އިދިކޮޅު ކޯލިޝަނުގެ ކެމްޕޭން ދަތުރުތައް ހއ. އަށް

23 Jan 2020 | 15:45

އިދިކޮޅު ކޯލިޝަނުން ހއ. އަތޮޅުގެ ހުރިހާ ރަށަކަށްކުރާ ކެމްޕޭން ދަތުރުތައް މިއަދު ފަށާނެ ކަމަށް ކޯލިޝަނުން ބުނެފިއެވެ.

''ވޮއިސް'' އަށް މައުލޫމާތު ދެއްވަމުން ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާއު ވިދާޅުވީ، އިދިކޮޅު ކޯލިޝަންގެ ކެމްޕޭން ދަތުރުތައް މިހާރު ހަތަރު އަތޮޅެއްގައި ކުރިޔަށް ދާކަމަށެވެ. އެގޮތުން މިއަދު މެންދުރު ހއ. އަތޮޅުގެ ހުރިހާ ރަށަކަށް ފުރަން ހަމަޖެހިފައިވާއިރު، ރ. އަތޮޅުގައިވެސް ޓީމެއް ހަރަކާތްތެރިވަމުންދާކަމަށެވެ.

އޭގެއިތުރުން ވ. އަތޮޅާއި ށ. އަތޮޅުގެ އިތުރުން މ. އަތޮޅުގައި ވެސް ކެމްޕޭން ޓީމެއް ހަރަކާތްތެރިވަމުންދާކަމަށް ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވީ ކ. އަތޮޅުގެ ރަށްރަށަށްކުރި ކެމްޕޭން ދަތުރު މިހާރު ނިންމާލާފައިވާކަމަށެވެ.

ޝުޖާއު ވިދާޅުވީ ކައުންސިލު އިންތިހާބުގެ ކެމްޕެއިން މުޅި ރާއްޖޭގައި ކުރިޔަށް ގެންދާނެ ކަމަށާއި މިފަހަރުގެ އިންތިހާބުގައި އިދިކޮޅަށް ބޮޑު ކާމިޔާބީއެއް ލިބޭނެ ކަމަށެވެ.

އަދި އަތޮޅުތަކަށް ކުރާ ކެމްޕޭން ދަތުރުތަކުގައި އިދިކޮޅު ކޯލިޝަނަށް އޮތް ތާއީދު އިތުރުކަން ފާހަގަކުރައްވައި ޝުޖާއު ވިދާޅުވީ ސަރުކާރުން ރައްޔިތުންގެ ފައިދާއަށް މަސައްކަތް ކުރަމުން ނުދާތީ ރައްޔިތުން މާޔޫސްވެފައިވާކަމަށެވެ.

Advertisement

ކޮމެންޓް