Advertisement

ހިމަބިއްސަށް އިތުރު މީހަކު ޕޮޒިޓިވްވެއްޖެ

14 Jan 2020 | 15:43

ހިމަބިހި ނުވަތަ މީސްލްސްއަށް އިތުރު މީހަކު ޕޮޒިޓިވްވެއްޖެއެވެ.

އެޗްޕީއޭއިން މިއަދު މެންދުރުފަހު ކުރި ޓްވީޓެއްގައި ބުނެފައިވަނީ އެ ބައްޔަށް ޝައްކުކުރެވިގެން މިއަދު ޓެސްޓް ކުރެވުނު ދިހަ މީހުންގެ ތެރެއިން އެކަކަށް ހިމަބިހި ޖެހިފައިވާ ކަމަށެވެ.

މިއާއި އެކު ދިވެހިރާއްޖޭގައި ހިމަބިހި ޖެހުނުކަމަށް ޔަގީންކުރެވިފައިވަނީ ތިން ފަރާތަކަށެވެ. އެއީ އުމުރުން ތިން އަހަރުގެ ކުއްޖަކާއި، އުމުރުން 30އަހަރުގެ ޑޮކްޓަރެކެވެ. މި ދެ ފަރާތަށްވެސް ހިމަބިިހި ޖެހިފައިވަނީ މާާލެ ސަރަހައްދުންކަމަށް ހެލްތް މިނިސްޓްރީން މައުލޫމާތުދެއެވެ.

ހެލްތް މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ މިންގަނޑުތަކަށް ބަލާއިރު ރާއްޖޭގައި އޮތީ މީސްލްސް އައުޓްބްރޭކެއްކަމަށެވެ. ސަބަބަކީ އެފަރާތުގެ މިންގަނޑުތަކުން ހިމަބިހި ޖެހިފައިވާ އެންމެ މީހަކު ފެނުނު ކަމުގައިވިޔަސް އެއީ އައުޓްބްރޭކެކެވެ.

މިކަމާއި ގުޅިގެން އިއްޔެ ހަވީރުން ފެށިގެން ދަނީ ހިމަބިހި ޖެހުނު ފަރާތްތަކާއި ގާތްވި ފަރާތްތައް ދެނެގަނެ، އެ ފަރާތްތަަކަށް ވެކްސިން ދޭންޖެހޭނަަމަ އެކަން ކުރަމުންނެވެ.

Advertisement

ކޮމެންޓް