16 Jan 2020 | 18:53
އަޅުގަނޑު ދޮރުން ދޮރަށް ހިނގަނީ ވަޒީފާ ނެތް މީހާ ހޯދަން: ނަޝީދު

އަތޮޅުތަކަށް ކުރައްވާ ކޮންމެ ދަތުރެއްގައިވެސް ދޮރުން ދޮރަށް ހިނގަނީ ވަޒީފާ ނެތް މީހުން ހޯދަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީން ތިލަދުންމައްޗަށް މިހާރު ކުރާ ދަތުރުގައި ހދ. ހަނިމާދޫގައި މިއަދު ދެއްކެވި ވާހަކަފުޅުގައި ރައީސް ނަޝީދު ވިދާޅުވީ، ކުރިޔަށް އޮތް ލޯކަލް ކައުންސިލު އިންތިހާބުގައި ރައްޔިތުންނަށް ވާނެ ވައުދަކީ، ވަޒީފާ ނެތް މީހާޔަށް ލުއި ފަސޭހަތަކެއް ހޯދައި ދިނުން ކަމަށެވެ.

''އަޅުގަނޑުމެން މިރަށަށް އައިސް މި ރަށުގައި ތިބި ވަޒީފާ ނެތް މީހުން ހޯދަން. އަޅުގަނޑުމެންނަށް އިނގޭ ކޮންމެ ރަށެއްގައި ވަޒީފާގައި އުޅޭ އަދަދު. އަޅުގަނޑުމެންނަށް އިނގޭ ކޮންމެ ރަށެއްގައި ވެސް ވަޒީފާގެ އުމުރުގައި ތިބި މީހުންގެ އަދަދު. އެހެންވީމާ އަޅުގަނޑުމެންނަށް އިނގޭ ވަޒީފާ ނެތް މީހުންނަކީ ކޮބާކަން. ދޮރުން ދޮރަށް ހިނގަނީ އެމީހާ ހޯދަން.'' ރައީސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ، ރަށްރަށުގެ ތަރައްގީ އައި މުޅި ރާއްޖޭގެ ތަރައްގީ ގުޅިފައި އޮތީ ލާމަރުކަޒީ ނިޒާމާ ކަމަށާއި އޮބަހައްޓައިގެން ގައުމެއް ތަރައްގީ ނުވާނެ ކަމަށެެވެ.

''ތަރައްގީގެ ހަމަޔަކީ ތަރައްގީގެ އުސޫލަކީ، ތަރައްގީގެ ތޮބީއީ ސިފައަކީ ހެދިފޯދުން. ދޫކޮށްލީމާ ހެދިފޯދޭނީ. ލޯބި ލިބޭނީ ލޯބި ދިނީމަ. ހިފެހެއްޓީމަ އަންނާނީ ރުޅި. ދޫކުރީމާ އިންސާނާގެ މުޅި ވަރު އެ މުޖްތަމައު އަކަށް ފެނިގެންދޭ. އޭނާ ބިނާ ކުރާ މިންވަރާއި އޭނާ އުފައްދާ މިންވަރާއި އޭނާގެ މުޅި ހަޔާތް، އޭނާ ކުރިއަށް ދާގޮތް ބަޔާން ކުރަނީ އެ މުޖްތަމައު، އެ ގައުމު ބިނާ ވެގެންދާނެ ގޮތަށް.'' ރައީސް ނަޝީދު ވިދާޅުވިއެވެ.

މީގެއިތުރުން އެމަނިކުފާނު ވިދާޅުވީ، ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލުތަކަށް ކުރިން ލިބުނު ބަޖެޓުގެ ހަ ގުނަ އިތުރަށް ލިބިގެންދާނެ ކަމަށެވެ. އަދި އޭގެ ބޭނުމަކީ ރާއްޖޭގެ ރައްޔިތުންނަށް ތަނަވަސް މުސްތަގުބަލެއް ހޯދައިދީ، އަމިއްލަ ފައިމައްޗަށް ތެދުވެވޭނެ ގޮތްތަކެއް ހަދައި ދިނުން ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
16 Sep 2026
ރަތްކަނޑާއި ގަލްފް އޮފް އެޑަން ބަލަހައްޓަން ސައުދީން އުފެއްދި ކޯލިޝަންގައި ރާއްޖެ ބައިވެރިވެއްޖެ
މި ކަމަށް ޓަކައި މިއަދު ބަންޑާރަކޮށީގައި ބޭއްވި ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ފަރާތުން "މަލްޓިނޭޝަނަލް މެރިޓައިމް ޑިފެންސް ކޯލިޝަން"ގެ ޗާޓަރުގައި ސޮއިކުރެއްވީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ހިލްމީ އެވެ.
16 Sep 2026
ބިޒްނަސް ކިޔަވާ ދަރިވަރުން ގިނަވުމަކީ ހާސްވާން ޖެހޭ ކަމެއް: ޑރ. ހަސަން ހަމީދު
ގައުމުގައި އާއްމު ވެފައިވާ ފަސާދައަކީ މާޒީގައި މި އަދަދު 80 އިންސައްތައަށް އެރުމުގެ ނަތީޖާ ކަމަށް ބައެއް މީހުން ބުނާނެ ކަމަށެވެ.
16 Sep 2026
އަވައްޓެރި ސްރީލަންކާގެ ކަސްޓަމްސްގެ އާމްދަނީ 2 ޓްރިލިއަން ރުޕީސްއަށްވުރެ މަތީގައި
މި ކުރިއެރުމާއެކު، މިއަހަރު ނިމޭއިރު ލަންކާ ކަސްޓަމްސްގެ އާމްދަނީ ކުރިން ލަފާކުރިވަރަށްވުރެ ބޮޑުތަނުން އިތުރުވާނެ ކަމަށް ބެލެވެއެވެ
16 Sep 2026
އިންޑިއާ މަނަވަރަކުން ޕާކިސްތާނު ސަރަހައްދަށް ވަނުމުން ޕާކިސްތާނުން އިހުތިޖާޖުކޮށްފި
ޕާކިސްތާނުގެ ފޮރިން އޮފީހުން ބުނީ މިއީ 1991 ވަނަ އަހަރު ދެ ޤައުމުގެ ދެމެދުގައި ވެފައިވާ އެއްބަސްވުންތަކާ ކަނޑައެޅިގެން ޚިލާފު، އަދި ސަރަޙައްދީ ހަމަޖެހުމަށް އޮތް ނުރައްކަލެއް ކަމަށެވެ. އަދި އިންޑިއާއިން މި ހާދިސާގެ ހަޤީޤަތް އޮޅުވާލައި، ޑިޕްލޮމެޓިކް ފެންވަރުގައި ޕާކިސްތާނާ ދެކޮޅަށް ޝަކުވާ ހުށަހަޅަމުންދާ ކަމަށްވެސް އެ ޤައުމުން ބުނެއެވެ
16 Sep 2026
ކޮސޯވޯގެ ކުރީގެ ރައީސް ހާޝިމް ތާޗީ 25 އަހަރަށް ޖަލަށް
ހާޝިމް ތާޗީ އަކީ މުސްލިމެއް ނަމަވެސް ސިޔާސީ ހަޔާތުގައި އޭނާ އަބަދުވެސް އިސްކަންދެއްވީ ދީނީ ކަންކަމަށްވުރެ ބޮޑަށް ކޮސޯވޯގެ މިނިވަންކަމަށާއި ހުޅަނގުގެ ގައުމުތަކާ ގުޅުން ބަދަހިކުރުމަށެވެ
16 Sep 2026
ގައްދޫ އަތުން ޓީސީއަށް މުހިންމު މޮޅެއް
މިއަދުގެ މެޗުން ގައްދޫ އަތުން ޓީސީ މޮޅުވިއިރު، މިއީ މި ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުގައި އެ ޓީމަށް ލިބުނު ފުރަތަމަ މޮޅެވެ
16 Sep 2026
ތާރީހީ ކާމިޔާބެއް: އަރަބިއްޔާގެ އެންމެ މޮޅު ދަރިވަރުންނަށް ދެބެއިން
މަތީ ސާނަވީ ބައިން އެއްވަނަ ދަރިވަރަކީ މުހައްމަދު މަބާހް މުހައްމަދެވެ. އަދި ސާނަވީން އެއްވަނަ ދަރިވަރަކީ އޭނާގެ ކޮއްކޮ މުއައްޔަދު މަބާހް މުހައްމަދެވެ.
16 Sep 2026
ޑްރަގް ވިޔަފާރި ކުރާ މީހުންނަށް ހަރުކަށި ފިޔަވަޅު އެޅޭނެ މިންގަނޑު ކުރީން އޮތީ ވަރަށް އުނދަގޫކޮށް: އިހްސާން
"ރައީސް ނިންމެވި ނިންމެވުމަކީ އަޅުގަނޑުމެން އެކަމަށް ދޭނީ [މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނަށް] އެންމެ ހަރުކަށި އަދަބޭ. އެއީ މަރުގެ އަދަބު," މިނިސްޓަރު ވިދާޅުވި އެވެ.