޚަމްވި މީހުންގެ ތެރޭގައި ސެކިއުރިޓީ ބާރުތަކުގެ 20 މީހަކު ހިމެނޭ
26 Sep 2026
ހައުސިން ވުޒާރާގެ ލޮކަރުތަކެއް ހުއްދަ ނެތި ހުޅުވި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި
ފުލުހުން ނެރުނު ބަޔާނުގައިވާ ގޮތުން އެ ވުޒާރާއިން އެ މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އިއްޔެ ރޭގަނޑު 19:18 ހާއިރު ފުލުހުން ވަނީ އެ ވުޒާރާއަށް ގޮސްފައެވެ. އެގޮތުން، ފުލުހުންގެ ކުރިމަތީގައި އެ ވުޒާރާގެ މުވައްޒަފުން ލޮކަރުތަކުގައި ހުރި ލިޔެކިޔުންތައް ބެލިއިރު އެއްވެސް ލިޔުމެއް ގެއްލިފައި ނުވާ ކަން ޔަގީންވެފައިވެއެވެ.