ހުޅުމާލޭގައި ޑީންގީ އަޅަން ވަކި ސަރަހައްދެއް ކަނޑައަޅައިފި

14 Jan 2020 | 16:27

ހުޅުމާލޭ ޑިންގީ އަޅަން ސަރަހައްދެއް ކަނޑައަޅައި، އެކަމަށް އެދޭ ފަރާތްތަކުން ފޯމު ހުށަހެޅުމަށް ފުރުސަތު ހުޅުވާލައިފިއެވެ.

އެޗްޑީސީން މިއަދު ނެރުނު ބަޔާނުގައި ބުނީ، ވަކި އުސޫލެއްގެ ދަށުން، ހުޅުމާލޭގެ ހުޅަނގު ޖެޓީ ސަރަހައްދުން ކަނޑައަޅާފައިވާ ސަރަހައްދުގައި ޑިންގީ އަޅަން 120 ޖާގަ ކަނޑައަޅާފައިވާކަމަށެވެ. އިތުރުން ޑިންގީ އެޅޭނެ އިންތިޒާމް ހަމަޖެހިފައިވާނޭ ކަމަށެވެ.

ޑިންގީއަޅަން ޖާގަ ދޫކުރުމުގައި އިސްކަންދޭނީ ކެޓަގަރީ އޭގެ ދަށުން ހުޅުމާލޭގައި ދިރިއުޅޭ ހުޅުމާލޭގެ ރައްޔިތުންނަށް ކަމަށާއި، އަދި ކެޓަގަރީ ބީ ގެ ދަށުން ހުޅުމާލޭގައި ދިރިއުޅޭ، ހުޅުމާލޭގެ ރައްވެހިން ނޫން މީހުންނަށްވެސް އެ ސަރަހައްދުގައި ޑިންގީ އެޅުމުގެ ފުރުސަތު ދޭނެ ކަމަށް އެޗްޑީސީ އިން ބުނެއެވެ.

ޑިންގީ އަޅަން ޖާގަ ހޯދުމަށް ހުއްދައަށް އެދި ފޯމް ހުށަހަޅާ ފަރާތްތަކަށް އެޗްޑީސީން ވަނީ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

އެގޮތުން އަންނަ ހޯމަ ދުވަހުގެ 14:00 އަށް ފުރުސަތު ހުޅުވާލާފައިވާއިރު، މި ހުއްދައަށް އެދި ހުށައަޅާ ފޯމް އެޗްޑީސީގެ ވެބްސައިޓުން ލިބޭނެއެވެ.

މީގެ އިތުރުން ފޯމް ހުށައަޅާ ފަރާތްތަކުގެ މެދުގައި ގުރުއަތުނެގުން 21 ޖަނަވަރީގައެވެ.

Advertisement

ކޮމެންޓް