ކޮމަންވެލްްތްގެ ސެކްރެޓަރީ ޖެނެރަލާއި މިނިސްޓަރ ޝާހިދު ބައްދަލުކުރައްވައިފި

15 Jan 2020 | 05:13

ރައިޒީނާ ޑައިލޮގްގައި ތަގްރީރުކުރެއްވުމަށް އިންޑިއާގެ ވެރިރަށް ނިއުދިއްލީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ކޮމަންެވެލްތްގެ ސެކްރެޓަރީ ޖެނެރަލް ޕެޓްރީޝިޔާ ސްކޮޓްލޭންޑާއި ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި މިނިސްޓަރ ޝާހިދު ވަނީ ދިވެހިރާއްޖެ އަލުން އަނބުރާ ކޮމަންވެލްތާ ގުޅުމުގެ މަސައްކަތްތައް ހަލުވި ކޮށްދެއްވުމަށް އެކަމަނާ ކުރައްވާ މަސައްކަތްޕުޅަށް އެމަނިކުފާނު ޝުކުރު އަދާކުރައްވާފައެވެ.

2019 ޑިސެމްބަރު 23 ވަނަ ދުވަހު، ދިވެހިރާއްޖެ އަލުން އަނބުރާ ކޮމަންވެލްތުގެ ޤައުމަކަށް ވުމަށް މެމްބަރު އެއްވެސް ޤައުމަކުން ދެކޮޅު ނަހަދާކަން ސެކްރެޓަރީ ޖެނެރަލްވަނީ އަންގަވާފައެވެ. އަދި ކޮމަންވެލްތަށް އަލުން އަނބުރާ ވަނުމަށް ރަސްމީކޮށް ހުށަހެޅުމަށް އެކަމަނާ ވަނީ ދައުވަތު ދެއްވާފައެވެ.

ރަސްމީ ދަތުރުފުޅެއްގައި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ދިއްލީއަށް ވަޑައިގެންފައިމިވަނީ އޮބްޒާވަރ ރިސަރޗް ފައުންޑޭޝަނާއި އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓަރނަލް އެފެއަރޒް ގުޅިގެން ބާއްވާ ރައިޒީނާ ޑައިލޮގް 2020 ގައި ތަޤްރީރުކުރެއްވުމަށެވެ. އެމަނިކުފާނު މި ޑައިލޮގްގައި ތަޤްރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ 15 ވަނަ ދުވަހުއެވެ.

Advertisement

ކޮމެންޓް

Advertisement