15 Jan 2020 | 09:17
ކޯޓުތައް އިސްލާހު ނުކުރިނަމަ ގާނޫނުތައް ބާތިލުކުރާނެ، އެހެންވެ މަޖުބޫރުވީ އެކަން ކުރަން: ނަޝީދު

ޖުޑިޝަރީ އިސްލާހުކޮށް، ކޯޓުތަކުގެ ފަނޑިޔާރުން ވަކި ނުކުރިނަމަ، ރައްޔިތުންގެ މަޖިލީހުން ހެދި ގާނޫނުތައް މިއަދު ހުންނާނީ ބާތިލުކޮށްފައި ކަމަށާއި އެސަބަބުތަކަށްޓަކައި ކޯޓުތައް އިސްލާހު ކުރަން މަޖުބޫރުވީ ކަމަށްރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީން ތިލަދުންމައްޗަށް ކުރާ ދަތުރުގައި ރޭ ހއ. ދިއްދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމަށް ފުރަތަމަ އަޅަންޖެހޭ ތަރަހަ އަކާއި ބިނަގަލެއް އެބަ ވާކަމަށެވެ. އެއީ ކޯޓުތަކުގެ ގާނޫނު އިސްލާހު ކުރުމާއި ފަނޑިޔާރުގެ އިސްލާހު ކުރުން ކަމަށެވެެ. އެގޮތުން ކޯޓުތައް އިސްލާހު ނުކޮށް، ވައުދު ފުއްދުމުގެ މަސައްކަތް ފެށިނަމަ، މިއަދު އޮންނާނީ ގާނޫނުތައް ކޯޓުން ބާތިލުކޮށްފައި ކަމަށް ނަޝީދު ވިދާޅުވިއެވެ.

''ޝަރުއީ ނިޒާމު، ކޯޓުތައް އިސްލާހު ނުކޮށް، އަޅުގަނޑުމެން މިއަދު މިކަމުގެ ތެރެއަށް ދިޔަނަމަ، އަޅުގަނޑުމެން ހަދާ ގާނޫނު އޭގެ އަނެއް ދުވަހު ބާތިލުކުރާނެ. އަޅުގަނޑުމެން ހަދާފައިވާ ގާނޫނު އޭގައި ލިޔެފައި އޮތް ގަނޑުގެ ދެއްޔަށްވެސް އޭގެ ހަރަދު ނުދާނެ. އަޅުގަނޑުމެންނަށް އެހެންވީމާ މަޖުބޫރުވީ ފުރަތަމަ ކުރަންޖެހޭ ކަންކަން ފުރަތަމަ ކުރަން.'' ރައީސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވި ގޮތުގައި ވަކި ހާއްސަ ކަންތައްތަކެއް ވަކި ވަގުތަކު ވަކި އިރަކު ވަކި ގޮތަކަށް ކުރުަމަކީ ތަރައްގީކަން އަބަދުވެސް އެމްޑީޕީން ބުނަމުންދާ ކަމަށެވެ.

އެމްޑީޕީގެ ވައުދުތައް ހާއްސަވެގެން ދަނީ ވަކި ގަޑިއެއްގައި ވަކިކަމެއް ވަކި ގޮތަކަށް ކުރުމަށް ކަމަށް ނަޝީދު ވިދާޅުވިއެވެ. 2018 ވަނަ އަހަރު މިރާއްޖޭގެ ވެރިކަން ބަދަލުވުމުގެ އެންމެ ބޮޑު ސިއްރަކީ ރާއްޖޭގައި އިންސާފު ގެއްލިގެން ދިޔުން ކަމަށާއި ފަނޑީޔާރުގެއިން ގާނޫނު ހެދުންވެސް އަދި އެހެން ކަންކަން ވެސް ކުރަމުން ދިޔުމުން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

'' ފަސް އަހަރު ތެރޭގައި ރަނުން ރަނަށް ވައުދުތައް ފުއްދާނަން. ރައީސް ކަމުގައި އެއިންނެވީ ފަސް އަހަރަށް އިބްރާހީމް މުހައްމަދު ސޯލިހު، އަޅުގަނޑު މިހުރީ މަޖިލީހުގެ ރައީސް ކަމުގައި. ދެން ބައްލަވާ، ދެން ބައްލަވާ ،އާދޭ ބައްލަވަން ޕީޕީއެމްވެސް އެހެން މީހުންވެސް.އަޅުގަނޑުމެން ބައްޔެއް ނުކުރެވޭނެ.'' ރައީސް ނަޝީދު ވިދާޅުވިއެވެ.

މީގެއިތުރުން މިސަރުކާރުން ރައްޔިތުންނަށް ވައުދުތައް ވަމުންދަނީ ތަންދޮރު ދަނެގެން ކަމަށާއި ކޮވެއްޔަށް އަބަދުވެސް ޖެހޭނީ ކާޅު ހާލި ހެދީމައި އައިސް ބިސް އަޅަން ކަމަށެވެ.

''ވައުދެއްވަމުން މިދަނީ އަޅުގަނޑުމެންނަށް ތަންދޮރު އެނގިގެން، މިއީ ކިހިނެއްކުރާ ކަމެއްކަންވެސް އެނގިގެން، އެހެނޭ ކިޔާފައި ހަމަ ކޮވެއްޔަށް ޖެހޭނީ ކާޅުގެ ހާއްޔަށް އައިސް ބިސްއަޅަން. އެސޮރު ނުދަނެއޭ އޭގައި ހާލި ހަދާކަށް. އެސޮރު އަބަދުވެސް ދަސްކޮށްފައި އޮތީ އެހެން މީހެއްގެ ތެރެއަށް އެރިގަންނަން. އަމިއްލަކަމެއް ނުކުރަން، އެހެންމީހަކު ކުރި ކަމަކުން ނޫނިއްޔާ ތިމަނާއަށް ކަމެއް ނުވާނެ ގޮތަކަށް. ހަމަ ބުނާނީ މިހާއްޔަށް އެހެން ބަޔަކު ބިސް ނާޅައްޗޭ. މިއީ އަޅުގަނަޑުމެންގެ ހާއްޔެއް. ރައްޔިތުން މިހާރު އެގޮތެއް ބަލައެއް ނުގަނޭ'' ނަޝީދު ވިދާޅުވިއެވެ.

މީގެއިތުރުން ނަޝީދު ވިދާޅުވީ ލާމަރުކަޒީ ގާނޫނުން ކައުންސިލުތަކަށް ލިބިދޭ ބޮޑު ބަޖެޓުން ރަށުގައި ވަޒީފާތައް އިތުރުކުރަންޖެހޭ ކަމަށެވެ.

އަދި ތިލަދުންމަތީގައި ހިންގާ މަޝްރޫއުތަކަށް ބޭނުންވާ ސާމާނު ތިލަދުންމަތީ ފިހާރަތަކުން ގަނެ، އެމަސައްކަތް ކުރާނެ މީހުންވެސް ތިލަދުންމަތިން ހޯދުމަށް ނަޝީދު އިލްތިމާސްކުރެއްވިއެވެ.

''ތިލަދުންމަތީގެ ކޮންމެ ރަށެއްގައި ވަޑާންގެއެއް ހަދައިގެން 24 ގަޑިއިރު ގޮނޑި މޭޒު ޖެއްސަސް ތިލަދުންމަތީގެ ސުކޫލުތަކަށް ނުފުދޭ. ބޭނުންވަނީ އެބަދަލު ގެންނަން. ޗައިނާއިން އެގޮނޑި މޭޒު ގެންނާކަށް ނުޖެހޭނެ. އެޕްލާސްޓިކް ގޮނޑި މިތާކު ބަހައްޓާކަށްވެސް ނުޖެހޭ. މިއަތޮޅުގައި އެބަތިބި ވަޑިން. ކޮންމެ ކައުންސިލެއްގައި ބަހައްޓާކަށް ނުޖެހޭ ގައްބަރު ސިންގް ގޮނޑިއެއް. ރީތި އަދަރާދަ ގޮނޑިއަކީ އެއްތެޔޮ ފުރާފައި ރީތިކޮށް ބަހައްޓާފައި ހުންނަ އެއްޗެއް.'' ނަޝީދު ވިދާޅުވިއެވެ.

މީގެއިތުރުން ނަޝީދު ވިދާޅުވީ މަސްވެރިންނަށް ސަރުކާރުންވީ ވައުދުތައްވެސް ފުއްދާނެ ކަމަށާއި ރައީސް ސޯލިހު ރަނުން ރަނަށް ވައުދުތައް ފުއްދަވާނެ ކަމަށެވެ.

ކޯޓުތައް އިސްލާހު ނުކޮށްފިނަމަ އެޖެންޑާ 19 ގެ ވައުދުތައް ފުއްދުމަށް ރައްޔިތުންގެ މަޖިލީހުން ހެދި ގާނޫނުތައް ބާތިލުކުރީސްކަމަށާއި އެހެންވެ ފަނޑިޔާރުން ވަކިކުރީ ކަމަށް ނަޝީދު ވިދާޅުވިއިރު، މިސަރުކާރު ވެރިކަމާ ހަވާލުވި އިރު ސުޕްރީމް ކޯޓުގައި ތިއްބެވި ފަސް ފަނޑިޔާރުންވެސް ވަކިކޮށްފައިވަނީ އެބޭފުޅުންގެ މައްޗަށް ތަފާތު ތުހުމަތުތައް ކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Sep 2026
ބާރަށުގައި ރޭގަނޑު 9 ގެ ފަހުން ދަރިވަރުން ބޭރުގައި އުޅުން މަނާކޮށްފި
ޒަރޫރީ ބޭނުމެއް ނެތި ރޭގަނޑު ނުވައެއް ޖެހުމަށް ފަހު، ބެލެނިވެރިއަކާއެކު މެނުވީ ދަރިވަރުން ބޭރުގައި
24 Sep 2026
އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ޔޫއޭއީގެ އެންއެމްޑީސީއާ އެމްޓީސީސީ ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި ޑްރެޖިންގ ސަޕޯޓާއި މުވައްޒަފުން ތަމްރީނުކުރުމާ ގުޅޭ ގޮތުން އަބޫދާބީގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
24 Sep 2026
ހިލޭ ޑިގްރީ ސްކީމުގައި ބައިވެރިވި ދެބައިކުޅަ އެއްބައި ދަރިވަރުން ކޯސް ނުނިންމާ
އެ ރިޕޯޓުގައި ދިރާސާކޮށްފައި ވަނީ ހިލޭ ޑިގްރީ ސްކީމް ހިންގުމުގައި ކަންކަން އޮތް ގޮތެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ކިޔަވައިދޭ އެކި މަރުކަޒުތަކުން ހޯދި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ޖުމްލަ 11641 ދަރިވަރުން ސްކީމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް ކޯސް ނިންމައިގެން ނުކުމެފައި ވަނީ 5833 ދަރިވަރުންނެވެ.
24 Sep 2026
ޗައިނާއާ އޮތީ ވަރަށް ގާތްގުޅުމެއް، އެ ގުޅުމުގެ ފައިދާ ވަރަށް ބޮޑު: ރައީސް
ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުން ބިނާވެފައި އޮތީ އިހްތިރާމްގެ މައްޗަށް ކަމަށާ ރާއްޖެއާ ޗައިނާގެ ގުޅުމަކީ ފައިދާހުރި ގުޅުމެއް ކަމަަށެވެ. އެ ގުޅުމުގެ ފައިދާ މުސްތަގުބަލުގައި ވެސް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.
24 Sep 2026
މަގުތައް ހެދުމުގެ މަޝްރޫއުއާ ވިލިމާލެ ހޮސްޕިޓަލްގެ މަސައްކަތް ލަސްވެގެން އަންނަ އަހަރު ކުރީކޮޅު ފެށޭނެ: ޗައިނާ ސަފީރު
އެގޮތުން މި ދެ މަޝްރޫއު ވެސް މި އަހަރުގެ ފަހުކޮޅު ނޫނީ އަންނަ އަހަރުގެ ކުރީކޮޅު ފެށިގެންދާނެ ކަމުގައި ވިދާޅުވި އެވެ.
24 Sep 2026
އައްޑޫ ލިންކުރޯޑް ހަތަރު ލޭނަށް ފުޅާކޮށް އަލުން ތަރައްގީ ކުރަން ހަވާލުކޮށްފި
ކޮންސްޓްރަކްޝަން މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްފައި މި މަޝްރޫއު ހަވާލުކޮށްފައި ވަނީ ރޯޓައިމް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީ ކޯ ލިމިޓެޑާ އެވެ.
24 Sep 2026
ސްކޭމްތަކުގައި މިހާތަނަށް 1500 އަށްވުރެ ގިނަ މީހުން ޖެހުނު
ސްކޭމްތަކުގެ ތަފާސްހިސާބުތަކުގެ މައުލޫމާތު ނޫސްވެރިންނަށް ހިއްސާކުރަމުން އިންސްޕެކްޓަރ އޮފް ޕޮލިސް އާދަމް ނަވީދް ވިދާޅުވީ ސްކޭމްތަކުގައި މިހާތަނަށް 1580 މީހުން ޖެހުނުއިރު، 15.06 މިލިއަން ރުފިޔާ ފޭރިގަތްކަމަށެވެ.
24 Sep 2026
ސީއެޗްއެސްސީ މީޑިއާ ކްލަބްގެ ކުރު ފިލްމް ފެސްޓިވަލް މިރޭ؛ ކުރީގެ މަޝްހޫރު ބަތަލާ ޝީރީންގެ ފެނިލުމެއް
މި ފިލްމާ ގުޅޭގޮތުން ވާހަކަދައްކަމުން ޑައިރެކްޓަރު ރަޔާން ބުނީ، އޭނާގެ މައިގަނޑު އަމާޒަކީ އުމުރަކީ އިންސާނެއްގެ ހުނަރާއި ޝައުގުވެރިކަން ހުއްޓުވޭނެ ކަމެއް ނޫންކަން ހާމަކޮށްދިނުން ކަމަށެވެ. އަދި ކިތަންމެ ގިނަ އަހަރުތަކެއް ފާއިތުވެގެން ދިޔަ ނަމަވެސް އިންސާނާގެ ކިބައިގައިވާ ހުނަރު ދެމިއޮންނަކަން ދައްކުވައިދިނުމަކީ ވެސް މި ފިލްމު އުފެއްދުމުގެ ބޮޑު ބޭނުމެއް ކަމަށް އޭނާ ފާހަގަކުރިއެވެ