24 Jan 2020 | 01:00
މިއީ ފެއިލްވެފަ އޮތް ސިޓީ ކައުންސިލެއް؟

އަޅުގަނޑަކީ އުމުރުން އެހާާ ދޮށީ މީހެއްކަމުގައި ނުވިޔަސް، އަޅުގަނޑުގެ ހަނދާނުގައި މާފަންނު މާކަރީ ހޮޓާ ހުރެއެވެ. އެއީ ސިޔާސީ އެތަކެއް ހޫނު ބަހުސްތައް، ހޫނު ސައިތަށިތަކަށް އިންސާފުކުރަމުން ކުރެވެމުންދިޔަ ތަނެކެވެ. އެތަނުގައި ބަހުސްކުރެވެމުންދާ މައިގަނޑު މައުޟޫއު އަކީ އަބަދުވެސް ކުރީގެ ރައީސް މައުމޫންގެ ސަރުކާރެވެ. އެ ސަރުކާރާއި މެދު އޮތް ހިތްހަަމަނުޖެހުންތަކެވެ. އެގޮތުން ބަލާލާއިރު، އެތަނަށް ސައިބޯންދާ ގިނަބަޔަކު އަބަދުވެސް އެތަނަކާއި މެދު ހިތްހަަމަނުޖެހޭ އެއްތަނަކީ މާލޭގެ މުނިސިޕަލްޓީއެވެ. ކޮންމެވެސް މޮޅު ގަވާއިދަކުން އަބަދުވެސް ނިކަމެތި މީހާއަށް ތުރާކުރަނީ ކަމަށްބުނެއެވެ.

މާކަރީ ހޮޓާ އެބަޔަކަށް "ނިސްބަތްވި" އެމްޑީޕީން 2008ވަނަ އަަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރިއިރު ވެގެންދިޔަ އެއް ވައުދަކީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާާމަރުކަޒީ ނިޒާމެއްގެ ދަށުން ހިންގުމުގެ ފުރުސަތު ފޯރުކޮށްދިނުމެވެ. ގާާނޫނީ އޮނިގަނޑެއްގެ ތެެރެއިން މި ފުރުސަތު ފަހިކޮށްދިން އިރު، އުފެދިގެން އައި ދެ ސިޓީ ކައުންސިލްގެ ތެރެއިން އެއް ކައުންސިލަކީ މާލޭ ސިޓީ ކައުންސިލެވެ. ފުރަތަމަ ފަހަރަށް ރާއްޖޭގެ ވެރިކަން ކުރާ ރަށުގެ ކަންތައްތައް ނިންމުމަށް ރައްޔިތުންގެ މަންދޫބުންތަކެއް ހޮވިގެން ދިޔައީއެވެ.

ސިޓީ ކައުންސިލަށް ގާނޫނީ ބާރު އޮތް ދުވަސްވަރު އެ ކައުންސިލުން މާލޭގެ ރައްޔިތުންގެ އުދާސްތައް ހައްލު ކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކޮށްދިނެވެ. އޭރުވެސް އަދި މިހާރުވެސް މާލޭގެ ގިނަ ފަރާތްތަކުގެ ޝަކުވާއަކީ ތޮއްޖެހިފައިވާ ކޮންކްރީޓް ޖަންގައްޔަކަށް މާލެ ބަދަލުވެފައިވުމެވެ. 

އެކަމަށް ހައްލެއް ހޯދައިދިނުމަށް މާާލެއަށް ފުރަތަމަ ފަހަަރަށް އާންމު ދަތުރުފަތުރުގެ ނިޒާމެއް ތައާރަފްކޮށްދިނެވެ. ޕާކްތައް ގާއިމްކޮށްދިނެވެ. މާލޭ ފެހި ކުރުމުގެ މަޝްރޫއުއެއް އިފްތިތާހު ކޮށްދިނެވެ. ވެށިފަހި މާލެ ޕްރޮގްރާމާއި އެކު ގެދޮރުވެރިކަމުގެ މައްސަލައެއް ހައްލެއް ހޯދައިދިނުމަށް މަސައްކަތް ކުރިއެވެ.

ނަމަވެސް މާލޭ ސިޓީ ކައުންސިލްގެ ތިންވަނަ ދައުރަށް މަރުހަބާ ކިޔަން ޖެހުނީ ލާމަރުކަޒީ ނިޒާމަށް ހިތްދަތިކަމަކާއި އެކުގައެވެ. ކައުންސިލްތަކުގެ ބާރުވެރިކަން ކަނޑުވާލައި ހިންގުމުގެ ނިޒާމު އަނެއްކާވެސް މަރުކަޒީ ކުރުމަށް މިސްރާބު ޖެހިއެވެ. މިކަމުގެ އެންމެ ބޮޑު އަސަރެއް ކުރީ މާލޭ ސިޓީ ކައުންސިލަށެވެ. ނަތީޖާއެއްގެ ގޮތުން ސިޓީ ކައުންސިލް ވެގެން ދިޔައީ "ކޮށްމަސްބުރި"އަކަށެވެ.

މި ދުވަސްވަރަށްފަހު، 2018ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ 17ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު މަގާާމުގެ ހުވާ ކުރެއްވިއެވެ. އެއާއި އެކު ފެނިގެންދިޔަ މަންޒަރަކީ މާލޭ ސިޓީ ކައުންސިލްގެ މެންޑޭޓްގެ ތެރޭގައި ހިމެނޭ ގިނަ ކަންތައްތަކެއް ކުރުމުގެ ބާރު އެފަރާތަށް ފޯރުކޮށްދިން ތަނެވެ.

އެކަމަށް މިއަދު އެއް އަހަރު ފުރިއްޖެއެވެ. އެހެނަސް އަދިވެސް ގިނަބަޔެއްގެ ޝަކުވާއަކީ މާލޭ ސިޓީ ކައުންސިލުން، އެ ކައުންސިލްގެ ޒިންމާ އެންމެ ފުރިހަމައަށް އަދާނުކުރާކަމެވެ. މަގުމަތީގެ ކާނުތައް ސާފުކޮށް، ޕެލެޓްތައް ނެގުމާއި ޕާކިންގ ޖާގަތައް ހެދުމަކީ މިނިސްޓްރީއަަކަށްވެސް މަރުކަޒީ ނިޒާމެއްގައި ކުރެވިދާނެ ފަދަ ކަންތައްތަކެވެ. ސިޓީ ކައުންސިލުން ބޮޑެތި ދެތިން މަޝްރޫއު ހިންގާފައި ވީނަަމަވެސް އެކަންކަމާއި މެދު އާންމުންގެ ޝަކުވާ އިންތިހާއަށް ބޮޑެވެ.

މިސާލަކަށް އެމްޑަބްލިޔުއެސްސީއާއި ހަވާލުކޮށްގެން ހެދި ކްރޫޒް ޓާމިނަލަކީ އެކަށީގެންވާ ތަނެއް ނޫންކަމަށް ޓުއަރ އޮޕަރޭޓަރުން އަދިވެސް ދަނީ ބުނަމުންނެވެ. އެއީ ކްރޫޒް ލައިނާތަކުން އަންނަ ފަތުރުވެރިންނަށް އެކަށޭނެ ޚިދުމަތެއް ދެވޭނެ ތަނެއް ނޫންކަމަށް އެފަރާތްތަކުން ވަނީ ބުނެފައެވެ. 

ސިޓީ ކައުންސިލުން ލޮނުޒިޔާާރަތްކޮޅުގައި ޖަޒީރާ ޕާކެއްވެސް ހަދައިިފިއެވެ. އެ ޕާކާއި ގުޅިގެން ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ދަނީ ކުރެވެމުންނެވެ. އެކަމުގެ ސީދާ ތުުހުމަތު މޭޔަރ ޝިފާ މުހައްމަދާއި ހަމައަށް ވަނީ ވާސިލްވެފައެވެ. ހަމަ ކައުންސިލް މެންބަރެއްގެ ކިބައިންނެވެ. އެ ޕާކްގެ މައްސަލަ އެހެން އޮއްވާ، މާރުކޭޓުން ގޮޅި ބަހާނެ ގޮތަކާއި މެދުވެސް އެ ކައުންސިލަށް އެއްބަސްވެވިފައެއް ނެތެވެ.

މިފަދަ ހާލަތެއްގައި މާލޭ ސިޓީ ކައުންސިލް އޮއްވައި، އެ ކައުންސިލުން ކުރިމަތިމިލަނީ އާ އިންތިޚާބަކަށެވެ. ކުއްލިއަކަށް ގިނަ ކަންތައްތަކެއް އެކައުންސިލްގެ ފަރާތުން ދަނީ ފެންނަމުންނެވެ. އެއީ ސިޔާސީ އުކުޅެއްކަމަށް ބުނާ ފަރާތްތައްވެސް މަދެއް ނޫނެވެ. ނަަމަވެސް އެއީ ސިޔާސީ އުކުޅެއް ނޫންކަމަށް މޭޔަރ ޝިފާ ވަނީ ވިދާޅުވެފައެވެ. ކަމުގެ ހަގީގަތެއް އަދި ނޭނގެއެވެ. ނަމަވެސް އެނގޭ ހަގީގަތަކީ އިތުރު ދައުރަކަށް ކުރިމަތިލާންޖެހޭ ވަރަށްވުރެ މިހާރުގެ ކައުންސިލް ފެއިލްވެފައިވާކަމަށް ގިނަބަަޔަކު ދެކެމުން ދިއުމެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
އދ ގެ ތެރެއިން ފަލަސްތީނަށް ލިބެންޖެހޭ ހައްޤުތައް ވަނީ ހިފެހެއްޓިފައި
ފަލަސްތީނުގެ މައްސަލައަކީ ބައިނަލްއަގުވާމީ އެޖެންޑާގެ އެންމެ ކުރީގައި އޮތް މައްސަލައަށް ވީނަމަވެސް، ބައިނަލްއަގުވާމީ މުހިންމު މަޝްވަރާ މަޖިލިސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ފަލަސްތީނުގެ ރައްޔިތުންނަށް ބަންދުވެފައި އޮތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން
26 Sep 2026
ނޭޕާލަށް ނިސްބަތްވާ ދެ މީހަކު ހަށިގަނޑުގައި ފޮރުވައިގެން މަސްތުވާތަކެތި އެތެރެކުރި މައްސަލައެއް
ދިރުވާލައިގެން މަސްތުވާތަކެތި އެތެރެކުރި ނޭޕާލުގެ ދެ މީހަކު ހައްޔަރުކޮށް ކްރިމިނަލް ކޯޓުން ތިން ދުވަހުގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ. ދެ މީހުން ވެސް މިހާރު ތިބީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައެވެ.
26 Sep 2026
ސިނަމާލެ ބްރިޖަށް ފައިމަގުގައި އަރާ ބައެއް މީހުން އެއާޕޯޓާއި ހުޅުމާލޭ ކޮޅަށް ދާ މައްސަލަ ބޮޑުވެއްޖެ
ފުލުހުން ބުނީ ބުނީ ސިނަމާލެ ބްރިޖްގެ ވޯކްވޭގައި ބެރިކޭޑް ބަހައްޓާފައިވާ ސަރަހައްދު ހުރަސްކޮށްދާ މީހުންނާމެދު ގަވާއިދުން ފިޔަވަޅު އަޅަމުންގެންދާނޭކަމަށެވެ.
26 Sep 2026
އަންނަ އަހަރުން ފެށިގެން އައި.އެމް.އެފް ގެ ޕްރޮގްރާމުން ސްރީލަންކާ ވަކިވަނީ
ސްރީލަންކާއަށް ކުރިމަތިވި އިގްތިސާދީ ހީނަރުކަމުން އަރައިގަތުމަށް އެޤައުމުން އަންނަނީ ވަރލްޑް ބޭންކާއި އައިއެމްއެފުން ހުށަހެޅި ކަންތައްތައް ފުރިހަމަ ކުރަމުންނެވެ.
26 Sep 2026
ނުރައްކާތެރިކޮށް ދުއްވި މީހާ ދެނެގަނެވިއްޖެ، ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށް: ފުލުހުން
މި މައްސަލަ އެއްވެސް ފަރާތަކުން ރިޕޯޓް ކޮށްފައި ނުވިނަމަވެސް، އެ މައްސަލަ ބަލަމުންދާކަމަށް ފުލުހުން ބުންޏެވެ
26 Sep 2026
ބިދޭސީންތަކެއް މަޑި ބާނާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން މެމްބަރު ކުޑޫގެ ޕޯސްޓެއް
އެ ޕޯސްޓުގައި މެންބަރު ކުޑޫ ފާހަގަކޮށްފައިވާ ގޮތުގައި ބިދޭސީން މިފަދަ ޤާނޫނާ ޚިލާފު ޢަމަލުތައް ހިންގުމަށް ޖެހިލުންނުވާ ސަބަބަކީ އެފަދަ ކަންކަމުގައި އެކަށީގެންވާ ފިޔަވަޅު ނޭޅި ޤާނޫނީ ޒިންމާއިން ރެކެވޭނެ ފުރުޞަތު އޮތުމެވެ.
26 Sep 2026
ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ
ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސެކިއުރިޓީ ފޯސަސްގެ ހަތް މީހަކު ހިމެނޭ ކަމަށާއި ޒަޚަމްވި މީހުންގެ ތެރޭގައި ސެކިއުރިޓީ ބާރުތަކުގެ 20 މީހަކު ހިމެނޭ
26 Sep 2026
ހައުސިން ވުޒާރާގެ ލޮކަރުތަކެއް ހުއްދަ ނެތި ހުޅުވި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި
ފުލުހުން ނެރުނު ބަޔާނުގައިވާ ގޮތުން އެ ވުޒާރާއިން އެ މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އިއްޔެ ރޭގަނޑު 19:18 ހާއިރު ފުލުހުން ވަނީ އެ ވުޒާރާއަށް ގޮސްފައެވެ. އެގޮތުން، ފުލުހުންގެ ކުރިމަތީގައި އެ ވުޒާރާގެ މުވައްޒަފުން ލޮކަރުތަކުގައި ހުރި ލިޔެކިޔުންތައް ބެލިއިރު އެއްވެސް ލިޔުމެއް ގެއްލިފައި ނުވާ ކަން ޔަގީންވެފައިވެއެވެ.