17 Jan 2020 | 22:02
ކައުންސިލުތަކުގައި ޒިންމާދާރު ވެރިޔާގެ ގޮތުގައި ހުންނަވަނީ ރައީސް ޔާމީންގެ އެޖެންޓެއް: ޝިފާޒު

ކައުންސިލުތަކުގައި ސިވިލް ސާވިސްގެ މަގާމެއްގައި ހުންނަވާ ޒިންމާދާރު ވެރިޔާއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ އެޖެންޓުން ކަމަށް ރައީސް އޮފީހުގެ މިނިސްޓަރު އަދި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ވިދާޅުވެއްޖެއެވެ.

ހދ.ކުޅުދުއްފުށީގައި އެމްޑީޕީން ކުރިޔަށްގެންދާ ތިލަދުންމަތީ "އިރުވައި ކޮންފަރެންސް" ގައި ވާހަކަދައްކަވަމުން ޝިފާޒު ވިދާޅުވީ، ކުރީގެ ސަރުކާރުގައި ކައުންސިލްތަކުގެ ހުރިހާ އިދާރީ ކަމެއް ހިންގުން ހަވާލުކުރީ އެ ކައުންސިލްތަކަށް ސިވިލް ސާވިސްގެ މަގާމެއްގެ ގޮތުގައި އައްޔަން ކުރާ ޒިންމާދާރުވެރިޔާ އަށް ކަމަށެވެ.

އަދި އެއީ ސިވިލް ސާވިސްގެ މަގާމަކަށް ވިޔަސް އޭރު ޒިންމާދާރުވެރިޔާގެ މަގާމަށް އާންމުކޮށް އައްޔަން ކުރީ ރައީސް ޔާމީންގެ އެޖެންޓުން ކަމަށް ޝިފާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެމްޑީޕީގެ ކައުންސިލެއް އޮތް ނަމަވެސް ކައުންސިލު ހިންގަނީ ޕީޕީއެމްގެ އެންމެ މީހަކު ހުރެގެން ކަމަށެވެ.

''ކައުންސިލްތަކުގައި ހުންނާނެ ޒިންމާދާރުވެރިޔާ، ޔާމީންގެ އެޖެންޓެއް، އެމްޑީޕީ ކައުންސިލެއް އޮންނަނީ، އެކަމަކު ހިންގަނީ ޕީޕީއެމްގެ އެންމެ މީހަކު ހުރެގެން." ޝިފާޒު ވިދާޅުވި އެވެ.

އަދި ރައީސް ޔާމީންގެ ސަރުކާރުގައި ނޫސްބަޔާން ނެރެގެން ގިނަ ކައުންސިލަރުން ސަސްޕެންޑް ކުރިކަން ފާހަގަކުރައްވައި ޝިފާޒު ވިދާޅުވީ، ކުރީގެ ސަރުކާރުން 108 ކައުންސިލަރުން ސަސްޕެންޑް ކުރި ކަމަށެވެ. އެހެންކަމުން މީގެކުރީގެ ކައުންސިލު އިންތިހާބުތަކުގައި މަސައްކަތް ނުކުރާ މިންވަރަށް އެމްޑީޕީން މަސައްކަތް ކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ޝިފާޒު ވިދާޅުވީ މިފަހަރު އިންތިހާބުވާ ކައުންސިލަރުން ކުރި އުޅެންޖެހުނު ދަތި ހާލުގައި އުޅެން ނުޖެހޭނެ ކަމަށާއި އެހެން ޕާޓީތަކުން ކައުންސިލް އިންތިހާބަށް ނުކުމެ އުޅެނީ އެހެން ގޮތެއް ނެތިގެން މަޖުބޫރު ވެގެން ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
19 Sep 2026
ބާބުލް މަންދަބު ކަނޑުއޮޅިއަށް އިޓަލީން މަނަވަރެއް ފޮނުވަނީ
ބާބުލް މަންދަބު ކަނޑުއޮޅީގައި ނުރައްކާ ބޮޑުވާތީ އިޓަލީވިލާތުގެ ވިޔަފާރި އުޅަނދުތައް ހިމާޔަތްކުރަން ކަނޑުގެ އަސްކަރީ އޮޕަރޭޝަނެއް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް އިޓަލީން ވަނީ ބުނެފައި
19 Sep 2026
ޕީއެންސީ ޓޫރިޒަމް ކޮމިޓީގެ ރައީސާކަމުގެ މަގާމަށް އަލައިކާ
އަލައިކާ އަކީ މިހާރުވެސް ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެވެ
19 Sep 2026
ވަޠަނީ ޚިދުމަތުގެ ތިންވަނަ ބެޗުން 341 ޒުވާނުން ތަމްރީނު ފުރިހަމަކޮށްފި
ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު ޙަސަން ރަޝީދު ޝަރަފުވެރިކޮށްދެއްވި މި ރަސްމިއްޔާތު ބާއްވާފައިވަނީ އެމްއެންޑީއެފްގެ ކޮމްޕޮސިޓް ޓްރެއިނިން ސެންޓަރުގައެވެ. ދަސްވެނިވި ދަރިވަރުންނަށް އަޒުމް ލައިދިނުމާ އެކު ޝަރަފުގެ ހިނގާލުންވެސް އެ ރަސްމިއްޔާތުގައި ކުރިއަށް ގެންގޮސްފައިވެއެވެ.
19 Sep 2026
ލ.ގަމުގައި ބޭއްވި ރޭސިން މުބާރާތެއްގ ެތެރެއިން ނުަރއްކާތެރި އެކްސިޑެންޓެއް
މިހާތަނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެކްސިޑެންޓް ހިނގާފައިވަނީ ސައިކަލް ކޮންޓްރޯލުން ނެއްޓި ގޮސް މޫދަށް ވެއްޓިގެންނެވެ.
19 Sep 2026
ގައުމަށް އެންމެ ފައިދާ ހުރި ގޮތަކީ އަންނަ ރިޔާސީ އިންތިހާބުވެސް ޕީއެންސީން ކާމިޔާބުކުރުން: ޣައްސާން
‏ގައުމަށް އެންމެ ފައިދާ ހުރި ގޮތަކީ އަންނަ ރިޔާސީ އިންތިހާބުވެސް ޕީއެންސީން ކާމިޔާބުކުރުން ކަމުގައި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެ އެވެ.
19 Sep 2026
ބްރެންޓްފޯޑް އަތުން ބަލިވެ، ޗެލްސީއަށް އިތުރު ނުތަނަވަސްކަމެއް
މި ނަތީޖާގެ ސަބަބުން ޗެލްސީގެ ކޯޗް ޒަބީ އެލޮންސޯއަށް އިތުރު ފިއްތުންތައް ވަނީ ކުރިމަތިވެފައެވެ. މި ނަތީޖާއާއެކު ޗެލްސީ ވެފައިވަނީ މި ސީޒަނުގެ ޕްރިމިއަރ ލީގުގައި މިހާތަނަށް އެންމެ ގިނަ ލަނޑު ކޮޅަށް ވަން ޓީމަށެވެ. އެ ޓީމުން ކުޅުނު ފަސް މެޗުގައި 12 ލަނޑު ވަދެފައިވާއިރު، އެއްވެސް މެޗެއްގައި ކޮޅަށް ލަނޑެއް ނުވަދެ ހިފަހައްޓާލެވިފައެއް ނުވެއެވެ.
19 Sep 2026
ޕީއެންސީ މެންބަރުންގެ އަދަދު 80،000 އަށް އަރައިފި: ރައީސް
މިވަގުތު އެ ޕާޓީގައި 80,083 މެންބަރުން އެބަ ތިބި ކަމަށް ވިދާޅުވި އެވެ. އަދި ވިދާޅުވީ އަމާޒަކީ ޕާޓީގެ މެންބަރުންގެ އަދަދު 100,000 ގެންދިއުން ކަމަށެވެ.
19 Sep 2026
ބަންގްލަދޭޝްއަށް ފުރަންގޮސް ތިބި ހަ މީހެއްގެ އަތުން 3.8 މިލިއަން ރުފިޔާ
ހުއްޓުވި ބަންގްލަދޭޝްގެ ހަ މީހެއްގެ އަތުން ގިނަ އަދަދެއްގެ ބޭރު ފައިސާ ވަނީ ތަހުގީގުގެ ބޭނުމަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށް ބުންޏެވެ.