Advertisement

އެމްޑީޕީގެ ޕްރައިމަރީގައި ވޯޓުލެވޭ މީހުންގެ ފައިނަލް ލިސްޓް އާންމުކޮށްފި

20 Jan 2020 | 16:41

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގެ އެމްޑީޕީގެ ޕްރައިމަރީގައި ވޯޓުލެވޭ ފަރާތްތަކުގެ ދާއިމީ ލިސްޓް އާންމުކޮށްފިއެވެ.

އެޕާޓީގެ ވެބްސައިޓްގައި އާންމުކޮށްފައިވާ މި ލިސްޓުން ދައްކާ ގޮތުގައި މިފަހަރުގެ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު 93،000އަށްވުރެ ގިނަ ފަރާތްތަކަށް ލިބިފައިވެއެވެ.

މި ލިސްޓަށް ޝަކުވާ ހުށައެޅުމަށް ދެ ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ. ލިސްޓަށް ޝަކުވާ ހުށައެޅުމުގެ ފޯމް ޕާޓީގެ ވެބްސައިޓުންނާއި އޮފީހުން ލިބިވަޑައިގަންނަވާާނެކަމަށް އެޕާޓީން މައުލޫމާތު ލިބެއެވެ.

މިމަހުގެ 31ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބުގެ އެމްޑީޕީގެ ޕްރައިމަރީގައި 1300އަށްވުރެ ގިނަ ފަރާތްތަކުން ވާދަކުރެއެވެ.

Advertisement

ކޮމެންޓް