އިންޑިޔާގެ ކަނޑުގެ ސަލާމަަތަށްޓަކައި ރާއްޖޭގައި ހަމަޖެހުން އޮތުން މުހިންމު: ޝާހިދު

16 Jan 2020 | 17:25

އިންޑިޔާގެ ކަނޑުގެ ސަލާމަަތަށްޓަކައި ރާއްޖޭގައި ހަމަޖެހުން ގާއިމްވެފައި އޮތުމަކީ މުހިންމުކަމެއްކަމަށް ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާާނު މިހެން ވިދާޅުވީ އިންޑިޔާގެ އާދިއްލީގައި ކުރިއަށްދާ ރައިޒިނާ ޑައިލޮގް 2020ގައި އިއްޔެ ތަގުރީރު ކުރައްވަމުންނެވެ.

މިނިސްޓަރ ޝާހިދު ވިދާޅުވީ ރާއްޖޭގެ ދާޚިލީ އަދި ޚާރިޖީ ސިޔާސަތުގައި އިންޑިޔާ ކަނޑު މުހިންމު ދައުރެއް އަދާކުރާާ ކަމަށާއި، އިންޑިޔާ ކަނޑުގައި ރާއްޖެއިން މުހިންމު ދައުރެއް އަދާކުރާ ކަމަށެވެ. މީގެ ސަބަބުން ދިވެހިރާއްޖެއަކީ ބައިނަލްއަގްވާމީ ވިޔަފާާރިއާާއި ބައިނަލްއަގްވާމީ އެކި މައްސަލަތަކަށް ހައްލު ހޯދުމުގައި ހަރަކާތްތެރިވާ މުހިންމު ބައިވެރިއަކަށް ވެފައިވާކަމަށް އެބޭފުޅާ ވިދާޅުވިއެވެ.

އެގޮތުން މަަސްތުވާތަކެތި ޓްރެފިކްކުރުމާއި، އިންސާނީ ވަގުފާރި އަދި ރޭވިގެން ހިންގޭ ކުށުގެ އަމަލުތައް މިނިސްޓަރ ޝާހިދު ފާހަގަކުރެއްވިއެވެ. 

މީގެ ސަބަބުން އިންޑިޔާ ކަނޑުގެ ހަމަޖެހުމާއި ސުލްހަ މަސަލަސްކަމަކީ ދިވެހިރާއްޖެއަށް މުހިންމުކަމެއްކަމަށް އެބޭފުޅާ ވިދާޅުވިއެވެ. ހަަމަ މި ބީދައިން ފުދުންތެރި، ދިމިކްރާތީ އަދި ދާއިމީ ހަމަޖެހުމެއް އޮންނަ ރާއްެޖެއަކީ އިންޑިޔާ ކަނޑުގެ ސަލާމަަތަށް މުހިންމުކަމެއްކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

މިނިސްޓަރ ޝާހިދު ވިދާޅުވީ މި ގުޅުމުގެ ސަބަބުން މި ސަރުކާރާއި ރައީސް ޞާލިހުގެ ފަރާތުން އިންޑިޔާ ކަނޑުގެ ގައުމުތަކާއި އެކު ގުޅުން ބަދަހިކުރުމަށް އިސްކަންދޭނެ ކަމަށެވެ. އަދި މި ގުޅުން ބަދަހިވުމުގެ ނަތީޖާއެއްގެ ގޮތުން އިންޑިޔާ ކަނޑުގެ ސުލްހަ މަސަލަސްކަން ދެމެހެއްޓުމަށް އެހީތެރިވެދެވޭނެކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި މިކަން ކުރެވެން އޮތީ ރާއްޖޭގެ ފަރާތުންވެސް އަންނަމުންދާ ބަދަލުތަަކަށް ތައްޔާރުވެގެންކަމަށް އެބޭފުޅާ ވިދާޅުވިއެވެ.

Advertisement

ކޮމެންޓް

Advertisement